27 އޮކްޓޯބަރ 2021
ކާޑުން މުއާމަލާތް ކުރަން މުޅި ދުނިޔޭގައި ވެސް އެންމެ ފުޅާކޮށް ބޭނުންކުރާ މާސްޓަ ކާޑް ވެސް ކްރިޕްޓޯކަރަންސީ ނުވަތަ ޑިޖިޓަލް ފައިސާއާ ދިމާއަށް މިސްރާބު ޖަހައިފި އެވެ.
ކާޑުން މުއާމަލާތް ކުރަން މުޅި ދުނިޔޭގައި ވެސް އެންމެ ފުޅާކޮށް ބޭނުންކުރާ މާސްޓަ ކާޑް ވެސް ކްރިޕްޓޯކަރަންސީ ނުވަތަ ޑިޖިޓަލް ފައިސާއާ ދިމާއަށް މިސްރާބު ޖަހައިފި އެވެ.
މި މަސައްކަތުގެ ދަށުން އެ ކުންފުނިން މިހާރު ވަނީ ކްރިޕޯޓޮކަރަންސީ އަށް ހާއްސަ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ބަކްތުއާ އެކު އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފަ އެވެ، މީގެ ދަށުން މާސްޓަކާޑް މެދުވެރިކޮށް ކަސްޓަމަރުންނަށް ޑިޖިޓަލް ފައިސާ އިން މުއާމަލާތްތައް ހިންގުމައި އެ މީހުންގެ އެސެޓްޑްތައް ޑިޖިޓަލް ފައިސާ އިން އަގުކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ އެވެ،
މާސްޓްކާޑުން ބުނި ގޮތުގައި ބޭނުން ވަނީ އެތަނާ ގުޅިގެން މަސައްކަތްކުރާ ހުރިހާ ބޭންކްތަކާއި ވިޔަފާރި ނެޓްވޯކްކޮށް މެދުވެރިކޮށް ޑިޖިޓަލް ފައިސާ ބޭނުންކުރެވޭ ގޮތް ހެދުމެވެ. މީގެ ސަބަބުން ކަސްޓަމަރުންނަށް މުއާމަލާތްތައް ހިންގުމުގައިި ބޮޑެތި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް ބުންޏެވެ. އެގޮތުން މާސްޓަކާޑްގެ ކްރެޑިޓް/ޑެބިޓް ކާޑްގެ އެހީގައި އެއާލައިންތަކުން ޓިކެޓް ގަތުމާއި ހޮޓާތަކަށް ކްރިޕްޓޯ ކަރަންސީން ފައިސާ ދެއްކުން ފަދަ ކަންކަން ފަހިވެގެން ދާނެ ކަމަށް ބުންޏެވެ.
ކްރިޕްޓޯކަރަންސީން މުއާމަލާތް ހިންގަން އަޅާ ފިޔަވަޅެއްގެ ގޮތުން ބަކްތުއާ އެކު ހޯމަ ދުވަހު ސޮއިކުރި އިރު، އެ ކުންފުންޏަކީ މި މަހުގެ 18 ވަނަ ދުވަހު ނިއު ޔޯކްގެ ހިއްސާގެ ބާޒާރުގައި ލިސްޓް ކޮށްފައިވާ ކުންފުންޏެކެވެ. ކްރިޕްޓޯކަރަންސީ އާ ދިމާއަށް މާސްޓަކާޑުން ދަތުރު ފެށި އިރު މިކަމަށް މަސައްކަތް ކުރަމުން އަންނަކަން އިއުލާންކުރީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ.
އެ ކުންފުނިން ބުނި ގޮތުގައި މިކަން ފުޅާކޮށް ވަރުގަދަކޮށް ރައްކާތެރި ހިދުމަތެއް ދިނުމުގެ ގޮތުން ކުރާ މަސައްކަތުގެ ތެރެއިން ކްރިޕްޓޯކަރަންސީ އަށް ހާއްސަ ކުންފުންޏެއް ކަމަށްވާ ސިފާޓްރޭސް ގަންނަން ވެސް ވަނީ ނިންމައިފަ އެވެ. އަދި މީގެ ސަބަބުން ޑިޖިޓަލް ފައިސާގެ ކަންކަންކުރާ އެހެން ކުންފުނިތަކާ ޕާޓްނަޝިޕް ހަދައި، ވިއުގަ ފުޅާކުރެވޭނެ ކަމަށް ބުންޏެވެ.
ދުނިޔޭގެ ބައެއް ގައުމުތަކުގައި މިހާރު ވަރަށް ފުޅާކޮށް ކްރިޕްޓޯކަރަންސީ ބޭނުން ކުރަމުން ދިޔަ ނަމަވެސް ބައެއް ގައުމުތައް އެއާ ވަރަށް ދެކޮޅެވެ. އަދި އެއިން މުއާމަލާތް ކުރުމަކީ ބައެއް ގައުމުތަކުގައި މުޅިން މަނާ ކަމެކެވެ. އަދި ވޯލްޑް ބޭންކް ފަދަ މާލީ އިދާރާތަކުން ވެސް ކްރިޕްޓޯ ކަރަންސީއާ ވަރަށް ދެކޮޅެވެ.
ކްރިޕްޓޯ ކަރަންސީއެއްގެ ގޮތުގައި ބޭނުންކުރާ ބޮޓްކޮއިން ރަސްމީ ފައިސާއަކަަށް ހެދި ދުނިޔޭގެ ފުރަތަމަ ގައުމަކީ އަލް ސަލްވެޑޯ އެވެ.
ރަޝިޔާގައި ވިސާ އާއި މާސްޓާ ކާޑް މަނާކޮށްފި
ލަންކާގައި ގޯލްޑަން ޕެރެޑައިސް ޕްރޮގްރާމް ތަންފީޒުކުރަނީ
ބިޓްކޮއިނާ ހެދި އަލް ސަލްވެޑޯ އަށް އިންޒާރެއް
ލަންކާގެ ޓޫރިސްޓު ހިދުމަތަށް އަގުނަގާނީ ބޭރު ފައިސާއިން
ފްލޮރިޑާގައި ކްރިޕްޓޯ އިން ޓެކްސް ދެއްކޭ ގޮތް ހަދަނީ
އިންޑިއާގައި ކްރިޕްޓޯ މަނާކުރަން ތައްޔާރު ވަނީ
ކްރިޕްޓޯ މުސްލިމުންނަށް ހުއްދައެއް ނޫން: އިންޑޮނީޝިއާ
ރާއްޖޭގެ ދެ ރިސޯޓަކުން ކްރިޕްޓޯ ކަރަންސީ ބޭނުން ކުރަނީ
ބިޓްކޮއިންއާ ދެކޮޅަށް އަލް ސަލްވަޑޯގެ މީހުން ނުކުމެއްޖެ
ކިއުބާގައި ވެސް ކްރިޕްޓޯކަރަންސީ ރަސްމީކުރަނީ