29 ޖުލައި 2021
މާލޭގައި މީޓަރު ޕާކިން ސިސްޓަމް ތައާރަފްކުރިޔަސް ކުރީގެ ނުވަތަ ޑިޖިޓަލް ނޫން ޓެކްނޮލޮޖީއެއް ބޭނުން ނުކުރާނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މާލޭގައި މީޓަރު ޕާކިން ސިސްޓަމް ތައާރަފްކުރިޔަސް ކުރީގެ ނުވަތަ ޑިޖިޓަލް ނޫން ޓެކްނޮލޮޖީއެއް ބޭނުން ނުކުރާނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ސިޓީ ކައުންސިލުން ރޭ ކުރި އިއުލާނުގައި ވަނީ ޕާކިން މީޓަރުތައް ބަހައްޓަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހު 19 ގައި މި ހިދުމަތާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ފަހު، ސެޕްޓެމްބަރު 19 ގައި ސިޓީ ކައުންސިލަށް އަގު ހުށަހަޅަން ފުރުސަތު ދީފަ އެވެ.
ނަމަވެސް، މީޓަރު ޕާކިންނަށް ހާއްސަ އެޕްލިކޭޝަންތަކާއި ޑިޖިޓަލްކޮށް ވެސް އެ މަސައްކަތް ކުރެވެން އޮއްވައި، ސިސްޓަމް ހަރުކޮށްދޭނެ ބަޔަކު ހޯދަން ހުޅުވާލުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
ޑރ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވަނީ މީޓަރު ޕާކިން ސިސްޓަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރި އަދި ތަފާތު ހިޔާލުތައް ހިއްސާކުރި އެންމެންނަށް ވެސް ޝުކުރު އަދާކުރައްވައިފަ އެވެ.
އެކަން އިތުރަށް ސާފުކޮށްދެއްވަމުން އޭނާ ވިދާޅުވި ގޮތުގައި ޒަމާނަށް ނުފެތޭ އަދި ޑިޖިޓަލް ނޫން އެއްވެސް ކަމެއް ކައުންސިލެއް ތައާރަފެއް ނުކުރާނެ އެވެ. ހުރިހާ ޕްރޮގްރާމަކާއި ޕްރޮޖެކްޓެއް ވެސް ގުޅޭނީ އެކްޝަން ޕްލޭނުގައި ކަނޑައަޅާފައިވާ "ޑިޖިޓަލް މާލެ" ހާސިލްވާނެ ގޮތަށް ކަމަށް މޭޔަރު ވިދާޅުވި އެވެ.
Thank you all who have raised concern and given suggestions about metered parking. I would like to clarify that we will not introduce anything out of date and non digital, and all programmes and projects will be aligned to achieve the "Digital Male" target set in our SAP.
— Dr Mohamed Muizzu (@MMuizzu) July 29, 2021
މީޓަރު ޕާކިން ސިސްޓަމަކީ ވަކި ތަނެއްގައި ވަކި ވަަގުތެއް ވަންދެން ވެހިކަލް ޕާކްކޮށްފައި ބޭއްވުމަށްޓަކައި ފައިސާ ދެއްކުމަށް މަގުމަތީގައި ބަހައްޓާފައި ހުންނަ މެޝިނެކެވެ. މިއީ ރާއްޖެ އަށް މުޅިން އަލަށް ތައާރަފުކުރާ ހިދުމަތެކެވެ. ނަމަވެސް، މާލޭގައި މިކަން ކުރަން ރާވާފައިވާ ގޮތާއި ކައުންސިލްގެ ޕްލޭނެއް އަދި ސާފެއް ނުވެ އެވެ.
މާލެ އަށް ދިމާވެފައިވާ ޕާކްކުރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން މާލޭގެ އެކި ސަރަހައްދުތަކުން ކުއްޔަށް ޕާކިން ޖާގަ ހޯދަން ބޭނުންވާ މީހުންނަށް އޮތީ އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމަ އަށް އެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ. އަދި ޕާކް ކުރުމަށް 211 ޖާގައެއް ކުއްޔަށް ދޫކުރަން ވަނީ ނިންމައިފަ އެވެ.
ޕާކުތައް ކުއްޔަށް ދޫކުރުން ކައުންސިލް ޖަލްސާއަށް!
އޯކިޑް މަގުގެ ޕާކިން ނަގައި ޕާކިން ޒޯނެއް ހަދައިފި
އަމީނީ މަގުގައި 335 ސައިކަލުގެ ޕާކިން ޒޯނެއް
ސަލްމާން މިސްކިތަށް ޕާކިން ޒޯން ހަދަން ފުރުސަތު ނުދިން
ޕާކިން ސްލޮޓް ދޫކުރި ގޮތުގެ މައްސަލަ އޭސީސީ އަށް
ޕާކިން ސްލޮޓުތައް ގަރާޖުގެ ގޮތުގައި ދޫކުރަނީ
ދަންޑެހެލު ޕާކިން ޒޯނު، ދަރުމަވަންތަ ޕާކިން ޒޯނަށް
ބިން ހުސްކުރުން ލަސްވަނީ ކުއްޔަށް ދީފައި އޮތުމުން
ޖޫރިމަނާކުރަން ވާނީ ޕާކުކުރަން ޖާގަދައްކާފައި: މުއިއްޒު
ބޮޑުގޭ ޕާކިން ޒޯން ހުޅުވައިފި