Roadha Mihaaru
ވެކްސިން ޖަހަން ދިޔައީ ފޭކް އަތެއް ޖަހައިގެން

ކޮވިޑް ވެކްސިން ޖަހަން އިޓަލީގައި ފޭކް އަތެއް ޖަހައިގެން ދިޔަ މައްސަލައެއް ބަލަނީ

05 ޑިސެމްބަރ 2021

މަކަރު ހަދައިގެން ވެކްސިން ސެޓްފިކެޓް ހޯދުމުގެ ގޮތުން އިޓަލީގެ މީހަކު ފޭކް އަތެއް ޖަހައިގެން ކޮވިޑް ވެކްސިން ޖަހަން ދިޔަ މައްސަލައެއް ފަޅާއަރައި އެކަން ބަލަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަކަރު ހަދައިގެން ވެކްސިން ސެޓްފިކެޓް ހޯދުމުގެ ގޮތުން އިޓަލީގެ މީހަކު ފޭކް އަތެއް ޖަހައިގެން ކޮވިޑް ވެކްސިން ޖަހަން ދިޔަ މައްސަލައެއް ފަޅާއަރައި އެކަން ބަލަން ފަށައިފި އެވެ.

މީޑިއާތަކުން ބުނި ގޮތުގައި ފޭކް އަތެއް ޖަހައިގެން މިދިޔަ ބުރާސްފަތި ދުވަހު އުތުރު އިޓަލީގެ ޕިއެޑްމޮންޓްގެ ބިއެލާގެ ވެކްސިން ސެންޓަރަކަށް ވެކްސިން ޖަހަން ދިޔަ މީހާ އަކީ އުމުރުން 50 އަހަރުގެ ފިރިހެނެކެވެ. އޭނާ ވެކްސިން ޖަހަން ދިޔައީ ލައިގެން އިން ގަމީހުގެ ފަހަތަށް ވާތް ގެންގޮސް، ގަމީހުގެ އަތުގެ ތެރެއިން ފޭކް އަތް ޖަހައިގެންނެވެ

މިކަން ފަޅާއެރީ ވެކްސިން ޖެހުމުގެ މަސައްކަތުގައި އިސްކޮށް އުޅުނު ނަރުހަކަށް އެ މީހާގެ އަތުގެ ކުލަ އާއި މޫނުގެ ކުލައިގައި ބޮޑު ތަފާތެއް ހުރިމަން ފާހަގަކުރެވިގެންނެވެ.

ނަރުސް ފިލިޕާ ބުއާ މީޑިއާތަކަށް ކިޔައިދިން ގޮތުގައި ފިރިހެން މީހާގެ ފޭކް އަތަކީ ސިލިކޮން އިން ހަދާފައިވާ އެއްޗެކެވެ. އަދި އޭނާ އެއަށް ވެކްސިން ޖަހުވައިގެން ވެކްސިން ސެޓްފިކެޓް ހޯދަން އުޅުނީ އެކަން ނޭނގޭނެ ކަމަށް ހީކޮށެވެ.

މިކަން ފަޅާއައެރުމުން އެ މީހާ ވަނީ އެކަން ކުރީ ވެކްސިން ނުޖަހައި ވެކްސިން ސެޓްފިކެޓް ހޯދުމުމުގެ ގޮތުން ކަމަށް އެއްބަސް ވެފަ އެވެ.

ނަރުސް ބުނި ގޮތުގައި މިފަދަ ގޮތްގޮތަށް މީސްމީހުންގެ އަމަލުތައް ފެނުމަކީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހެއްގެ ހައިސިއްޔަތުން ވަރަށް ހިތާމަކުރާ އަދި ވަރަށް ކަންބޮޑުވާ ކަމެކެވެ.

"ރައްކަލަށްޓަކައި ވެކްސިން ޖެހުމާއި އަދި އާންމުންގެ ހިދުމަތުގައި އަހަރެމެން ސައުވީސް ގަޑިއިރު މަސައްކަތްކުރާ އިރު މިފަދަ ކަންކަން ކުރުމަކީ ސިއްހީ ދާއިރާ އަށް ބައެއް މީހުން އިހުތިރާމު ވެސް ނުކުރާކަން ހާމަކޮށްދޭ ކަމެއް.،" އޭނާ ބުންޏެވެ. "އަދި މި ދާއިރާގެ މީހުން ވަމުން އަންނަ ގުރުބާނީ ވެސް ބަލައިނުގަންނަކަމުގެ ހެއްކެއް."

އަލްބާޓޯ.

އަލްބާޓޯ.

ފޭކް އަތަށް ވެކްސިން ޖަހުވަން އުޅުނު މައްސަލަ ފެންމަތިވުމުން ޕިއެޑްމޮންޓްގެ ސަރަހައްދީ ސަރުކާރުގެ ރައީސް އަލްބާޓޯ ސިރިއޯ ވެސް ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފަ އެވެ.

"މިއީ އަހަރެމެންގެ ސިއްހީ ނިޒާމަށް ވެސް ހުތުރު އެރުވުމުގެ އަމަލެއް،" އޭނާ ވިދާޅުވި އެވެ. "އަދި މިފަދަ ކަންކަން ބަލައެއް ނުގަނެވޭނެ. މިކަހަލަ ކަންކަންކުރާ މީހުންނަށް ފިޔަވަޅު އަޅާނަން."

ނަމަވެސް ފޭކްގެ އަތުގެ މައްސަލާގައި 50 އަހަރުގެ މީހާ އަށް އެއްވެސް ފިޔަވަޅެއް އެޅި ކަމެއް މީޑިއާތަކުން ނުބުނެ އެވެ.