Roadha Mihaaru
އިންޑިއާއަށް ގްރެމީ އެވޯޑެއް ހޯދައިދެވިދާނެ: އަދިތިޔާ

ހުވަފެނަކީ އިންޑިއާ އަށް ގްރެމީ އެވޯޑެއް ހޯދައި ދިނުން: އަދިތިޔާ

28 އޯގަސްޓް 2021

އަމާޒަކީ މިއުޒިކުން އިންޑިއާ އަށް ގްރެމީ އެވޯޑެއް ހޯދުން ކަމަށް، އިންޑިއަން އައިޑޮލް 12 އާ އެކު ޓީވީ ޝޯތައް ހޯސްޓްކުރުން ހުއްޓާލި ބޮލީވުޑްގެ ޒުވާން މިއުޒިޝަން އަދިތިޔާ ނާރަޔަން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަމާޒަކީ މިއުޒިކުން އިންޑިއާ އަށް ގްރެމީ އެވޯޑެއް ހޯދުން ކަމަށް، އިންޑިއަން އައިޑޮލް 12 އާ އެކު ޓީވީ ޝޯތައް ހޯސްޓްކުރުން ހުއްޓާލި ބޮލީވުޑްގެ ޒުވާން މިއުޒިޝަން އަދިތިޔާ ނާރަޔަން ބުނެފި އެވެ.

އުމުރުން 34 އަހަރުގެ ފަންނާނުން ބުނީ ވާ ވަރަށް މިހާރު ޓީވީތައް ހޯސްޓްކުރެވިއްޖެ ކަމަށެވެ. އެހެންވެ ދެން ބޭނުންވަނީ އެކަން ހުއްޓާލައި، އަމިއްލަ މިއުޒިކް ކެރިއަރަށް ފޯކަސްކުރުން ކަމަށް ބުންޏެވެ..

ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި، މަޝްހޫރު ލަވަކިޔުންތެރިޔާ އުދިތު ނާޔަރަންގެ ހަމައެކަނި ދަރިފިޅު ބުނީ އިންޑިއާ އަށް ގްރެމީ އެވޯޑެއް ހޯދައި ދިނުމަކީ ވަރަށް ކުޑައިރުގެ ވެސް ހުވަފެނެއް ކަމަށެވެ.

"އެހެންވެ ހުވަފެން ހަގީތަކަށް ހަދަން ކުރަން ޖެހޭ މަސައްކަތަކަށް ކެރިއަރު ގެންދިއުން މިހާރު އެންމެ ބޮޑު ޓާގެޓަކީ،" އަދިތިޔާ ބުންޏެވެ. "މިއުޒިކްގެ ދާއިރާ އިން ބައިނަލްއަގްވާމީ މައިދާނުގައި އިންޑިއާ ވިދުވާލުމަކީ މިއުޒިޝަނެެއްގެ ހައިސިއްޔަތުން އަހަރެން ވަރަށް ކުރަން ބޭނުންވާ ކަމެއް."

އޭނާ ބުނި ގޮތުގައި ހިތްވަރާ އެކު ބުރަކޮށް މަސައްކަތްކޮށްފި ނަމަ އެއްވެސް ކަމަކީ ހާސިލުނުކުރެވޭނެ ކަމެއް ނޫނެވެ. އެހެންވެ ޓާގެޓަކަށް ވިސްނައިގެން މަސައްކަތްކޮށްފި ނަމަ އިންޑިއާ އަށް ގްރެމީ އަށް ގެނެސްދިނުމަކި އޭނާ އަށް ނުކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށް، އަމިއްލަ ސިންގަލްތައް މި ފަހުން ނެރެމުން އަންނަ ލަވަކިޔުންތެރިޔާ ބުންޏެވެެ.

"މިހާރު އެބަޖެހޭ ޕޮޕިއުލާ މިއުޒިކަށް ވުރެ އަމިއްލަވަންތަކަން ގެނެސްދޭ ކަހަލަ އޮރިޖިނަލް ލަވަތައް ގެނެސްދޭން. އަހަރެން ބޭނުން ވަނީ އެކަހަލަ މިއުޒިކްތަކެއް ގެނެސްދީގެން މަގުބޫލުކަން ހޯދަން،" ބޮލީވުޑްގެ ފިލްމުތަކަށް ލަވަ ވެސް ކިޔާފައިވާ އަދިތިޔާ ބުންޏެވެ.

ޓީވީ ޝޯތައް ހޯސްޓްކުރުން ހުއްޓާލައި މިއުޒިކް ކެރިއަރު ކުރިއަރުވަން އޭނާ މަސައްކަތް ފަށާފައިވާ އިރު ޒީޓީވީން މިހާރު ދައްކާ "ކޮމެޑީ ޝޯ" ގެ ބައިވެރިއެއްގެ ގޮތުގައި އަދިތިޔާ އަންނަނީ ހިއްސާވަމުންނެވެ.

މިހާތަނަށް މިއުޒިކުން އިންޑިއާ އަށް އެންމެ ބޮޑު ކާމިޔާބެއް ހޯދައި ދިން ފަންނާނަކީ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު/ލަވަކިޔުންތެރިޔާ އޭއާރް ރަހްމާނެވެ. އޭނާ 2008 ގެ ހޮލީވުޑް ފިލްމު "ސްލަމްޑޯގް މިލިއަނާ" ހަދައިދިން ލަވަ "ޖޭ ހޯ" އަކީ އެންމެ މޮޅު އޮރިޖިނަލް ސޯންގްގެ އޮސްކާ އާއި ގްރެމީ އެވޯޑް ވެސް ލިބުނު ލަވައެކެވެ.