Roadha Mihaaru
ޕެރިސް ހިލްޓަންގެ ކައިވެނި ނޮވެމްބަރު 11 ގައި

ޕެރިސް ހިލްޓަންގެ ކައިވެނި ނޮވެމްބަރު 11 ގައި

27 އޮކްޓޯބަރ 2021

މި އަހަރުގެ ކުރީކޮޅު އެންގޭޖްވި އެމެރިކާގެ މަޝްހޫރު ސެލެބްރިޓީ ޕެރިސް ހިލްޓަން އަންނަ ނޮވެމްބަރު މަހުގެ 11 ގައި ކައިވެނި ކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރުގެ ކުރީކޮޅު އެންގޭޖްވި އެމެރިކާގެ މަޝްހޫރު ސެލެބްރިޓީ ޕެރިސް ހިލްޓަން އަންނަ ނޮވެމްބަރު މަހުގެ 11 ގައި ކައިވެނި ކުރަން ނިންމައިފި އެވެ.

އޭނާ އާއި ލޯބިވެރިޔާ ކާޓާ ރިއަމް އެންގޭޖްވި މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އަދި އެކަން އިއުލާންކުރީ އެ މަހުގެ 17 ފައި ފާހަގަކުރި ހިލްޓަންގެ 40 ވަނަ އުފަން ދުވަހާ ދިމާކޮށެވެ.

ތިން ދުވަހަށް ދެމިގެންދާ ގޮތަށް ބާއްވާ ކައިވެނީގެ ހަފުލާ އަށް މިހާރު ތައްޔާރީތައް ވަމުން އަންނަ އިރު މިއީ ހިލްޓަންގެ އަލަތު ކައިވެންޏެވެ. ކައިވެނީގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު މިދިޔަ ހޮނިހިރު ދުވަހު "ބްރައިޑަލް ޝަވާ" ހަފުލާއެއް ވެސް ބާއްވާފައިވެ އެވެ. އަދި އޭގެ ފޮޓޯ އާއި ވީޑިއޯ އިންސްޓަގްރާމްގައި ވެސް ޕޯސްޓް ކޮށްފައިވެ އެވެ.

ގިނަ ބަޔަކާ ލޯބީގެ ގިނަ ގުޅުންތަކެއް ބޭއްވި ހިލްޓަން، ކާޓާއާ އެންގޭޖްވުމުގެ ކުރިން 2018 ގައި އެކްޓަރު/މޮޑެލް ކްރިސް ޒިލްކާއާ ވެސް އެންގޭޖްވި އެވެ. އެކަމަކު އެ އަހަރުގެ ކުރީކޮޅުގެ އެ އެންގޭޖްމަންޓް ފަހުން ރޫޅައިލީ އެވެ.

ހިލްޓަނާއި ކާޓާ އެންގޭޖްވީ 2019 އިން ފެށިގެން ޑޭޓްކުރުމަށް ފަހު އެވެ. އެކަމަކު އޭގެ ކުރިން ވެސް އެ ދެ މީހުން އެކަކު އަނެކަކު ދަންނަތާ 15 ވަރަކަށް އަހަރުވެފައިވާ ކަމަށް ބުނެފައިވެ އެވެ.