02 އޮކްޓޯބަރ 2021
ދުނިޔޭގެ އެތައް ބައެއްގެ ލޯބި ހޯދާފައިވާ ބުއިން، ސްޕްރައިޓުން އެ ބްރޭންޑުގެ މަޝްހޫރު ފެހި ކުލައިގެ ފުޅި ދޫކޮށްލައި އެތެރެ ފެންނަ، ސާފު ފުޅިއަކަށް ބަދަލުކޮށްފި އެވެ.
ދުނިޔޭގެ އެތައް ބައެއްގެ ލޯބި ހޯދާފައިވާ ބުއިން، ސްޕްރައިޓުން އެ ބްރޭންޑުގެ މަޝްހޫރު ފެހި ކުލައިގެ ފުޅި ދޫކޮށްލައި އެތެރެ ފެންނަ، ސާފު ފުޅިއަކަށް ބަދަލުކޮށްފި އެވެ.
މިއީ، ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ވިއްކާ ކޮކާ-ކޯލާ ބްރޭންޑުގެ އުފެއްދުންތައް ސަތޭކަ ޕަސެންޓް ރީސައިކަލް ކުރެވޭ ޕެކޭޖިން އަށް ބަދަލު ކުރުމަށް ކޮކާ-ކޯލާ އިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެޅި ފިޔަވަޅެކެވެ.
"ޓްރާންސްޕޭރެންޓް ސްޕްރައިޓް" ފުޅި ރާއްޖެ އަށް ރަސްމީކޮށް ތައާރަފުކުރީ މިދިޔަ މަހުގެ 19 ގަ އެވެ.
ތަކެތި ބަންދު ކޮށްފައި ހުންނަ ޕެކޭޖިން ކުންޏަށް އުކައިލުން އިތުރުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ކާރިސާތަކުން އަރައިގަތުމަކީ ޒިންމާއެއް ކަމަށް ކޮކާ ކޯލާ އިން ބުނެ އެވެ. އެހެންކަމުން، 2018 ގައި ކޮކާ ކޯލާ އިން ވަނީ "ވާލްޑް ވިތައުޓު ވޭސްޓް"ގެ ނަމުގައި ދެމެހެއްޓެނިވި ޕެކޭޖިން އަށް ބަދަލުކުރުމަށްޓަކައި ހާއްސަ މަޝްރޫއެއް ފަށައިފަ އެވެ. ޕެޓް ފުޅި އާއި ބަންދުކުރަން ބޭނުންކުރާ ތަކެއްޗަކީ، ޕްލާސްޓިކް އުފެއްދުންތަކުގެ ތެރެއިން އެންމެ ލުއި އަދި އެންމެ ފުޅާދާއިރާއެއްގައި ރީސައިކަލް ކުރާ ބާވަތްތަކެވެ.
ސްޕްރައިޓުގެ ޓްރާންސްޕޭރެންޓް ފުޅީގެ 300 އެމްއެލް، 500 އެމްއެލް، 1.25 ލީޓަރު އަދި ދެ ލީޓަރުގެ ފުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ސުޕަ މާކެޓުތަކާއި ރީޓެއިލް ފިހާރަތަކުން ލިބޭނެ އެވެ.
މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު ސަންޖޭ މަނިކު ވިދާޅުވީ، ފަސޭހައިން ފުޅި ރީސްކައިލްކޮށް އަދި ތަފާތު އެއްޗިއްސަށް ބަދަލުކުރެވޭނެ ކަން އެނގި ތިބެ، ދިވެހިންނަށް އެންމެ ކަމުދާ ސްޕާކްލިން ލެމަން، ލައިމް ބުއިމުގެ މީރު ރަހަ އެއްވެސް ބަދަލެއް ނައިސް މިހާރު ތަޖުރިބާ ކޮށްލެވޭނެ ކަމަށެވެ.
"މިއީ، ދެމެހެއްޓެނިވި ތިމާވެށީގެ ކަންކަމަށް އެއްބާރުލުން ދިނުމާއެކު އަޅުގަނޑުމެންގެ ވިޔަފާރި ފުޅާކުރަން ކުރެވޭ މަސައްކަތްތަކުގެ ބައެއް. ފުޅީގެ ކުލަ ބަދަލުވިޔަސް، ފުޅިން ލިއްބައިދޭ ބުއިމަކީ ހަމަ ކުރިން ވެސް ތަޖުރިބާކޮށް، ލޯބި ހޯދާފައިވާ ސްޕްރައިޓުގެ ރަހަ ކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް،" އޭނާ ވިދާޅުވި އެވެ. ކޮކާކޯލާ އިން ސްޕްރައިޓް ތައާރަފު ކުރީ 1960 ގަ އެވެ. ކޮކާ ކޯލާގެ "އަ ވާލްޑް ވިތައުޓު ވޭސްޓް" މަޝްރޫއަކީ 2030 އަންނަންވާއިރަށް، ކޮކާ ކޯލާ އިން ވިއްކާ ކޮންމެ ފުޅިއެއް އަދި ދަޅެއް ބޭނުންކުރުމަށް ފަހު އެއްކޮށް ރީސައިކަލް ކުރުމުގެ ގޮތުން ހިންގާ މަޝްރޫއެކެވެ.
ކޮކަ-ކޯލާ ވެސް އެނާޖީ ޑްރިންކް ހަދަނީ
ބޭނުންކޮށްފައިވާ ޕްލާސްޓިކް ފުޅި އެކްސްޕޯޓުކޮށްފި
ކޯކު ފުޅި އާއި ދަޅުގައި މާވެލްގެ އެކި ކެރެކްޓާތައް!
ދުންފަތާ ގުޅޭ ލުއިތައް އަންނަ ނޮވެމްބަރު މަހާ ހަމައަށް
ވޭޕާއި އެނާޖީ ޑްރިންކް އެތެރެކުރަން ލިބޭ ލުއި އުވާލަނީ
ޔޫރޯގެ ފައިނަލް މެޗު ބަލަން ޖަރުމަނަށް ފޮނުވަނީ
"ޗާޖްޑް ނައިޓް"ގެ ދެ ވަނަ ޝޯ މާދަމާ ރޭ
ކުނިން އާ ތަކެތި އުފެއްދުމަށް ހާއްސަ ފެސިލިޓީއެއް
ކޯކުގެ އުފެއްދުންތަކާ އެކު ބޮނަކުއާ ފެންފުޅިއެއް ހިލޭ
ކޮކާކޯލާގެ ނަސީބުވެރިން ވޯލްޑް ކަޕް ބަލަން ގަތަރަށް!