Roadha Mihaaru
އެލަވަންސްގެ މައްސަލާގައި ސެނަހިޔާގެ ޑޮކްޓަރުން ރަތަށް!

ފްރަންޓްލައިން އެލަވަންސްގެ މައްސަލާގައި ސެނަހިޔާގެ ޑޮކްޓަރުން ރުޅިގަދަވެ، ރައީސާ ހިސާބަށް!

30 ޖެނުއަރީ 2022

ކޮވިޑް-19 ގެ ކަންކަމުގައި އިސް ސަފުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި ސަރުކާރުން ދިނުމަށް ކަނޑައެޅި ގޮތަށް އެލަވަންސް ނުލިބޭ މައްސަލައިގައި ސެނަހިޔާގެ ބައެއް ޑޮކްޓަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކޮވިޑް-19 ގެ ކަންކަމުގައި އިސް ސަފުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި ސަރުކާރުން ދިނުމަށް ކަނޑައެޅި ގޮތަށް އެލަވަންސް ނުލިބޭ މައްސަލައިގައި ސެނަހިޔާގެ ބައެއް ޑޮކްޓަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

އެމްއެންޑީއެފުން ހިންގާ މިލިޓަރީ ހޮސްޕިޓަލް، ސެނަހިޔާގެ 15 ޑޮކްޓަރަކު ސޮއިކޮށް، ރައީސަށް ފޮނުވި ޕެޓިޝަނުގައި ވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ފްރަންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދޭނެ ކަމަށް އެ މަނިކުފާނު ވައުދުވެވަޑައިގަތް ގޮތަށް އެ މީހުންނަށް އެލަވަންސް ނުލިބޭ ކަމަށެވެ.

"މި ނުރައްކާތެރި ހާލަތުގައި މަނިކުފާނު ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ހިދުމަތްތެރިންގެ އަގު ވަޒަން ކުރައްވަވާ މަތިވެރި މާތް މަގުސަދުގައި ދެއްވުމަށް ވައުދުވެވަޑައިގެންނެވި އެލަވަންސް މި ވަނީ ވަކި ބަޔަކަށް ނުދީ ހިފަހައްޓާފައި،" ސެނަހިޔާގައި މަސައްކަތްކުރާ ސިވިލް ޑޮކްޓަރުން ތައްޔާރުކުރި ޕެޓިޝަންގައި ވެ އެވެ.

"މިހާރު" އަށް އެނގިފަައިވާ ގޮތުގައި، ސަރުކާރުން އިއުލާންކުރި ގޮތަށް ފްރަންޓްލައިން އެލަވަންސް ނުލިބޭ މައްސަލައިގައި ބައެއް ޑޮކްޓަރުން ވަނީ ސެނަހިޔާ ހޮސްޕިޓަލުގައި މަސައްކަތް ކުރުން ވެސް ހުއްޓާލައިފަ އެވެ.

މި މައްސަލަ ހައްލު ކޮށްދެއްވުމަށް އެދި ސެނެހިޔާގެ ކަމާ ފަރާތްތަކަށް މަޝްވަރާކޮށް އަދި ޕެޓިޝަނެއް ހުށަހަޅައިގެން ވެސް މިހާތަނަށް މި މައްސަލަ ހައްލުވެފައި ނުވާތީ އަޅުގަނޑުމެންނަށް ހައްގުވާ ފައިސާ ނުދީ ހިޔާނާތްތެރި ވަމުންދާތީ މަނިކުފާނުގެ ސަމާލުކަމަށް މިކަން ގެނައުމަށް ސިޓީއާ އެކު ޕެޓިޝަން ހުށަހަޅަމެވެ،"--- ސެނަހިޔާގެ ސިވިލް ޑޮކްޓަރުން

ސެނަހިޔާގެ ޑޮކްޓަރުން ބުނީ، އެލަވަންސް ދިނުމުގައި މައްސަލަތަކެއް ދިމާވެ، އެ މީހުންގެ ހިތްހަމަނުޖެހުން ބޮޑުވީ، ތަފާތުކުރުމެއް ނެތި ހަމަހަމަ އުސޫލުން އެލަވަންސް ދިނުމަށް ހަވާލުކުރި މީހުން އެ ކަމަށް އިހުމާލުވުމުން ކަމަށެވެ. ޒިންމާ ނަގަން ޖެހޭ މީހުން ޒިންމާ ނުނެގުމުގެ ނަތީޖާއަކީ ޑޮކްޓަރުން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަން ނުކޮށް، ހައްގުވާ އުޖޫރަ ނުދީ ހިފެހެއްޓުން ކަމަށް ސެނަހިޔާގެ ސިވިލް ޑޮކްޓަރުން ބުންޏެވެ.

