Roadha Mihaaru
މީހަކު ރަހީނުކޮށްގެން ގެންގުޅުނު ބަޔަކު ހައްޔަރުކޮށްފި

މާލޭގެ ގެއެއްގައި މީހަކު ރަހީނުކޮށްގެން ގެންގުޅުނު ބަޔަކު ހައްޔަރުކޮށްފި

19 ޖުލައި 2024

މާލޭގެ ގެއެއްގައި މީހަކު ރަހީނުކޮށްގެން ގެންގުޅުނު ބަޔަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގެ ގެއެއްގައި މީހަކު ރަހީނުކޮށްގެން ގެންގުޅުނު ބަޔަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މާލޭގެ ގެއެއްގައި ދިވެހި ފިރިހެނަކު ރަހީނުކޮށްގެން ގެންގުޅުނު މި މައްސަލަ ރިޕޯޓްކޮށްފައި ވަނީ އިއްޔެ ކަމަށެވެ.

މި މައްސަލައާ ގުޅިގެން 22 އަހަރާއި 27 އަހަރާއި އަދި 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް އެމީހުން ބަންދުކުރަން އަމުރު ކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ އަމުރުން އެނގޭ ގޮތުގައި ގޮތުގައި އެ މީހުން ހައްޔަރުކުރީ އަނިޔާލިބުނު މީހާ ގެސްޓްހައުސްއެއްގައި ހުއްޓާ އެތަނަށް ވަދެ، މުދަލަށް ގެއްލުން ދިނުމަށްފަހު މީހަކު ރަހީނުކުރި ކަމަށް ތުހުމަތުކޮށެވެ.

އެ މައްސަލާގައި އަނިޔާލިބުނު މީހާ ގޮވައިގެން އެ މީހުން ސައިކަލުގައި ދާ މަންޒަރު ވީޑިއޯތަކުން ފެންނަ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ އަމުރުގައިވެ އެވެ. ނަމަވެސް ތުހުމަތު ކުރެވޭ މީހުން އެކަމަށް އިންކާރު ކުރާ ކަމަށް އެ އަމުރުގައިވެ އެވެ.