އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ހުޅުމާލޭގައި އަޅަން ނިންމާފައިވާ ކެމްޕަސް އަޅައިދޭނެ ކަމަށް އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިޑީބީން) ކުރިން ބުނި ނަމަވެސް އެ ނިންމުމަށް ފަހުން ވީ ގޮތެއް ނޭނގޭ ކަމަށް އެ ޔުނިވާސިޓީން އިއްޔެ ބުނެފި އެވެ.
16 ނޮވެމްބަރ 2021
އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ހުޅުމާލޭގައި އަޅަން ނިންމާފައިވާ ކެމްޕަސް އަޅައިދޭނެ ކަމަށް އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިޑީބީން) ކުރިން ބުނި ނަމަވެސް އެ ނިންމުމަށް ފަހުން ވީ ގޮތެއް ނޭނގޭ ކަމަށް އެ ޔުނިވާސިޓީން އިއްޔެ ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި، އައިއެމްޔޫގެ ވައިސް ޗާންސެލާ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވީ ހިލޭސާބަހަށް ކޮށްދޭ ކަމެއްގެ ގޮތުގައި ހުޅުމާލެ ކެމްޕަސްް އަޅައިދޭން އައިޑީބީން ފުރަތަމަ ބުނި ކަމަށެވެ. އެއަށް ފަހު ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އައި ބަދަލެއްގެ ގޮތުގައި، ކޮމާޝަލްކޮށް ކުރާ ކަމެއްގެ ގޮތުގައި އެ ކެމްޕަސް އަޅައިދޭން ވެސް އައިޑީބީން ބުނި ކަމަށާއި ނަމަވެސް ފަހުން ވީ ގޮތެއް ނޭނގުނު ކަމަށް އޭނާ ވިދާޅުވި އެވެ.
"އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކުން އެތަން ހަމަ ދަރުމަވެރިމަގުން އަޅައިދޭން ނިންމަވާފައި އޮއްވައި، ކުއްލިއަކަަށް، މި ކޮވިޑްގެ ހާލަތާ ގުޅިގެން ބަދަލުތަކެއް އައިސް އެންމެ ފަހުން ކޮމާޝަލް އުސޫލުން ވެސް އެކަން ކޮށްދޭން ވައުދުވެފައި، އޭގެ ފަހުން ވެސް އަޅުގަނޑުމެން އެފަރާތާ އެކި އެކި ގޮތްގޮތުން ކޮމިއުނިކޭޓްކޮށްގެން ވެސް ހަމަ އެއްވެސް ކަހަަލަ އެދެވޭ ނުލިބޭ އިނގޭތޯ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އައިޑީބީން އެކަމާ ބެހޭ ގޮތުން ފޮނުވާފައިވާ ލިޔެކިއުންތައް އައިއެމްޔޫގައި އެބަހުއްޓެވެ. އެ ބޭންކުން ފުރަތަމަ ވާހަކަ ދެއްކީ ވަރަށް ފަހިކޮށް ކަމަށް ވިޔަސް، މިހާރު އެ ވާހަކަތައް ހުއްޓިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. އޭނާ ވިދާޅުވީ އައިޑީީބީގެ ނިންމުމަށް ވީ ގޮތެއް ނޭނގުނު ކަމަށް. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ޒަކަރިއްޔާ ވިދާޅުވި ގޮތުގައި އައިއެމްޔޫއަށް ހުޅުމާލޭން ގަނެފައިވާ 4،000 އަކަފޫޓުުގެ ބިމެއް އެބަ އޮތެވެ. އެތަނުގައި ހަތްބުރީގެ އިމާރާތެއް އަޅަން ކުރެހުންތައް ކުރަހައި ބީއޯކިއު ވެސް ތައްޔާރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ އިމާރާތް އަޅަން ބޭނުންވާ ފައިސާ ހޯދަން އެކި ގޮތްގޮތުން މަސައްކަތް ކުރި ނަމަވެސް އެދެވޭ ކާމިޔާބެއް އަދި ނުލިބޭ ކަަމަށް ވެސް ޒަކަރިއްޔާ ވިދާޅުވި އެވެ.
"މިހާރު އަޅުގަނޑުމެންނަށް އެއް ފަރާތަކުން ޕްރޮޕޯސަލެއް ލިބިފައި އެބަ އޮޮތް ކޮމާޝަލް އުސޫލުން އެތަން އިމާރާތްކޮށްދޭން. ދެން އަޅުގަނޑުމެން މިހާރު އެކަމާ މެދުގައި ވާހަަކަދައްކަމުން މިދަނީ، ކޮމާޝަލް އުސޫލުން އެކަން ކުރުމަކީ އެއީ ޔުނިވާސިޓީއަށް ފައިދާހުރި ކަމެއްތޯ ނުވަތަ ނޫންތޯ ބެލުމަށް،" ޒަކަރިއްޔާ ވިދާޅުވި އެވެ.
އައިއެމްޔޫއަށް ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް އެބަ އޮތް ކަމަށާއި އެހެން ނަމަވެސް ހުޅުމާލޭން މިހާރު ގަނެފައިވާ ބިން ފިޔަވާ އެހެން ބިމެއް ވެސް އަދި ލިބިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ބިމެއްގެ ކަންތައް ހަމަޖެހޭތޯ އެ ޔުނިވާސިޓީން އެޗްޑީސީއާ ވެސް ވާހަކަދައްކާފައިވާނެ ކަމަށެވެ. އެޗްޑީސީގެ ޕޮލިސީ އޮންނަ ގޮތުން ބިން ޖެހޭނީ ގަންނަން ކަމަށާއި އެހެން ނަަމަވެސް ބިން ގަންނާނެ ފައިސާ ބަޖެޓްގައި ނެތުމުން އެކަން ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިސްލާމިކް ޔުނިވާސިޓީގެ ވަގުފް ބިނާގެ ބިންގާ އަޅައިފި
އައިޔޫއެމް އިން ހުޅުމާލޭގައި ވަގުފު އިމާރާތެއް އަޅަނީ
އައިޔޫއެމް ޓަވަރުއަޅަން ހަ ކުންފުންޏަކުން ކުރިމަތިލައިފި
އައިޔޫއެމް އިން 14 ބުރީގެ ޓަވަރު އަޅާނެ ބަޔަކު ހޯދަނީ
އައިޔޫއެމް އިން ހުޅުމާލޭގައި 10 ބުރީގެ އިމާރާތެއް
އައިޔޫއެމުން ހުޅުމާލޭގައި ވަގުފު ބިލްޑިންގެއް އަޅަނީ
ޝައިހު އިސްމާއިލްގެ ހަރަދުގައި ހުޅުމާލޭގައި މިސްކިތެއް
ބާކީ ފްލެޓް ދޭނީ 15،000 ފޯމު ބަލާފައި:މުއްތަލިބު
ފްލެޓްތަކަށް ޝަރުތު ހަމަވީ 1،820 މީހުން
ފްލެޓަކަށް ވަދެ ވަޅިން ބިރު ދެއްކި މީހަކު ހައްޔަރު