Roadha Mihaaru
ފުވައްމުލަކުގެ އެކްސިޑެންޓުގައި އަނިޔާވި މީހަކު މާލެއަށް

ފުވައްމުލަކުގައި އެކްސިޑެންޓެއް ހިނގައި އަނިޔާވި އެކަކު ފަރުވާ އަށް މާލެ ގެންނަނީ

09 އޯގަސްޓް 2021

ފުވައްމުލަކުގައި ދެ ސައިކަލެއް ޖެހި މިއަދު ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު އިތުރު ފަރުވާ އަށް މާލެ ގެންނަން ނިންމައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ފުވައްމުލަކުގައި ދެ ސައިކަލެއް ޖެހި މިއަދު ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު އިތުރު ފަރުވާ އަށް މާލެ ގެންނަން ނިންމައިފި އެވެ.

ފުލުހުން ބުނީ، އެ ސިޓީގެ މައިލޯ ސްޓޭޑިއަމް ކައިރިން ނައިބު ތުއްތު މަގުން ދެ ސައިކަލު ޖެހި މިއަދު މެންދުރުފަހު ތިނެއް ޖަހާކަންހާއިރު ހިނގި އެކްސިޑެންޓުގައި އުމުރުން 28 އަހަރުގެ އަންހެނަކާއި 28 އަހަރުގެ ފިރިހެނެކަށް އަނިޔާވެފައިވާ ކަމަށެވެ.

މިވަގުތު އެ ދެ މީހުންނަށް ވެސް ފަރުވާދެމުން އަންނަނީ ފުވައްމުލަކު ހޮސްޕިޓަލުގަ އެވެ.

އެތަނުން އެކަކު އައްޑު އަށް ގެންދަން މަސައްކަތްކުރާ ކަމަށް ފުލުހުން ބުނި ނަމަވެސް އެ ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު "މިހާރު" އަށް ވިދާޅުވި ގޮތުގައި އިތުރު ބަލި މީހަކު ބަލައި ދާ ޗާޓަރު ފްލައިޓެއްގައި، އެކްސިޑެންޓުގައި ބޮލަށް އަނިޔާވި މީހާ މާލެ ފޮނުވައިލަން ވަނީ ނިންމައިފަ އެވެ.

އެކްސިޑެންޓުގައި އަނިޔާވި އަނެއް މީހާގެ ހާލަތު މާ ގޯސް ނޫން ކަމަށް ސައީދު ވިދާޅުވި އެވެ. އެކަމަކު ތަފްސީލު ނުލިބޭތީ ހާލު ގޯސްވެ މާލެ އަށް ގެންނަނީ އަންހެން މީހާ ކަމެއް ނުވަތަ ފިރިހެން މީހާ ކަމެއް ސާފެއް ނުވި އެވެ.