Roadha Mihaaru
ޖޭކް ކައިވެންޏަށް ތައްޔާރު ކަމުގެ އިޝާރާތެއް

ޖޭކް ކައިވެންޏަށް ތައްޔާރު ކަމުގެ އިޝާރާތެއް

08 އޮކްޓޯބަރ 2021

ކެރިއަރުގައި ހާސިލުކުރަން ބޭނުންވި ވަރަށް ގިނަ ކަންކަން މިހާރު ހާސިލު ވެފައިވާތީ ކައިވެންޏަކަށް މިހާރު ތައްޔާރު ކަމުގެ އިޝާރާތެއް ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖޭކް ޖިލަންހޯލް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކެރިއަރުގައި ހާސިލުކުރަން ބޭނުންވި ވަރަށް ގިނަ ކަންކަން މިހާރު ހާސިލު ވެފައިވާތީ ކައިވެންޏަކަށް މިހާރު ތައްޔާރު ކަމުގެ އިޝާރާތެއް ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖޭކް ޖިލަންހޯލް ދީފި އެވެ.

އޭނާގެ ކުރިއަށް އޮތް ފިލްމު ނެޓްފްލިކްސްގެ "ދަ ގިލްޓީ" ޕްރޮމޯޝަންގެ ތެރެއިން ސިރިއަސް އެކްއެމްގެ "ދަ ހޮވާޑް ސްޓާން" ގައި ޝޯގައި ކައިވެންޏާ ބެހޭ ގޮތުން ސުވާލު ކުރުމުން 40 އަހަރުގެ އެކްޓަރު ބުނީ މިހާރު ފިރިއަކަށް އަދި ބައްޕައަކަށް ވުމަކީ ބޭނުންވާ ކަމެއް ކަމަށެވެ.

"ކެރިއަރުގައި ހާސިލު ކުރަން ބޭނުންވި ވަރަށް ގިނަ ކަންކަން ހާސިލުވެއްޖެ. އެހެންވެ މިހާރު ކައިވެންޏަކާ ދޭތެރޭ ވިސްނޭ. މި ވާހަކަ ކުރިއަކުން އަހަރެން މި ގޮތަށް ނުވެސް ދައްކަން،" ޖޭކް ބުންޏެވެ. "އަހަރެން މިހާރު ގަބޫލު ކުރަނީ ލައިފްގެ މި ހިސާބުން ކައިވެންޏަކާ ދޭތެރޭ ވިސްނަން ވެސް ޖެހޭ ކަމަށް."

އޭނާ ބުނި ގޮތުގައި ކައިވެންޏަކާ އެކު މީހުންގެ ދިރިއުޅުމަށް އަންނަ ހެޔޮ ބަދަލުތައް ވެސް ފެނިފައިވެ އެވެ. އެހެންވެ ކައިވެނި ކުރުމުން އޭނާ އަކީ ވެސް މިހާރަށް ވުރެ މޮޅު އެކްޓަރަކަށް ވެދާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް ވެސް ބުންޏެވެ.

"އަހަރެންގެ ދައްތަ [ބަތަލާ މެގީ ޖިލެންހާލް] ގެ ހަޔާތުން ވެސް އެކަން އެބައޮތް ފެންނަން،" ޖޭކް ބުންޏެވެ. "ކައިވެންޏަށް ފަހު އޭނަގެ ލައިފަށް ވަރަށް ގިނަ ގޮތްގޮތުން ހެޔޮ ބަދަލުތަކެއް އަތުވެއްޖެ. އާއިލާ އާއި މަސައްކަތަށް އޭނާ ދޭ ސަމާލުކަން ކައިވެންޏަށް ފަހު މާ ބޮޑު. ދައްތަގެ ލައިފަށް ބަލާލީމަ އެނގޭ އެއްޗަކީ އަމިއްލަ ދިރިއުޅުމާއި ޕްރޮފެޝަނަލް ލައިފް ބެލެންސްކުރަން އެނގުނީމަ މީހާ އިތުރަށް ވަރުގަދަވާ ކަން."

ކައިވެނީގެ ވާހަކަ ދެއްކިޔަސް ކައިވެނި ކުރާނެ އިރަކާ ބެހޭ ގޮތުން ޖޭކް ވަކި އެއްޗެއް ނުބުނެ އެވެ. އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ފްރާންސްގެ މޮޑެލެއް ކަމަށްވާ ޖީން ކެޖޫ، 25، އާ އެވެ. އެ ދެ މީހުން ރައްޓެހިވީ 2018 ގަ އެވެ.

ޖޭކް ބުނީ ޖީން ދެކެ ވަރަށް ލޯބިވާ ކަމަށާއި އާއިލާ ވެސް އޭނާއާ ވަރަށް ރުހޭ ކަމަށެވެ.