Roadha Mihaaru
ޕާޓީކުރަނިކޮށް ޝާހްގެ ދަރިފުޅު އަރިއަން ހައްޔަރުކޮށްފި

ޑްރަގްސް ބޭނުންކޮށް ޕާޓީކުރި ތަނަކުން ޝާހްރުކްގެ ދަރިފުޅު އަރިއަން ހައްޔަރުކޮށްފި

03 އޮކްޓޯބަރ 2021

ކްރޫޒް ލައިނާއެއްގައި މަސްތުވާތަކެއްޗާ އެކު ޕާޓީކުރަނިކޮށް، ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާންގެ ދޮށީ ފިރިހެން ދަރިފުޅު އަރިޔަން ޚާން ހައްޔަރުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކްރޫޒް ލައިނާއެއްގައި މަސްތުވާތަކެއްޗާ އެކު ޕާޓީކުރަނިކޮށް، ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާންގެ ދޮށީ ފިރިހެން ދަރިފުޅު އަރިޔަން ޚާން ހައްޔަރުކޮށްފި އެވެ.

ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ އަށް (އެންސީބީ) އިން ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ. އެތަނުން ބުނީ ރޭ ލިބުނު ރިޕޯޓަކާ ގުޅިގެން މުމްބާއީގައި ހިންގި އޮޕަރޭޝަނުގައި ކްރޫޒް ލައިނާ އިން 10-12 ވަރަކަށް މީހުން ހައްޔަރުކުރި ކަމަށެވެ.

އޭގެ ތެރޭގައި، މި އަހަރު އެމެރިކާގެ ޔުނިވަސިޓީއަކުން ގްރެޖްއޭޓްވި އަރިއަން، 23، ހިމެނޭއިރު ބޮލީވުޑްގެ އެހެން ތަރިއެއްގެ ދަރިޔަކު ވެސް ހިމެނޭ ކަމަށްވެ އެވެ.

މީޑިއާތަކުން ބުނީ އިންޑިއާގައި މަނާ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި އެންމެން މިހާރު ތިބީ ބަންދުކޮށްފައި ކަމަށެވެ. އެންސީބީން ބުނީ ހައްޔަރުކުރި އެންމެންގެ ފޯނު ވެސް އަތުލައި އެ މީހުންގެ ބަޔާންތައް މިހާރު ނަގަމުން އަންނަ ކަމަށެވެ. އަރިޔަން ވެސް ހައްޔަރުކޮށް ފޯނު އަތުލި ނަމަވެސް އޭނާގެ މައްޗަށް އަދި ވަކި ތުހުމަތެއް ނުކުރެ އެވެ.

ދަރިފުޅު ހައްޔަރުކުރި އިރު ޝާހްރުކް އަންނަނީ ދެ ފިލްމެއްގެ މަސައްކަތްކުރަމުންނެވެ. އެއީ "ޕަތާން" އާއި "ލަޔަން" އެވެ. އަދި "ޕަތާން" ގެ ޝޫޓިން އަށް މި މަހުގެ ތެރޭގައި ޝާހްރުކް ސްޕެއިނަށް ދާ ގޮތަށް ވެސް ހަމަޖެހިފައިވެ އެވެ.

މިދިޔަ އަހަރު އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު ދަންޖެހިގެން އަމިއްލަ އަށް މަރުވި ހާދިސާގެ ފަހުން ބޮލީވުޑްގައި އެންމެ ހޫނުވި އެއް މައްސަލަ އަކީ މަޝްހޫރު ތަރިންނާއި ޑްރަގް ނެޓްވޯތަކާ އޮންނަ ގުޅުމުގެ ވާހަކަތަކެވެ.