08 ނޮވެމްބަރ 2021
ގަރާޖު ސިޓީއަކާނުލައި ކާރާއި ޕިކަޕު ފަދަ އުޅަނދުތައް ރަޖިސްޓަރީ ކުރެވޭ ގޮތް ހަދަން ނިންމުމަކީ މިވަގުތަށް އެންމެ ރަނގަޅު ވިސްނުން ނޫން ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
ގަރާޖު ސިޓީއަކާނުލައި ކާރާއި ޕިކަޕު ފަދަ އުޅަނދުތައް ރަޖިސްޓަރީ ކުރެވޭ ގޮތް ހަދަން ނިންމުމަކީ މިވަގުތަށް އެންމެ ރަނގަޅު ވިސްނުން ނޫން ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނު އިސްލާހުކޮށް، އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީކުރަން ހުށަހަޅާއިރު ގަރާޖެއްގައި އެ އުޅަނދެއް ބާއްވާނެ ކަމުގެ ލިޔުން ހުށަހަޅަން ލާޒިމުނުވާ ގޮތަށް ހަދަން މަޖިލީހަށް ހުށަހެޅީ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.
އެގޮތަށް އިސްލާހުގެންނަށް ތަރައްގީ އާއި ތަރިކަ ކޮމިޓީން މިދިޔަ އޭޕްރީލް މަހު ނިންމި ނަމަވެސް އެމްޑީޕީގެ ބައެއް އިސް މެމްބަރުން އެކަމާ ދެކޮޅު ހެއްދެވި އެވެ.
ގަރާޖު ސިޓީއަކާ ނުލައި އުޅަނދު ރަޖިސްޓާ ކުރެވޭ ގޮތަށް ހަދަން ކޮމިޓީން ފާސްކޮށްފި https://t.co/6bKLmwlP9o
— Mihaaru (@Mihaarunews) April 25, 2021
އެހެންވެ އެ ގާނޫނަށް އިސްލާހުގެނައުމުގެ މަސައްކަތް ނިންމާލުމުގެ ކުރިން ކޮމިޓީން މިއަދު ވަނީ މާލޭ ސިޓީ ކައުންސިލްގެ ބޭފުޅުންނާ ބައްދަލުކޮށް ގަރާޖު ސިޓީ އުވާލުމާ ބެހޭ ގޮތުން ހިޔާލު ހޯދައިފަ އެވެ. އެ ބައްދަލުވުމުގައި މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ މާލެ މިހާރު ވެސް ވަރަށް ބޮޑަށް ތޮއްޖެހިފައި ވާއިރު، އިތުރު ވެހިކަލްތައް އެތެރެކުރާއިރު އެ ބާއްވާނެ ޖާގައެއް ނެތި ދޫކޮށްލާ ކަމުގައިވާ ނަމަ އެކަމުން ނުކުންނާނީ ވަރަށް ނުރަނގަޅު ނަތީޖާއެއް ކަމަށެވެ.
މިހާރު ގަރާޖު ސިޓީ ހޯދަނީ ހަމައެކަނި ރަޖިސްޓްރީކޮށްލަން ލިޔުމެއް ހޯދުމުގެ ބޭނުމުގައި އެކަނި ނަމަވެސް ހަގީގަތުގައިވެސް ވެހިކަލް ބާއްވާނެ ފިސިކަލް ސްޕޭސްއެއް އޮތްކަން ކަށަވަރުކުރުން މުހިންމު ކަމަށް ވިދާޅުވި އެވެ.
".... އެ ވެހިކަލް މާލޭގައި ދުއްވާ އުމުރު ދުވަހުގެ ނިޔަލަށް އެ ގަރާޖެއް ނުއެއް އޮވޭ. އެހެން އޮއްވައި އަނެއްކާ މިކަން [ގަރާޖު ސިޓީ ދޫކުރުން] އެއްކޮށް ދޫކޮށްލީމަ ދެން ހަމަ ހުރިހާ ވެހިކަލްތައް އިތުރުވަމުން ދިއުމަކަށް ވެސް ހުރަހެއް ނެތް."
