15 އޯގަސްޓް 2021
ދަރުބާރުގޭގެ އިރުމަތީ ސަރަހައްދުގައި އޮންނަ ހުސްބިމުގައި ސްޓްރީޓް ފުޑް ތައްޔާރުކޮށް، އާމްދަނީ ހޯދުމުގެ ހިޔާލެއް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހެންވޭރުގެ ރައްޔިތުންނާ ހިއްސާ ކުރައްވައިފި އެވެ.
ދަރުބާރުގޭގެ އިރުމަތީ ސަރަހައްދުގައި އޮންނަ ހުސްބިމުގައި ސްޓްރީޓް ފުޑް ތައްޔާރުކޮށް، އާމްދަނީ ހޯދުމުގެ ހިޔާލެއް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހެންވޭރުގެ ރައްޔިތުންނާ ހިއްސާ ކުރައްވައިފި އެވެ.
ކަލާފާނު ސްކޫލު ހޯލްގައި ހެންވޭރު އަވަށުގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވާ މުއިއްޒު ވިދާޅުވީ ދަރުބާރުގޭގެ އިރުމަތީގައި އޮންނަ ހުސްބިން ވާން ޖެހޭނީ ތަފާތު އިހުސާސްތައް ގެނެސްދީ ފުރުސަތުތައް ތަނަވަސްވެގެން ދާނެ ފަދަ ތަނަކަށް ކަމަށެވެ. އެއާއެކު އޭނާ ވަނީ ސްޓްރީޓް ފުޑް ތައްޔާރުކޮށް އާމްދަނީ ހޯދުމުގެ ވިސްނުމުގެ ހިޔާލެއް ފާޅު ކުރައްވައިފަ އެވެ.
"ދަރުބާރުގެ ސަރަހައްދު އެބަ ޖެހޭ މާލޭ ރައްޔިތުންނަށް ތަފާތު ކޮންސެޕްޓެއް، ތަފާތު އިހުސާސްތަކެއް ގެނެސްދޭ ފުރުސަތުތަކެއް ދޭ ތަނަކަށް ވާން،" މުއިއްޒު ވިދާޅުވި އެވެ. "މިހާރު މާލެއަކު ނެތް ސްޓްރީޓް ފުޑް ފުރުސަތުތަކެއް. ކުރީގައި އާދައިގެ ގޮތަކަށް ކިޔަނީ ގާޑިޔާ، އެހެންނަމަވެސް އަޅުގަނޑުމެން މިދެކެނީ ތަރައްގީ ވެފައި ހުރި ސިޓީތަކުގަ ހުންނަ އަދި ކަމާބެހޭ ސިއްހީ އިދާރާތަކުން ބަލައިގަންނަ ފެންވަރުގަ ހިންގޭ ސްޓްރީޓް ފުޑް ކޮންސެޕްޓަކަށް."
މިއީ ހިތްގައިމު ސަރަހައްދަކަށް ވެފައި، މި ސަރަހައްދު މިފަދަ ގޮތަކަށް ތަރައްގީ ކުރުމުން ބައިވަރު ފައިދާތައް ލިބިގެން ދާނެ ކަމަށާއި، އެކަމުގެ ސަބަބުން އަލަށް ވިޔަފާރި ފަށަން ބޭނުންވާ ޒުވާނުންނަށާއި، ހާއްސަކޮށް އަންހެނުންނަށް ތަފާތު ފުރުސަތުތައް ހުޅުވިގެން ދާނެ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.
"ޒުވާނުންނަކީ އަޅުގަނޑުމެން ދެކޭ ގޮތުގައި ވަރަށް ވެސް ބޭނުންތެރި ވަރަށް ޕޮޓެންޝަލް ހުރި ގައުމަށް ފައިދާ ހުރި ކަންތައްތައް ކޮށްދޭން ބޭނުންވާ ވަރަށް އަގުހުރި ރައުސުލްމާލެއް. އެހެންވީމަ އަޅުގަނޑުމެންގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގަ ހިމަނާފައި ވެސް ވާނެ ޒުވާނުންނާއި ކަނބަލުންނަށް ހާއްސަ ގޮތެއްގަ ސިޓީ ކައުންސިލުން އިސްނަގައިގެން ކުދި ވިޔަފާރިތަކުގެ ތެރެއަށް ވަންނާނެ ފުރުސަތު ދޭން،" މުއިއްޒު ވިދާޅުވި އެވެ.
ސްޓްރީޓް ފުޑް ތައްޔާރު ކުރާ ސްޓޯލްތަކުގެ އިތުރުން، އާންމުން ހިތްހަމަ ޖައްސާލަން އިށީންނާނެ ބެންޗުތަކަކާއި ކުޑަކުދިން ކުޅޭނެ ސަރަހައްދެއް ވެސް ދަރުބާރުގޭގެ އިރުމަތީގައި އޮންނަ ހުސްބިމުގައި ތަރައްގީ ކުރަން ސިޓީ ކައުންސިލުން ވަނީ ނިންމައިފަ އެވެ. ނަމަވެސް މިއީ ހިޔާލުތަކެއް ކަމަށާއި، މިތަން ތަރައްގީ ކުރުމުގައި އާންމުންދޭ ހިޔާލުތައް ބަލައިގަންނާނެ ކަމުގައި މުއިއްޒު ވިދާޅުވި އެވެ.
ދަރުބާރުގޭ ހުސްބިމުގައި ސްޓްރީޓް ފުޑް ތައްޔާރުކޮށް އާމްދަނީ ހޯދޭނެ ފަދަ މާހައުލެއް ތަރައްގީ ކުރުމުގެ އިތުރުން، ރިހިޖެހި ކޮށި ސަރަހައްދުގައި އިންޑޯ ކުޅިވަރު ކުޅޭނެ ކޯޓުތައް ހިމެނޭނެހެން މިކްސްޑް ޕާކިން ސަރަހައްދެއް ގާއިމް ކުރުމާއި ތަރައްގީގެ އިތުރު ހިޔާލުތައް ވެސް މުއިއްޒު ވަނީ ރައްޔިތުންނާ ހިއްސާ ކުރައްވައިފަ އެވެ.
ދަތުރުވެރިންގެ މާރުކޭޓްގެ 9 ގޮޅީގެ ވެރިފަރާތް ޖޫރިމަނާ
ޝާހިދު ބައިވެރިވީ ކުރީގެ ކޮންސަލްޓަންޓުގެ ހައިސިއްޔަތުން
މުއިއްޒު މާލޭގެ މޭޔަރުކަމުން އިސްތިއުފާ ދެއްވައިފި
ސިޓީ ކައުންސިލްގެ ދެ މެންބަރަކު އިސްތިއުފާ ދީފި
ނަރީޝް، ކުޅުދުއްފުށި އުތުރު ދާއިރާ އަށް ވާދަކުރައްވަނީ
"އާ ސަރުކާރުން ކައުންސިލްތަކަށް އެއްބާރުލުން ދޭނެ"
"މޭޔަރުގެ އިންތިހާބުން ޑިމޮކްރެޓްސް ވަކަރަށް ޖަހާލާނެ"
މުއިއްޒުގެ ފަހު ޖަލްސާ: ޒިންމާތައް ޑެޕިއުޓީ މޭޔަރަށް
އިންތިހާބީ ރައީސަށް މާލޭ ސިޓީ ކައުންސިލްގެ މަރުހަބާ
މާލޭގެ ނަތީޖާ ދެވަނަ ބުރުގައި މާ ރަނގަޅުވާނެ:މުއިއްޒު