Roadha Mihaaru
"ލޯޑް އޮފް ދަ ރިންގްސް" ވެބް ސީރީޒަށް ތާރީހެއް

"ލޯޑް އޮފް ދަ ރިންގްސް" ވެބް ސީރީޒަށް ތާރީހެއް

04 އޯގަސްޓް 2021

ތިން ބަޔަކަށް ގެނެސްދިން މަޝްހޫރު ފިލްމު ސީރީޒް "ލޯޑް އޮފް ރިންގްސް" ގެ ވެބް ސީރީޒްގެ ފުރަތަމަ ސީޒަން އަންނަ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 2 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރަން ފަށާނެކަން އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ތިން ބަޔަކަށް ގެނެސްދިން މަޝްހޫރު ފިލްމު ސީރީޒް "ލޯޑް އޮފް ރިންގްސް" ގެ ވެބް ސީރީޒްގެ ފުރަތަމަ ސީޒަން އަންނަ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 2 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރަން ފަށާނެކަން އިއުލާންކޮށްފި އެވެ.

މި އުފެއްދުން ގެނެސްދޭން ފަށާ ތާރީހު އިއުލާންކޮށްފައި މި ވަނީ ސީރީޒް ހަދަން ނިންމިކަން ހާމަކުރިތާ ގާތްގަނޑަކަަށް ހަތަރު ވަރަކަށް އަހަރު ފަހުންނެވެ. ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބި، ބޮކްސް އޮފީހުގައި ވެސް ވަރަށް ހިނގި "ލޯޑް އޮދް ރިންގްސް" ވެބް ސީރީޒެއްގެ ގޮތުގައި ގެނެސްދޭ މޭސްތިރިންނަކީ ޖޭޑީ ޕޭން އާއި ޕެޓްރިކް މެކޭ އެވެ.

ތިން ފިލްމާ އެއްގޮތަށް ސީރީޒްގައި ވެސް ވަރަށް ބޮޑު ކާސްޓެއް ފެންނާނެ އެވެ. ލިޔުންތެރިޔާ ޖޭއާރްއާރް ޓޯކީންގެ ވާހަކަ "ލޯޑް އޮފް ދަ ރިންގްސް" އަށް ބިނާކޮށް ގެނެސްދޭ ފެންޓަސީ އެޑްވެންޗަ ސީރީޒް ގެނެސްދޭނީ ފަސް ސީޒަނަކަށެވެ.

ފުރަތަމަ ސީޒަން އަންނަ އަހަރުގެ ސެޕްޓެމްބަރުގައި ޕްރީމިއާކުރާ އިރު، މީގައި ހިމެނޭނީ އަށް އެޕިސޯޑެވެ. "ލޯޑް އޮދް ރިންގްސް" ސީރީޒްގެ ފަސް ސީޒަނަށް ބިލިއަން ޑޮލަރު ހޭދަކުރަން ނިންމާފައި އިރު، ފުރަތަމަ ސީޒަންގެ ރައިޓްސް އެމެޒޯން ޕްރައިމް ވީޑިއޯ އިން 2017 ގައި ހޯދީ 250 މިލިއަން ޑޮލަރަށެވެ.

ސީރީޒްގެ ފުރަތަމަ އަށް އެޕިސޯޑްގެ ތެރެއިން ފުރަތަމަ ދެ އެޕިސޯޑް ޑައިރެކްޓްކޮށްފައި ވަނީ 2012 ގެ "ދި އިމްޕޮސިބަލް" އާއި 2018 ގެ "ޖުރަސިކް ވޯލްޑް" ފޯލެން ކިންގް" ގެ ޑައިރެކްޓަރު ޖޭއޭ ބަޔޯނާ އެވެ. ފުރަތަމަ އެ އެޕިސޯޑާ ވިދިގެން ދެން އަންނަ ހަތަރު އެޕިސޯޑްގެ ޑައިރެކްޓަރަކީ "ޑޮކްޓަ ހޫ" ގެނެސްދިން ވޭން ޔިޕް އެވެ.

"ލޯޑް އޮފް ދަ ރިންގްސް" ގެ ފުރަތަމަ ސީޒަންގެ ފަހު ދެ އެޕިސޯޑްގެ ޑައިރެކްޓަރަކީ "ދަ ވިޗާ" ގެ އެޕިސޯޑްތަކެއް ޑައިރެކްޓްކުރި ޝާލޮޓް ބްރޭންސްޓްރޮމް އެވެ.

ވެރައިޓީން ބުނި ގޮތުގައި ސީރީޒްގެ ފުރަތަމަ ސީޒަންގެ ޝޫޓިން ނިއު ޒީލެންޑްގައި ނިންމާފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ.

ޕީޓާ ޖެކްސަން ޑައިރެކްޓްކުރި "ލޯޑް އޮފް ރިންގްސް" ގެ ފިލްމުތައް ގެނެސްދިނީ 2001-2003 އަށެވެ. އެ ފިލްމުތަކަކީ "ފެލޯޝިޕް އޮފް ދަ ރިންގްސް"، "ދަ ޓޫ ޓަވާސް" އަދި "ދަ ރިޓާން އޮފް ދަ ކިންގް" އެވެ. މި ތިން ފިލްމު ހަދަން 281 މިލިއަން ޑޮލަރު ހޭދަކުރި އިރު، ބޮކްސް އޮފީހުގައި ތިން ފިލްމަށް ޖުމްލަ 2.991 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.