ގާނޫނުގައި ބުނާގޮތަށް މާލެއަށް އެތެރެކުރެވޭ ވެހިކަލްގެ އަދަދު ކޮންޓްރޯލު ކުރުމަށް ސިޓީ ކައުންސިލުން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށާއި ގަރާޖު ސިޓީ އުވާލައިފި ނަމަ ވެހިކަލްތައް ކޮންޓްރޯލު ނުކުރެވޭނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.
އެހެންވެ މި ވަގުތަކީ ގަރާޖު ސިޓީ އުވާލުމަށް އެންމެ އެކަށީގެންވާ ވަގުތު ނޫން ކަމަށް ވިދާޅުވި އެވެ.
ވެހިކަލް ރަޖިސްޓްރީކުރާ ގަރާޖުތައް ބެލުން ސިޓީ ކައުންސިލްގެ ދަށަށް https://t.co/PLdQlHvNOu
— Mihaaru (@Mihaarunews) July 12, 2021
ހަތަރު ފުރޮޅުލީ އުޅަނދު އެންމެ ކުރިއްސުރެ މާލޭގައި ރަޖިސްޓަރީ ކޮށްދެނީ އެ އުޅަނދެއް ޕާކްކުރާނެ ގަރާޖެއް ދެއްކުމުންނެވެ. އެ ގަރާޖުތަކަކީ އުޅަނދު ޕާކް ކުރެވޭނެ ތަނެއްތޯ ބަލައި، ޗެކް ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލާ ހަވާލުކުރީ މިދިޔަ ޖުލައި މަހު އެވެ.
އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރަން ހުށަހަޅާއިރު ގަރާޖެއްގައި އެ އުޅަނދެއް ބާއްވާނެ ކަމުގެ ލިޔުން ހުށަހަޅަން ލާޒިމްނުވާ ގޮތަށް ފާސްކޮށް އާންމުކުރި ކޮމިޓީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އެ އިސްލާހު ގެނައުމުގެ ބޭނުމަކީ ބައެއް ފަރާތްތަކުން ބޮޑު އަގުގައި ގަރާޖު ސިޓީ ވިއްކާ މައްސަލާގައި ދައުލަތަށް ފައިދާ ނުވެ އަދި ރައްޔިތުންނަށް ވެސް ބޮޑެތި ގެއްލުންވަމުން ދާތީ އެކަން ހައްލު ކުރުމެވެ.
ކައުންސިލްތަކުގެ ބާރު ތަންފީޒުކުރަން އިސްލާހުތަކެއް
ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުން ވަތްކެއް ނުވާނެ
ގަރާޖު ސިޓީ އުވާލަން ނުފެންނަ ކަަމަށް ނިންމައިފި
ޓްރާންސްޕޯޓުގެ ހިދުމަތް މިނިސްޓަރަށް ލަހެއް ނޫން!
ގަރާޖު ސިޓީގެ ކޮރަޕްޝަން ހުއްޓުވަން މާލެ ތޮއްޖައްސަނީ؟
ޓްރާންސްޕޯޓް އޮތޯރިޓީ އުވައިލަން މެމްބަރުން ދެކޮޅު
ޕާކިން ސްޓިކާގައި ދެން ޖޫރިމަނާކުރާނީ 250ރ. އިން
އޮޅުވާލައިގެން ވެހިކަލް ރަޖިސްޓްރީކުރަނީ ބަޔަކާ ގުޅިގެން
އަމީނަށް އިތުބާރުކޮށް، މުޒާހަރާ ހުއްޓާލައިފި
ސަރުކާރުން ޓެކްސީ ހިދުމަތަށް ނުވަނުމަށް ގޮވާލައިފި