09 ޑިސެމްބަރ 2021
ދެމީހަކު ގަދަކަމުން ހިފަހައްޓައި ކާރެއްގެ ޑިކީއަށް ލައިގެން ގެންގޮސް އަނިޔާކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުުހުން މިރޭ ބުނެފި އެވެ.
ދެމީހަކު ގަދަކަމުން ހިފަހައްޓައި ކާރެއްގެ ޑިކީއަށް ލައިގެން ގެންގޮސް އަނިޔާކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުުހުން މިރޭ ބުނެފި އެވެ.
އިސްކަންދަރު ކޮށީގައި މިރޭ ބޭއްވި މީޑިއާ ބްރީފިންއެއްގައި އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ލަތީފު ވިދާޅުވީ، ދެ މީހަކު ގަދަކަމުން ކާރަކަށް ލައިގެން ހުޅުމާލެއަށް ގެންދިޔައީ 15 މީހުންގެ ގްރޫޕަކުން ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހު ރިޕޯޓްކުރި އެ މައްސަލައިގައި ގަދަކަމުން ކާރަށް އަރުވައިގެން މާލޭން ހުޅުމާލެއަށް ގެންދިޔަ ދެ މީހުންނަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށް ލަތީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ މާލޭގެ ގެއަކުން ކުރި ވައްކަމަކާ ގުޅިގެން ހިންގި ކަމެއްކަން ތަހުގީގަށް ވަނީ އެނގިފަ އެވެ.
އެ ވައްކަަމުގެ މައްސަލަ ފުލުހުންނަށް ހުށަޙަޅާފައި ވަނީ މިިދިޔަ މަހުގެ 22 ވަނަ ދުވަހު ކަމަށާއި ވައްކަން ކުރިކަމަށް ތުހުމަތުކުރެވޭ މީހުން ހޯދައި އޭގެ ތެރެއިން ދެ މީހަކު ކާރަކަށް ލައިގެން ގެންދިއުމުގައި އިސްކޮށް ހުރީ ވައްކަން ރިޕޯޓްކުރި މީހާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެފަރާތްތަކުން ވަގަށް ނެގި ކަމަށް ބުނާ ތަކެތި ހޯދުމުގެ ބޭނުުމުގައި ކަމަށް ބުނެ ދެ މީހަކު ކާރެއްގެ ޑިކީއަށް ލައި ބަންދުކުރުމަށް ފަހު ހުޅުމާލެއަށް ގެންގޮސްފައިވާކަމަށް މިހާތަނަށް ތަހުގީގަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ،" ލަތީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ދެމީހުންނަށް އަނިޔާކުރީ މާލެއިން ހުޅުމާލެއަށް ގެންދިއުމަށް ފަހު އަނެއްކާ މާލެ އަށް ގެންދިއުމަށް ފަހު ގަރާޖެއްގެ ތެރޭގަ އެެވެ.
މައްސަލައިގެ ތުހުމަތަށް ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެެެއީ 21 އަހަރާއި 36 އަހަރާ ދެމެދުގެ ހަތަރު ފިރިހެނުންނެވެ. އޭގެ ތެރެއިން ތިން މީހެއްގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ ދަމަހައްޓައިދީފަ އެވެ. އޭގެ ތެރެއިން އެކަކު ޝަރުތުތަކަކާ އެކު ބަންދުން ދޫކޮށްލާފައިވާ ކަމަށް ލަތީފު ވިދާޅުވި އެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އެންމެނަކީ ވެސް ތޫނުހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ރެކޯޑް އޮންނަ މީހުންނެވެ.
ފުލުހުން މި މައްސަލައިގެ ތަފްސީލް ހާމަކުރީ އޮޅުވާލައިގެން މީހުން ތަންތަނަށް ގެންގޮސް ހިފެހެއްޓުމަށް ފަހު ބަރަހަނާކޮށް ވީޑިއޯކުރުމަށް ފަހު ބްލެކްމެއިލް ކޮށްގެން ފައިސާ ފޭރޭ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައި ވާތީ އެކަމާ ބެހޭ ގޮތުން ބޭއްވި މީޑިއާ ބްރީފިންއެއްގަ އެވެ. ފުލުހުން ވަނީ މިފަދަ ސީރިއަސް މައްސަލަތަކެއް ބަލަމުން އަންނަކަން ހާމަކޮށް މި ފަދަ ކަންކަމާ މެދު ސަމާލުވެ، މިފަދަ ކަމެއް ދިމާވެއްޖެ ނަމަ ސިއްރު ކުރުމުގެ ބަދަލުގައި ފުލުހުންނަށް ހުށަހަޅައި ތެދު މައުލޫމާތު ދިނުމަށް އިލްތިމާސްކޮށްފަ އެވެ.
މީހެއްގެ އިނގިލި ބުރިކުރި މައްސަލާގައި ދެ ސިފައިން
އަތުހަރު މަރުވެއްޖެ, ތަހުގީގަށް އޮޓޮޕްސީ ހަދަނީ
އަތުހަރު އިނީ އަމިއްލަ ކަރުގައި ވެސް ވަޅި ޖައްސައިގެން
އަތުހަރު އަމިއްލައަށް މަރުވާން އުޅެގެން ފަރުވާ ދެނީ
އަތުހަރު ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ހޮސްޕިޓަލުން ދޫކޮށްލުމުން އަތުހަރު ފުލުހުންގެ ހައްޔަރަށް
އަތުހަރުގެ ހާލު ގޯސްވެގެން އަނެއްކާވެސް އެޑްމިޓުކޮށްފި
ޒުވާބު ހޫނުވެ ރަހީނުކުރީ ގޭގެ ކުލީގެ މައްސަލައެއްގައި
އަންހެނަކު ރަހީނުކުރީ އަދަބު ލުއިކޮށް ދޫކޮށްލި މީހެއް
މީހަކު ރަހީނުކޮށްގެން ގެންގުޅުނު ބަޔަކު ހައްޔަރުކޮށްފި