"މި މައްސަލަ ހައްލު ކޮށްދެއްވުމަށް އެދި ސެނެހިޔާގެ ކަމާ ފަރާތްތަކަށް މަޝްވަރާކޮށް އަދި ޕެޓިޝަނެއް ހުށަހަޅައިގެން ވެސް މިހާތަނަށް މި މައްސަލު ހައްލުވެފައި ނުވާތީ އަޅުގަނޑުމެންނަށް ހައްގުވާ ފައިސާ ނުދީ ހިޔާނާތްތެރި ވަމުންދާތީ މަނިކުފާނުގެ ސަމާލުކަމަށް މިކަން ގެނައުމަށް ސިޓީއާ އެކު ޕެޓިޝަން ހުށަހަޅަމެވެ،" ޕެޓިޝަންގައި ވެ އެވެ.

ސެނަހިޔާގެ ޑޮކްޓަރުންނަށް އެންމެ ފުރަތަމަ އެލަވަންސް ދިނީ ސެޕްޓެމްބަރު 2020 ވަނަ އަހަރުގަ އެވެ. އެ ފަހަރު އެންމެ ގިނައިން ވެސް ޑޮކްޓަރަކަށް ޖެހުނީ 7،000ރ. އެވެ. އެކަމަކު، އެ އަށް ވުރެ ވެސް މަދުން ބައެއް ޑޮކްޓަރުންނަށް އެ ފަހަރު އެލަވަންސް ދީފައި ވެ އެވެ. އެނގިފައިވާ ގޮތުން އެ ބުރުގައި ބައެއް ޑޮކްޓަރުންނަށް 2،000-3،000ރ. ވެސް ލިބުނެވެ.

އޭގެ ފަހުން، އެންމެ ހައި ރިސްކް ކެޓަގަރީގައި ހިމެނޭ ޑޮކްޓަރުންނަށް މިިދިޔަ އަހަރުގެ މޭ މަހު އެލަވަންސް ބެހި އިރު ކޮންމެ މީހަކަށް ދިނީ 6،928ރ. އެވެ. އެ ފަހަރު ވެސް ޑޮކްޓަރުންނާއި ނަރުހުން އަދި އިދާރީ މަސައްކަތުގައި އުޅޭ މީހުންނަށް ހަމަހަމަކޮށް އެލަވަންސް ދިނުމުން އޭގެ ކަންބޮޑުވުން ޑޮކްޓަރުން ފާޅުކުރި އެވެ.

މި މައްސަލައިގައި ޑޮކްޓަރުން ރަތަށް އެރުމުން، ސިފްކޯގެ ސީއީއޯ ހައްވާ ޝެނިން ވިދާޅުވީ، ހަމަހަމަކޮށް ސިފައިންނަށް ފައިސާ ބަހަން ސިފައިންގެ ލަފާދޭ މަޖިލީހުން ނިންމާފައިވާތީ އެލަވަންސް ބެހީ އެގޮތަށް ކަމަށެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް "މިހާރު" އަށް ވާހަކަ ދެއްކި، ސެނަހިޔާގެ ޑޮކްޓަރަކު ބުނީ، އެ ތަނުގެ ފްލޫ ކްލިނިކުގައި ކޮންމެ ދުވަހަކު ބަލި މީހުންނާ ބައްދަލުވެ މަސައްކަތްކުރާ ޑޮކްޓަރުންނަށް އެލަވަންސް ނުލިބުމުން ކަންބޮޑުވާ ކަމަށެވެ. ހާއްސަކޮށް، ރާއްޖެ އިން ފެނުނުތާ އެންމެ ކުރީކޮޅުން ފެށިގެން ސެނަހިޔާގައި ފްލޫ ކްލިނިކެއް ހިންގާއިރު، އެ ތަނުގައި 24 ގަޑިއިރު ކަހަލަ ގޮތަކަށް މަސައްކަތްކުރާ ޑޮކްޓަރުންނާ މެދު ސަރުކާރުން އަމަލު ކުރަނީ ވަރަށް އިހާނެތިކޮށް ކަމަށް އޭނާ ބުންޏެވެ.

އޭނާާ ބުނި ގޮތުގައި، ފްރަންޓްލައިން އެލަވަންސްގެ މައްސަލައިގައި ސެނަހިޔާގެ ސިވިލްް ޑޮކްޓަރުން ތިބީ ފްލޫ ކްލިނިކްގެ މަސައްކަތަށް ނުނިކުންނަ ހިސާބުގަ އެވެ. އެކަމަކު އެގޮތަށް ކަންތައް ކޮށްފި ނަމަ، މުޅި ދުވަހު އެމްއެންޑީއެފްގެ ޑޮކްޓަރުން ވަރަށް ބޮޑު ބުރައެއް އުފުލަން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

