Roadha Mihaaru
"ކްރިޝް 4" އަށް ރިތިކް ލަވަ ކިޔާނެ

"ކްރިޝް 4" އަށް ރިތިކް ލަވަ ކިޔާނެ

28 އޮކްޓޯބަރ 2021

މަސައްކަތް ފަށާނެ އިރެއް އަދިވެސް ކަށަވަރުނުވާ ރިތިކް ރޯޝަންގެ ސުޕަހީރޯ ފިލްމު "ކްރިޝް 4" އަށް އޭނާގެ އަޑުން ލަވަ ރެކޯޑް ކުރާނެ ކަމަށް އޭނާގެ ބައްޕަ އަދި ޑައިރެކްޓަރު ރާކޭޝް ރޯޝަން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަސައްކަތް ފަށާނެ އިރެއް އަދިވެސް ކަށަވަރުނުވާ ރިތިކް ރޯޝަންގެ ސުޕަހީރޯ ފިލްމު "ކްރިޝް 4" އަށް އޭނާގެ އަޑުން ލަވަ ރެކޯޑް ކުރާނެ ކަމަށް އޭނާގެ ބައްޕަ އަދި ޑައިރެކްޓަރު ރާކޭޝް ރޯޝަން ބުނެފި އެވެ.

މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ މިއުޒިކަކި އާ ފިލްމުގެ ވާހަކައިގެ ވަރަށް ބޮޑު ބައެއް ކަމަށާއި "ކްރިޝް 4" ގެ މިއުޒިކް ހުރިހާ ގޮތަކުން ވެސް ވަރަށް ހާއްސަވާނެ ކަމަށެވެ. އެގޮތުން އެންމެ ހާއްސަ ކަމަކީ ފިލްމުގެ ލަވަތަކުގެ ތެރެއިން މަދުވެގެން އެއް ލަވަ ދަރިފުޅުގެ އަޑުން ރެކޯޑް ކުރުން ކަމަށް ރާކޭޝް ބުންޏެވެ.

ރާކޭޝްގެ ފިލްމުތަކުގެ ލަވަތަކުގެ މިއުޒިކް އާންމުކޮށް ހަދަނީ ކޮއްކޮ ރާޖޭޝް ރޯޝަން ކަމަށްވާތީ އޭނާގެ ބެލުމުގެ ދަށުން ރިތިކް ލައްވައި ލަވަ ކިޔުއްވުމަކީ މާ ބޮޑު ކަމަކަށް ވެސް ނުވާނެ އެވެ. "ކްރިޝް 4" އާ ބެހޭ ގޮތުން ރާކޭޝް ބުނީ އަދިވެސް ފިލްމުގެ ސްކްރީންޕްލޭ އިތުރަށް ޕޮލިޝްކޮށް ވަރުގަދަ ކުރަމުން އަންނަ ކަމަށެވެ. އެހެންވެ އަދިވެސް އޭގެ ޝޫޓިން ފެށޭނެ އިރެއް ނުބުނެ އެވެ. އެކަމަކު ކުރިން ބުނެފައިވާ ގޮތުގައި ރިތިކް ހަތަރު ކެރެކްޓާ އަކުން "ކްރިޝް 4" އިން ފެންނާނެ އެވެ.

މި ފިލްމު ހަދަން އުޅޭ ވާހަކަ ދެކެވެނީ 2017 އިން ފެށިގެންނެވެ. ނަމަވެސް 2006 ގައި ގެނެސްދިން "ކްރިޝް" ގެ ފުރަތަމަ ފިލްމަށް މިދިޔަ ޖޫން މަހަށް 15 އަހަރުވުމާ ގުޅިގެން ރިތިކް ވަނީ ސޯޝަލް މީޑިއާގައި "ކްރިޝް 4" ގެނެސް ދޭނެކަން ކަށަވަރު ވެސް ކޮށް ދީފަ އެވެ.

މި ސީރީޒްގެ ފެށުމަކީ ރިތިކާ އެކު ރާކޭޝް 2003 ގައި ގެނެސްދިން "ކޮއި...މިލް ގަޔާ" އެވެ. އޭގެ ފަހުން 2006 ގައި "ކްރިޝް" ގެނެސްދިނުމަށް ފަހު "ކްރިޝް 3" ގެނެސްދިނީ 2006 ގަ އެވެ.

ރިތިކް މިހާރު އަންނަނީ 2017 ގެ ތަމަޅަ ފިލްމު "ވިކްރަމް ވޭދާ" ގެ ހިންދީ ރިމޭކްގެ މަސައްކަތް ކުރަމުންނެވެ. އަދި އޭނާ ސޮއި ކޮށްފައި އަނެއް ފިލްމަކީ 2019 ގެ "ވޯ" ގެ ޑައިރެކްޓަރު ސިދާތު އާނަންދުގެ "ފައިޓާ" އެވެ. "ވިކްރަމް ވޭދާ" އާއި "ފައިޓާ" އަންނަ އަހަރު ރިލީޒް ކުރާނެ އެވެ.