ލަންޑަން (ނޮވެމްބަރު 24) - ޔޫއެފާ ޗެންޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި ރޭ ޗެލްސީން އަމިއްލަ ދަނޑުގައި 4-0 އިން ޔުވެންޓަސް ބަލިކޮށް ފެންވަރު ދައްކާލައިފި އެވެ.
24 ނޮވެމްބަރ 2021
ލަންޑަން (ނޮވެމްބަރު 24) - ޔޫއެފާ ޗެންޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި ރޭ ޗެލްސީން އަމިއްލަ ދަނޑުގައި 4-0 އިން ޔުވެންޓަސް ބަލިކޮށް ފެންވަރު ދައްކާލައިފި އެވެ.
ގުރޫޕް ސްޓޭޖުގައި ޗެލްސީން އިޓަލީގައި ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 1-0 އިންނެވެ. ރޭގެ ކާމިޔާބީއާ އެކު ޗެލްސީ އަށް ގުރޫޕުގެ އެއްވަނަ ލިބެނީ 12 ޕޮއިންޓާ އެކު ދެ ޓީމު އެއްވަރު ވިޔަސް ފައިދާ ހަ ގޯލާ އެކު އެވެ.
ޑިފެންޑަރު ޓްރެވޯ ޗަލޮބާގެ ހަމައެކަނި ލަނޑުން ފުރަޓަމަ ހާފު ލީޑުގައި ނިންމާލި ޗެލްސީން ވަނީ ދެވަނަ ހާފުގައި ތިން ލަނޑު ޖަހައިފަ އެވެ.
ފަހު ހާފު ފެށިގެން ދިހަވަނަ މިނިޓުގައި ދެވަނަ ލަނޑު ޖަހައިދިނީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ފުލްބެކް ރީސް ޖޭމްސް އެވެ. އޭގެ ތިން މިނިޓު ފަހުން ތިންވަނަ ލަނޑު ކެލަމް ހަޑްސަން އޮޑޯއި ޖަހައިދިން އިރު، ފަހު ލަނޑު ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ޖެހީ ބަދަލު ކުޅުންތެރިޔާ ޓިމޯ ވާނާ އެވެ.
ޗެލްސީ އާއި ޔުވެންޓަސް ވެސް ގަދަ 16 ގެ ޖާގަ ޔަގީންކޮށްފައިވާ އިރު، މި ދެ ޓީމާ އެކު ގުރޫޕް އެޗްގައި ހިމެނޭ ސްވިޑެންގެ މަލްމޯ އާއި ރަޝިޔާގެ ޒެނިތު ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
ގުރޫޕް ޖީގައި ހިމެނޭ ސްޕެއިންގެ ސެވިއްޔާ ވަނީ ރޭ 2-0 އިން ވުލްފްސްބާގް ބަލިކޮށްފަ އެވެ. އަދި ގުރޫޕް އެއްވަނައިގައި އޮތް ފްރާންސްގެ ޗެމްޕިއަން ލިލް، ރޭ ދެވަނައިގައި އޮތް އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގާ ދެކޮޅަށް ކުޅެ މޮޅުވީ 1-0 އިންނެވެ.
ލިލް އަށް ޕޮއިންޓް ލިބިފައިވާއިރު ސަލްޒްބާގަށް ލިބިފައި ވަނީ ހަތް ޕޮއިންޓެވެ. ސެވިއްޔާ ތިންވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު އެވެ. ފުލުގައި އޮތް ވުލްފްސްބާގަށް ވަނީ ފަސް ޕޮއިންޓް ލިބިފަ އެވެ.
ޔުވެންޓަސް ކަޓައިފި، ޗެލްސީ އާއި ޕީއެސްޖީ ދެވަނަބުރަށް
ޔުވެންޓަސް ކަޓުވާލުމަށް ފަހު ވިޔަރެއާލް ކުއާޓާ އަށް
ފްރާންސްގެ ޗެމްޕިއަން އަތުން ޗެލްސީ މޮޅުވެއްޖެ
ޗެލްސީ މޮޅުވި މެޗުގައި ލުކާކޫ އާއި ވާނާ އަށް އަނިޔާ
ރޮނާލްޑޯއަކީ ޔުނައިޓެޑުގެ ނަސީބު، ޗެލްސީއަށް ނާކާމިޔާބު
ކާންޓޭއަށް ކޮވިޑް ޖެހި، ޔުވެންޓަސްއާ ދެކޮޅަށް ނުކުޅޭނެ
ޗެލްސީ، ސެވިއްޔާ، ބާސާ އަދި ޔުވެންޓަސް އަނެއް ބުރަށް
އެތުލެޓިކޯ ކެޓިއިރު، ޔުވެންޓަސް ދެ ވަަނަ ބުރަށް
ޔުވެންޓަސް ކަޓުވާލައި ޕީއެސްވީ ކުރިއަށް
ޔުވެންޓަސް ޔޫރަޕުން ބޭރުކޮށް ޗެލްސީ ޖޫރިމަނާ ކޮށްފި