"ސިފްކޯއާ ހަވާލުވެ ތިބި މީހުން މި ބުނަނީ އެންމެންނަށް [އެލަވަންސް] ހަމަހަމަވާނެއޭ. އެއް ބަޔަކަށް ގިނައިން ލިބިފައި މަދުން ލިބުމުން ކަމަކު ނުދާނެއޭ. އެކަމަކު ޑޮކްޓަރުންނާއި ނަރުހުންނަށް ވުރެ ހައި ރިސްކެއް ނުވާނެ މި ތަނުގައި ތިބޭ އެޑްމިނިސްޓްރޭޓިވް އޮފިސަރުންނެއް،" ބުރަ މަސައްކަތެއް ނުކޮށް، އެއް ބަޔަކަށް އެލަވަންސް ލިބޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން އޭނާ ބުންޏެވެ

"މިހެން [އެލަވަންސް] ބެހީމާ ކޮންމެ ދުވަހަކު ފްލޫ ކްލިނިކަށް ނުކުމެ ބައްޔަށް ހުށަހެޅޭ މީހުންނާއި ލީވްގައި ތިބޭ މީހުންނާއި މި ކަމުގެ މަސައްކަތުގައި ނޫޅޭ މީހުންނަށް ވެސް އެލަވަންސް މި ލިބެނީ އެއްވަރަކަށް."

އޭނާާ ބުނި ގޮތުގައި، ފްރަންޓްލައިން އެލަވަންސްގެ މައްސަލައިގައި ސެނަހިޔާގެ ސިވިލްް ޑޮކްޓަރުން ތިބީ ފްލޫ ކްލިނިކްގެ މަސައްކަތަށް ނުނިކުންނަ ހިސާބުގަ އެވެ. އެކަމަކު އެގޮތަށް ކަންތައް ކޮށްފި ނަމަ، މުޅި ދުވަހު އެމްއެންޑީއެފްގެ ޑޮކްޓަރުން ވަރަށް ބޮޑު ބުރައެއް އުފުލަން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

"މި ތާނގައި ކަންތައް މި ހުރީ އެކީ މަސައްކަތް ހުއްޓާލާ ވަރަށް. އެކަމަކު އޭރުން 24 ގަޑިއިރު އެމްއެންޑީއެފް ޑޮކްޓަރުން އުޅެން ޖެހޭނެތީ އެ ގޮތަށް ހަދަން ބޭނުން ނުވަނީ. އޯޓީއެއް ނެތި މަސައްކަތް ކުރަން ޖެހެނީ. އަނެއްކާ [ކޮވިޑަށް] ޕޮޒިޓިވްވާ މީހުން އިތުރުވާތީ މުވައްޒަފުން މަދުވީމާ ވަރަށް ބުރަކޮށް މި އުޅެން ޖެހެނީ" އޭނާ ބުންޏެވެ.

ސިފްކޯގެ ސީއީއޯ އަށް އެ ޝަކުވާތައް ހުށަހެޅުމުން، ޑޮކްޓަރުންނަށް އަންގާފައި ވަނީ ދެން އެލަވަންސް ލިބޭ ފަހަރެއްގައި އެ ކަން ބަލައިދޭނެ ކަމަށެވެ. އެކަމަކު މިދިޔަ ޑިސެމްބަރު މަހު ލިބެންޖެހޭ އެލަވަންސް އަދިވެސް ނުލިބޭ ކަމަށް "މިހާރު" އާ ވާހަކަ ދެއްކި ސިވިލް ޑޮކްޓަރަކު ބުންޏެވެ.

ކޮވިޑްގެ ހާލަތު ރާއްޖެ އަށް މެދުވެރިވުމާއެކު، ޖުލައި 2020 އިން ފެށިގެން، ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުން ތިން ކެޓަގަރީއަކަށް ބަހައި ސަރުކާރުން އަންނަނީ އެލަވަންސް ދެމުންނެވެ.

އެލަވަންސް ދެމުންދާ ގޮތް:

- ހައި ރިސްކް ކެޓަގަރީ ނުވަތަ ކޮވިޑް ޖެހިފައިވާ މީހުންނާ ސީދާ ގޮތެއްގައި މުއާމަލާތް ކުރަންޖެހޭ މީހުންނަށް މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 500ރ.

- ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާ ސީދާ ގޮތެއްގައި މުއާމަލާތް ކުރަން ނުޖެހުނަސް، އެގޮތަށް މަސައްކަތް ކުރާ މީހުންނާ އެކުގައި މަސަައްކަތް ކުރަން ޖެހޭ މީހުންނަށް ކޮންމެ ދުވަހަކަށް 250ރ.

- ކޮވިޑާ އެކު އޭރު އުފެއްދި އެޗްއީއޯސީގައި ދުވާލަކު ހަ ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތްކުރާ ނަމަ ދުވާލަކު 200ރ.