25 ޖުލައި 2021
އިލްޔާސް ވަހީދު (އިއްލެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ ކުރު ފިލްމު "މަޒްލޫމް" މިނިވަން ދުވަހު ބައިސްކޯފުން ޕްރިމިއާކުރާ ގޮތަށް ނިންމައި، އޭގެ ޓްރެއިލާ ދައްކާލައިފި އެވެ.
އިލްޔާސް ވަހީދު (އިއްލެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ ކުރު ފިލްމު "މަޒްލޫމް" މިނިވަން ދުވަހު ބައިސްކޯފުން ޕްރިމިއާކުރާ ގޮތަށް ނިންމައި، އޭގެ ޓްރެއިލާ ދައްކާލައިފި އެވެ.
ގާތްގަނޑަކަށް 45 މިނެޓްގެ މި ފިލްމަކީ 2019 ގައި ގެނެސްދިން ކާމިޔާބު ސައިކޮލޮޖިކަލް ތުރިލާ "ބަވަތި" އަށް ފަހު، އިއްލެގެ ފުރަތަމަ އުފެއްދުމެވެ.
ދެ އަންހެނަކަށް ކުރިމަތިވާ ރޭޕްގެ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށްފައިވާ "މަޒްލޫމް" ގެ މައިގަނޑު ކާސްޓުންނަކީ އިއްލެގެ ކުރިއަށް އޮތް ފީޗާ ފިލްމު "ނީނާ" ގެ ބަތަލު ޝަރަފު އަބްދުﷲ އާއި "ބަވަތި" ގެ ލީޑް ރޯލު ކުޅުނު ނުޒުހަތު ޝުއައިބާއި އެ ފިލްމުގެ ބަތަލު އިފްނާޒް މުހައްމަދުގެ އިތުރުން ވާޝިޔާ މުހައްމަދު (ޝިޔާ) އާއި އަހުމަދު ޝާރިފް އެވެ.
"މަޒްމޫލް" އަކީ އިއްލެގެ އައި ފިލްމްސް އާއ ކަޒްމިކް އިންޓަނޭޝަނަލް ގުޅިގެން ގެނެސްދޭ އެއްޗެކެވެ. މި ފިލްމަކީ ދެ ސްޓޫޑިއޯ ގުޅިގެން ގެނެސްދޭން ހަމަޖެހިފައިވާ ކުރު ފިލްމު ސިލްސިލާ ފުރަތަމަ ބައެވެ.
"ބަވަތި" އަކީ ބެލުންތެރިންނަށް ވަރަށް ކަމުދިޔަ ފިލްމަކަށްވެފައި އިއްލެގެ މަސައްކަތް ގިނަ ބަޔަކު ފާހަގަކުރި ފިލްމަކަށްވާތީ "މަޒްލޫމް" އަކީ މޮޅި އަދި ވަރަށް ފުރިހަމަ ފިލްމަކަށްވާނެކަމުގެ އުންމީދު ބޮޑެވެ. ފިލްމު ބަލައިލުމުގެ ކުރިން ޓްރެއިލާ ބަލައިލާށެވެ.
ވެބް ސީރީޒް "ދަރަކަ" ޓީޒާއެއް
"މަޒުލޫމް" ނިންމާލާނީ އައްޒަގެ "ހިންތާ" އިން
"މިންޖު" ވާނީ މި މަހުގެ 12 ގައި
"ނޫންތަ؟" ގެ ދެވަނަ ވާހަކަ ޝިޔާ އަށް ހާއްސަ
ވީޑިއޯ ލަވަތަކަށް ފަހު އަޒްހާންގެ ވެބް ސީރީޒެއް
ތަފާތު އެއްޗަކަށް "ނޫންތަ؟" ރަނގަޅުވާނެ
އިއްލެގެ "މިންޖު" ގެ ޓްރެއިލާއެއް
މުންކޮ އާއި މަހުދީ އަށް "ގާލްފްރެންޑްސް"
ވެބް ސީރީޒް "ލޯބިވިއަސް" ބައިސްކޯފަށް
"ހުވާކޮށްފާ ބުނަން" އަންނާނީ ބައިސްކޯފަށް