15 ޖެނުއަރީ 2021
މަގާމުގެ ފަހު ދުވަސްތައް ގުނަމުން އަންނަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސްނެޕްޗެޓް އެކައުންޓް މިދިޔަ ހަފުތާގައި ވަގުތީ ގޮތުން ސަސްޕެންޑްކުރުމަށް ފަހު، އެކަން ދާއިމީކޮށްފި އެވެ.
މަގާމުގެ ފަހު ދުވަސްތައް ގުނަމުން އަންނަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސްނެޕްޗެޓް އެކައުންޓް މިދިޔަ ހަފުތާގައި ވަގުތީ ގޮތުން ސަސްޕެންޑްކުރުމަށް ފަހު، އެކަން ދާއިމީކޮށްފި އެވެ.
މިކަމާ ބެހޭ ގޮތުން އެ ޕްލެޓްފޯމްގެ ތަރުޖަމާނު ވިދާޅުވީ ޓްރަމްޕްގެ އެކައުންޓް ދާއިމީކޮށް ބަންދުކުރީ އާންމު މަސްލަހަތަށްޓަކައި ކަމަށެވެ.
"ޓްރަމްޕްގެ އަމަލުތައް ހުރި ގޮތުން މި ފިޔަވަޅު އަޅަން ކޮންމެހެން ވެސް ޖެހޭ. އޭނާ ގެންދެވީ އަހަރެމެންގެ ގައިޑްލައިންތަކާ ހިލާފަށް އަމަލުކުރައްވަމުން. ދޮގު މައުލޫމާތު ފެތުރުމާއި ހަމަނުޖެހުންތަކަށް ގޮވައިލުމާއި އަނިޔާވެރި އަމަލުތަކަށް ހިތްވަރުން ދިނުން ފަދަ ކަންކަމަކީ އަހަރެމެންގެ ގައިޑްލައިންތަކާ ސީދާ ހިލާފު އަމަލުތަކެއް."
މި މަހުގެ 6 ވަނަ ދުވަހު ޓްރަމްޕް ދެއްވި ހިތްވަރަކަށް ސަޕޯޓަރުންތަކެއް ކެޕިޓަލް ހިލް އަށް ވަދެ ހިންގި ބޮޑެތި ހަމަނުޖެހުންތަކާ ގުޅިގެން ޓްރަމްޕް އެންމެ ފުރަތަމަ ބޭރުކޮށްލީ އޭނާ އެންމެ އާންމުކޮށް ބޭނުންކުރައްވަމުން ގެންދެވި ޓްވިޓާ އިންނެވެ. އެ ޕްލެޓްފޯމުން ވަގުތީ ގޮތުން ޓްރަމްޕް ސަންސްޕެންޑްކުމަށް ފަހު ދާއިމީކުރީ އޭގެ ދެ ދުވަސް ފަހުންނެވެ.
އޭގެ ފަހުން ފޭސްބުކުން ވެސް ވަނީ ޓްރަމްޕަށް ފިޔަވަޅު އަޅައިފަ އެވެ. އަދި މިދިޔަ އަންގާރަ ދުވަހު ޔޫޓިއުބުން ވެސް ވަނީ ޓްރަމްޕްގެ ޗެނެލް ސަސްޕެންޑްކޮށްފަ އެވެ.
ވެރިކަން ގެއްލިވަޑައިގަތުމުން ބަޢާވާތެއް ގެންނަން އުޅުއްވި މައްސަލާގައި ޓްރަމްޕަށް ސޯޝަލް މީޑިިއާގެ ބޮޑެތި ޕްލެޓްފޯމްތައް ގެއްލިވަޑައިގަތް އިރު، ބުދަ ދުވަހު ވަނީ އޭނާ ދެވަނަ ފަހަރަށް މަގާމުން އިންޕީޗް ވެސް ކޮށްފަ އެވެ. މިއީ އެމެރިކާ ތާރީހުގައި ވެސް ރައީސަކު ދެ ފަހަރަކަށް އިންޕީޗްކުރެވުނު ފަހަރެވެ.
ޓްރަމްޕް ބޭނުންކުރައްވަމުން ގެންދެވި ސޯޝަލް މީޑިއާތައް ގެއްލިވަޑައިގަތް އިރު، އޭނާގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ބޭނުންކުރަމުން ދިޔަ "ޕާލާ" ވެސް މިހާރު އޮތީ ހުއްޓުވާލައިފަ އެވެ.
ޓިކްޓޮކަށް ވެސް "ސްޓޯރީސް" އަންނަނީ
ޓްވިޓާ، އެފްބީ އަދި ގޫގުލް އަށް ޓްރަމްޕް ދައުވާކުރަނީ
ސޯޝަލް މީޑިއާއާ ދެކޮޅަށް ފްލޮރިޑާ އިން ގާނޫނެއް
މިދިޔަ އަހަރު އެންމެ ގިނައިން ޑައުންލޯޑްކުރީ ޓިކްޓޮކް
"ވެކްސިން ޖަހާ މީހުން މަދީ ސޯޝަލް މީޑިއާއާ ހެދި"
ޓްރަމްޕްގެ އެފްބީ އިޔާދަކޮށްދިނުމާ މެދު މިއަދު ގޮތެއް ނިންމަނީ
ޓްރަމްޕްގެ އެފްބީ އާއި އިންސްޓަ އަދިވެސް ދެވޭކަށް ނެތް
ޓްރަމްޕްގެ އަމިއްލަ" ސޯޝަލް ޕްލެޓްފޯމެއް ލޯންޗްކުރަނީ
ޓްރަމްޕްގެ ސޯޝަލް މީޑިއާގެ އަމުރާ ދެކޮޅަށް ކޯޓަށް
އިންތިޚާބު ކާމިޔާބު ކުރުމުގައި ސޯޝަލް މީޑިއާގެ ދައުރު ބޮޑު: ޓްރަމްޕް