Roadha Mihaaru
ޔުވެންޓަސް ކަޓުވާލުމަށް ފަހު ވިޔަރެއާލް ކުއާޓާ އަށް

ޔުވެންޓަސް ކަޓުވާލުމަށް ފަހު ވިޔަރެއާލް ކުއާޓާ ފައިނަލަށް

17 މާޗް 2022

ޓިއުރިން (މާޗް 17) - ދެވަނަ ލެގްގައި ފަހުވަގުތު ވިޔަރެއާލްއިން ޖެހި ލަނޑުތަކުން 3-0 ން ބަލިވެ އިޓަލީގެ ގަދަބާރު ޔުވެންޓަސް ޗެމްޕިއަންސް ލީގުން ކަޓައިފި އެވެ.

ޓިއުރިން (މާޗް 17) - ދެވަނަ ލެގްގައި ފަހުވަގުތު ވިޔަރެއާލްއިން ޖެހި ލަނޑުތަކުން 3-0 ން ބަލިވެ އިޓަލީގެ ގަދަބާރު ޔުވެންޓަސް ޗެމްޕިއަންސް ލީގުން ކަޓައިފި އެވެ.

މިދެޓީމު ވެލެންސިއާގައި ކުޅުނު މެޗު ނިމުނީ 1-1 ން އެއްވަރުވެގެންނެވެ. އެހެންވެ ރޭ ޓިއުރިންގައި ކުޅުނު މެޗުން ތިން ލަނޑުން ވިޔަރެއާލް މޮޅުވުމުން އެޓީމު ކުއާޓާ އަށް ދަތުރު ކުރީ 4-1 ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ.

އެޓީމުގެ ލަނޑުތައް ޖެހީ ޖެރާޑް މޮރޭނޯ އާއި ޕައު ޓޯރޭޒްގެ އިތުރުން އާނަފްުޓް ޑަންޖުމާ އެވެ. ފުރަތަމަ ލަނޑު 79 ވަނަ މިނެޓްގައި މޮރޭނޯ ޖެހީ ޕެނަލްޓީ އަކުންނެވެ.

ޔުވެންޓަސް އަށް އަނެއްކާ ވެސް ނާކާމިޔާބު ސީޒަނަކާ ކުރިމަތިލާން ޖެހުނީ އެވެ. އަކަމާ ބެހޭގޮތުން އެޓީމުގެ ކޯޗު މެކްސް އަލެގްރީއާ ސުވާލު ކުރުމުން އޭނާ ހުރީ ހިތްހަމަނުޖެހިފަ އެވެ.

"އަހަންނަށް އެނގޭ މުބާރާތުން ކަޓައިގެން ދިއުމުން އަހަރެމެން ފެއިލްވި ވާހަކަ މީހުން ދައްކާނެކަން. އެކަމަކު އެއީ އިހްލާސްތެރިކަން ނެތި ދައްކާ ވާހަކައެއް،" ހިތްހަމަނުޖެހިފައި ހުރެ އަލެގްރީ ބުންޏެވެ.

"އަހަރެމެން މިތިބީ މާޔޫސްވެފައި. އަހަރެމެންނަށް ހެދުނު ގޯސްތައް ދެނެގަނެ ރިވިއުކުރާނަން. އެއީ ކޮންމެ ސީޒަނެއްގައި ވެސް އަހަރެމެން ކުރާ ކަމެއް. ޔުވެންޓަސް އަށް ވުރެ ވަރުގަދަ 10 ޓީމު ޔޫރަޕްގައި އެބައޮތް. އެހެން ބުނަން އަހަރެމެން ލަދުގަންނާކަށް ނުޖެހޭ."

ކްރިސްޓިއަން ޕުލިސިޗް ލަނޑު ޖެހުމަށްފަހު ދުވެފައި ދަނީ: ޗެލްސީ ވަނީ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލަށް ދަތުރު ކޯށްފަ --- ފޮޓޯ: ރޮއިޓަސް

ކްރިސްޓިއަން ޕުލިސިޗް ލަނޑު ޖެހުމަށްފަހު ދުވެފައި ދަނީ: ޗެލްސީ ވަނީ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލަށް ދަތުރު ކޯށްފަ --- ފޮޓޯ: ރޮއިޓަސް

ފްރާންސްގެ ލިލްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ޗެލްސީ ވެސް ވަނީ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ. ރޭގެ މެޗު ޗެލްސީން ކާމިޔާބު ކުރީ 2-1 ންނެވެ. ފުރަތަމަ ލެގް މެޗު ލަންޑަންގައި ކުޅެ ޗެލްސީން 2-0 ކާމިޔާބު ކުރުމުން އެޓީމު ކުއާޓާ އަށް ދަތުރު ކުރީ 4-1 ގެ އެގްރިގޭޓުންނެވެ.

ލިލްގައި ރޭ ކުޅުނު މެޗުގައި ފުރަތަަމަ ލީޑް ނެގީ އެޓީމުންނެވެ. ފުރަތަމަ ހާފުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ބުރާކް ޔިލްމާޒް ލިޑް ނަގައިދިނެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ކްރިސްޓިއަން ޕުލިސިޗް ޗެލްސީ އަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. އެޓީމުގެ ދެވަނަ ލަނޑު ކެޕްޓަން ސެޒާ އެޒްޕްލިކުއޭޓާ ޖެހީ 71 ވަނަ މިނެޓްގަ އެވެ.

ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލަށް ދަތުރު ކުރީ ވިޔަރެއާލް އާ ޗެލްސީގެ އިތުރުން، މެންޗެސްޓާ ސިޓީ، ލިވަޕޫލް، ރެއާލް މެޑްރިޑް، ބަޔާން މިޔުނިކް، އެތުލެޓިކޯ މެޑްރިޑް އަދި ބެންފީކާ އެވެ.