Roadha Mihaaru
ސްޓާ ޕްލަސްގެ ސިލްސިލާއެއްގައި ގޯވިންދާ؟

ސްޓާ ޕްލަސްގެ ސިލްސިލާއެއްގައި ގޯވިންދާ؟

22 އޯގަސްޓް 2021

ސްޓާ ޕްލަސް އިން އަލަށް ގެނެސްދޭން ތައްޔާރުވަމުން އަންނަ އާ ސިލްސިލާ "ޗިކޫ ކީ މަންމީ ކީ ދޫރު ކޭ" ގައި ބޮލީވުޑްގެ އެކްޓަރު ގޯވިންދާ ބައިވެރިވާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްޓާ ޕްލަސް އިން އަލަށް ގެނެސްދޭން ތައްޔާރުވަމުން އަންނަ އާ ސިލްސިލާ "ޗިކޫ ކީ މަންމީ ކީ ދޫރު ކޭ" ގައި ބޮލީވުޑްގެ އެކްޓަރު ގޯވިންދާ ބައިވެރިވާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ދައްކަން ފަށާނެ އިރެއް އަދ އިއުލާން ނުކުރާ މި ސިލްސިލާގައި ކިޔައިދެނީ ވަކިވެފައިވާ މަޔަކާއި އަންހެން ދަރިއެއްގެ ވާހަކަ އެވެ. އަދި މީގެ ޕްލޮޓް އެނބުރެނީ ނެށުމުގެ ހުނަރާ ގުޅުން ހުރި ހާދިސާތަކެއްގެ ތެރެއިން ކަމަށްވާތީ، ގޯވިންދާ އަކީ އިންޑިއާގެ އެންމެ ހުނަރުވެރި ނެށުންތެރިންގެ ތެރޭގައި ހިމެނޭ ފަންނާނެއްކަމުން އޭނާގެ ބައިވެރިވުން "ޗިކޫ ކީ މަންމީ ކީ ދޫރު ކޭ" އަށް ގެންނަން ނިންމީ ކަމަށް ބުންޏެވެ.

ނަމަވެސް ގޯވިންދާ މީގައި ފެންނާނެ ގޮތެއް މުޅިއަކުން އަދި ސާފެއް މިވެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ގޯވިންދާ ސިލްސިލާގައި ބައިވެރިކުރަން ނިންމުމުގެ ކުރިން މަޝްހޫރު އެކްޓަރު މިތުން ޗަކްރަބަތީ ވެސް މީގައި ބައިވެރިކުރުމާ މެދު ވިސްނި އެވެ. ނަނަވެސް ސިލްސިލާގައި ބައިވެރިވާނީ ގޯވިންދާ ކަމަށް ބުންޏެވެ.

"ޑިސްކޯ ޑާންސަރު" ގެ ނަމުން މަޝްހޫރުވި މިތުން އަކީ ވެސް ނެށުމުގެ ހުނަރު ދައްކައިގެން ވަރަށް ބޮޑު މަޝްހޫރުކަމެއް ހޯދި ތަރިއެކެވެ.

"ޗިކޫ ކީ މަންމީ ކީ ދޫރުކޭ" އިން ގޯވިންދާ ފެންނާނެ ކަމަށް ބުނާތީ ފަހަރުގައި ހަމައެކަނި މި ސިލްސިލާ ޕްރޮމޯޓްކޮށް ދިނުމުގައި ވެސް އޭނާ ބައިވެރިވެދާނެ އެވެ. ބަތަލާ ރޭކާ އަކީ ވެސް މިފަދަ މަސައްކަތެއް މިހާރު ކުރަމުން އަންނަ ތަރިއެކެވެ. ސްޓާ ޕްލަސްގެ "ގުމް ހެ ކިސީ ކޭ ޕިޔާރު މޭ" އަކީ ރޭކާ ޕްރޮމޯޝަންތަކުގައި ބައިވެރިވަމުން އަންނަ ސިލްސިލާއެކެވެ.

މީގެ ކުރިން ސްޓާ ޕްލަސް އިން ގެނެސްދިން "ކަސޯޓީ ޒިންދަގީ ކޭ" ގެ ޕްރޮމޯޝަނުގައި ޝާހްރުކް ޚާން އަދި "ކަހާ ހަމް ތުމް" ޕްރޮމޯޓްކޮށް ދިނުމުގައި ސައިފް އަލީ ޚާން ބައިވެރިވެފައިވެ އެވެ.

ޕްރޮމޯ ދައްކަމުން އަންނަތާ ދުވަސްކޮޅެއްވެފައިވާ "ޗިކޫ ކީ މަންމީ ކީ ދޫރު ކޭ" އަކީ ސޮނީ ޓީވީން މިދިޔަ އަހަރު ނިންމައިލި "ޕަޓިއާލާ ބޭބްސް" ގެ ބަބީތާގެ ރޯލު ކުޅުނު ޕަރިދީ ޝަރުމާ ލީޑުން ފެންނާނެ އެއްޗެކެވެ.