06 ސެޕްޓެމްބަރ 2021
ޒުވާން އަންހެނުންގެ ކުރިމަގަށް ހުރަސް އަޅާ ފިކުރުތައް ދިވެހިންގެ ތެރޭގައި އަދިވެސް އެބަހުރި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ޒުވާން އަންހެނުންގެ ކުރިމަގަށް ހުރަސް އަޅާ ފިކުރުތައް ދިވެހިންގެ ތެރޭގައި އަދިވެސް އެބަހުރި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ހިދުމަތްތެރި އަންހެނުންނަށް ހާއްސަ "ރެހެންދި އެވޯޑު" ދިނުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، މިހާރު ވެސް ވަރަށް މަތީ މަގާމުތަކުގައި ހިދުމަތްތެރި ގާބިލު އަންހެނުން އެބަތިބި ކަމަށާއި، ޒުވާނުންގެ ތެރޭގައި ވެސް އެފަދަ އަންހެނުން އެބަތިބި ކަމަށެވެ.
ނަމަވެސް ޒުވާން އަންހެނުންގެ ކުރިމަގަށް ހުރަސްއަޅާ ފިކުރުތައް ދިވެހިންގެ ތެރޭގައި އެބަހުރި ކަމަށް ވިދާޅުވި އެވެ. އެއީ ގާނޫނުން ހައްލުކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށާއި ހައްލުކުރެވޭނީ ވިސްނުން ބަދަލުކޮށްގެން ކަމަށް ވިދާޅުވި އެވެ.
"ނަމަވެސް އެފަދަ ޒުވާނުންގެ ކުރިމަގަށް ހުރަސްއަޅާ، ކަސިޔާރު ފިކުރުތަކެއް އަޅުގަނޑުމެންގެ ތެރޭގައި އެބަ ދައުރުވޭ. އިޖްތިމާއީ އަދި ގައުމީ ހިދުމަތަށް އަންހެނުން ނުކުތުމުން، އެކަމަށް ނުރުހުންވާ މަދު ބަޔަކު ނަމަވެސް އެބައުޅޭ،" ރައީސް ވިދާޅުވި އެވެ.
"މިއިން ކޮންމެ ކަމަކީ ގާނޫނުން ހައްލުކުރެވޭނެ ކަންކަމެއް ނޫން. މިފަދަ ކަންކަން ހައްލުކުރެވޭނީ އަޅުގަނޑުމެންގެ ވިސްނުން ބަދަލުކޮށްގެން."
އެމަނިކުފާނު ފާހަގަކުރެއްވީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސްގެން އަންހެނުންނަށް ގޮނޑި ހާއްސަ ކުރުމާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އިންތިހާބުކުރާ ގޮތަށް ހެދުމަކީ ވެސް އަންހެނުން ބާރުވެރި ކުރުމުގައި އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ. މި ބަދަލުތަކުގެ ސަބަބުން، ސިޔާސަތު ކަނޑައެޅުމުގެ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އަމަލީ ގޮތުން އިތުރުވެއްޖެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިދުވަސްވަރު ރަށްރަށާއި ސިޓީތަކުގައި ކުރަމުން އެއަންނަނީ ތަރައްގީގެ ޕްލޭންތައް އެކުލަވައިލުމުގެ މަސައްކަތް. ކައުންސިލްތަކުން މިދެންނެވި ޕްލޭންތައް ނިންމަމުން އެ އަންނަނީ، ވަރަށް ފުޅާ ދާއިރާއެއްގައި، ބަސް ބުނުމުގެ ފުރުސަތު އަންހެނުންނަށް ލިބިގެން، އެ ފުރުސަތުގެ ބޭނުން ހިފައިގެން، އަދި އަންހެނުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެން،" ރައީސް ވިދާޅުވި އެވެ.
ގައުމު ބިނާކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ އަންހެނުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެއީ ޅަފަތުން ފެށިގެން އިލްމު އުގަންނައިދިނުމުގައި އެންމެ އިސްކޮށް އުޅޭތީ ކަމަށް ވިދާޅުވި އެވެ. އަދި އަންހެނުންނަކީ އާއިލާތައް އުފެދި ބިނާވެގެން އައުމުގެ ބިންގާ ކަމަށް ވިދާޅުވި އެވެ.
އެފަދަ ޒުވާނުންގެ ކުރިމަގަށް ހުރަސްއަޅާ، ކަސިޔާރު ފިކުރުތަކެއް އަޅުގަނޑުމެންގެ ތެރޭގައި އެބަ ދައުރުވޭ. އިޖްތިމާއީ އަދި ގައުމީ ހިދުމަތަށް އަންހެނުން ނުކުތުމުން، އެކަމަށް ނުރުހުންވާ މަދު ބަޔަކު ނަމަވެސް އެބައުޅޭ: ރައީސް
ކޮވިޑްގެ ތެރޭގައި ވެސް އިގްތިސާދީ ދަތިކަން ދިމާވި އިރު އަންހެނުން މުހިންމު ދައުރެއް އަދާކުރި ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން އާއިލާތަކުގެ ފުދުންތެރިކަން ދަމަހައްޓަން އަންހެނުން ގިނަ މަސައްކަތްތަކެއް ކުރިކަން ފާހަގަކުރެއްވި އެވެ.
ކޮވިޑްގެ ތެރޭގައި ޑަައިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރާއި ޑރ. ނަޒްލާ ރަފީގާއި ޑރ. ނަޒްލާ މުސްތަފާ ފަދަ އަންހެން ބޭފުޅުންގެ މަސައްކަތް ފާހަގަ ކުރެވުނުކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ. އެފަދަ ބަޔަކު ގައުމީ ހިދުމަތުގައި ބައިވެރިނުކޮށް ގައުމަށް ހަގީގީ ކުރިއެރުން ނުގެނެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ކަންކަން ނިންމާ ފެންވަރުގައި ގޮތް ކިޔައި ބަސް ބުނުމުގައި، އަންހެނުންނަށް އަދިވެސް ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އެއީ މުޅި ދުނިޔޭގައި ވެސް ހުރި ގޮންޖެހުންތަކެއް ކަމަށާއި އެއީ މުޖްތަމައުގައި އަންހެނުންނާއި ފިރިހެނުން އަދާކުރަންޖެހޭ ޒިންމާތަކާ މެދު، ޒަމާނުއްސުރެ މުޖުތަމައުގައި ހުރި ވިސްނުންތަކާއި ގަބޫލުކުރުންތަކުގެ ސަބަބުން ހުރި ގޮންޖެހުންތަކެކެވެ.
ނަމަވެސް، ގާނޫނީ އޮނިގަނޑުގެ ތެރެއިން ލިބިދޭ އިތުރު ފުރުސަތުތަކުގެ އެހީގައި، އަންހެނުންގެ ބައިވެރިވުން އިތުރުވަމުން އަންނަ ވަރަކަށް، މުޖްތަމައުގައި ހުރި އެފަދަ ވިސްނުންތަކާއި ގަބޫލުކުރުންތައް ބަދަލުވަމުން ދާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ، އަންހެނުންގެ ތަރައްގީ އާއި އަންހެނުން ބާރުވެރިކުރުމަށް ކުރިމަތިވާ ހުރަސްތައް ނައްތާލައި، ހައްގު މަގާމު އަންހެނުންނަށް ހޯދައިދިނުން ކަމަށެވެ. އަދި ސަރުކާރު އަބަދުވެސް އޮންނާނީ ދިވެހި އަންހެނުންނަށް ތަރައްގީގެ ފުރުސަތު ފަހިކޮށްދީ އަންހެނުން ބާރުވެރިކުރަން މަސައްކަތް ކޮށްދޭން ކަމަށް ވިދާޅުވި އެވެ.
އަންހެނުން ކޮމިޓީގެ އެލަވަންސް މި މަހު ބޮޑުވާނެ
ކުރިއެރޭނީ ހިންގުމުގެ ދާއިރާގައި އަންހެނުން އިތުރުވެގެން
ހާއްސަ ދުވަހު، އަންހެން ކްރޫންނާއެކު ރައީސް އައްޑުއަށް
ރެހެންދި އެވޯޑް އަށް ބޭފުޅަކާއި ޖަމިއްޔާއަކަށް
ތުއްތު ދަރިފުޅާ އެކު އޮފީހުގައި އުޅެވެން ޖެހޭ: ރައީސް
މާލޭގެ އަންހެނުންގެ ހާލަތު ބަލަން ނިކުންނަނީ
ފުލުހުން ތެރޭގައި އަންހެނުން އިސްވުން މުހިންމު: ސާޖިދާ
33 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރުމަށް ބިލެއް
މަޖިލީހަށް ކުރިމަތިލީ އެންމެ 10 ޕަސެންޓު އަންހެނުން!
32 އަންހެނުން: ކާމިޔާބުވީ އެންމެ ކެންޑިޑޭޓަކަށް!