Roadha Mihaaru
ފާމަސީތައް ބޭނުންވަނީ އެމްއާރުޕީއެއް ނޫން، މިނިވަންކަން

ފާމަސީތައް ބޭނުންވަނީ އެމްއާރުޕީއެއް ނޫން، މިނިވަންކަން!

10 މާޗް 2022

މިހާރު ކަނޑައަޅާފައިވާ ރޭޓުގައި ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގަށް އަމަލުކުރަން ފަށައިފި ނަމަ ގިނަ ފާމަސީތަކެއް ބަނގުރޫޓުވެ، ބަންދު ބޯޑު އަޅުވަން ޖެހިދާނެ ކަމުގެ އިންޒާރު ފާމަސޫޓިކަލް ޖަމިއްޔާއިން ވަނީ ދީފަ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މިހާރު ކަނޑައަޅާފައިވާ ރޭޓުގައި ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގަށް އަމަލުކުރަން ފަށައިފި ނަމަ ގިނަ ފާމަސީތަކެއް ބަނގުރޫޓުވެ، ބަންދު ބޯޑު އަޅުވަން ޖެހިދާނެ ކަމުގެ އިންޒާރު ފާމަސޫޓިކަލް ޖަމިއްޔާއިން ވަނީ ދީފަ އެވެ.

ބޭހަށް ކުރާ ބޭކާރު ހަރަދު ކުޑަކުރުމަށް ސަރުކާރުން ނިންމީ މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އަސާސީ ބޭސްތައް ވިއްކޭނެ އެންމެ މަތީ އަގަށް އަމަލުކުރާށެވެ. ނަމަވެސް ފާމަސީތަކުގެ ދެކޮޅުހެދުންތަކާއެކު އެ ކަން ތަންފީޒުވާ ގޮތެއް ނުވި އެވެ.

ފާމަސީތަކުގެ ޖަމިއްޔާގެ ރައީސް އަހުމަދު މައުމޫން ވިދާޅުވި ގޮތުގައި އާބާދީއާ އަޅާބަލާއިރު ރާއްޖެއަށް ގިނަ އަދަދެއްގެ ބޭސް އެތެރެކުރާ ކަމަށެވެ. ނަމަވެސް ޔޫރަޕްގެ ގައުމުތަކުން ފެންވަރު ރަނގަޅު ބޭސް އެތެރެކުރަން ވަރަށް ގިނަ ހުރަސްތައް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

މައުމޫން ވިދާޅުވި ގޮތުގައި ރެގިއުލޭޓް އެންވަޔަރްމަންޓް އިންނަ ގޮތުން އޯސީޑީ ބޭހެއް ލިބޭކަށް ނެތެވެ. އޭގެ މައިގަނޑު ސަބަބަކީ އަދި އެ ބޭސްތައް ގެނައުމުގެ ރަޖިސްޓްރޭޝަން ޕްރޮސެސްއަށް ބޭނުންވާ ލިޔުން، ބޭސް އުފައްދާ ކުންފުނިން ނުލިބުމެވެ.

އެ ދަތިތަކާ ހެދި ރާއްޖެއަށް އެންމެ ގިނައިން ބޭސް ގެންނަނީ އިންޑިއާއާ ބަންގްލަދޭޝް އަދި މެލޭޝިޔާއިންނެވެ.

ނަމަވެސް ޔޫރަޕްގެ ބޭސްތައް އެތެރެކުރުމުގެ ހުއްދަ އަށް އެދޭއިރު ބޭނުންވާނީ ވަރަށް މަދު ޑޮކިއުމެންޓެއް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެ އެވެ.

ފާމަސޫޓިކަލް ޖަމިއްޔާގެ ރައީސް މައުމޫން، "މިހާރު" ގެ "މެދުސަފުހާ" އަށް އިންޓަވިއުދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފާމަސޫޓިކަލް ޖަމިއްޔާގެ ރައީސް މައުމޫން، "މިހާރު" ގެ "މެދުސަފުހާ" އަށް އިންޓަވިއުދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މައުމޫން ވިދާޅުވީ ބޭސް ގެންނަން ޖެހެނީ ޑޮކިއުމަންޓް ލައިގެން ކަމަށާއި އެ ލިޔުމެއް ނުލިބޭ ކަމަށެވެ. ޑޮކްޓަރެއްގެ ބޭސް ސިޓީއެއް ބޭނުން ކޮށްގެން ވަގުތީ ގޮތުން އެއް އަހަރަށް ބޭސް ރަޖިސްޓްރީކޮށްދިނަސް އޭގެ އަގުބޮޑެވެ. ކޮންމެ މޮލިކިއުލަކަށް 7000ރ. ދައްކަންޖެހޭ ކަމަށާއި ވަގުތީ ގޮތުން ބޭސް އެތެރެކުރުމުގެ ރަޖިސްޓްރޭޝަނަށް މިދިޔަ އަހަރު، މައުމޫންގެ ހިއްސާ އޮންނަ ލައިފް ސަޕޯޓުން އެމްއެފްޑީއޭއަށް ހަތް މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.

"ވިޔަފާރިއެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން ކުރަން ބޭނުން ކަންތައްތަކެއް ނޫން އެއީ ކޮންމެ މޮލިކިއުލަކަށް 7000ރ. ކޮންމެ ވެސް ތާކުން އެ ފައިސާ ރިކަވާ ކުރަން އެބަޖެހޭ. ކީއްވެގެންތޯ އެ ބޭފުޅުންނަށް [އެމްއެފްޑީއޭ] އަށް ހިލޭ އެކަންތައް ނުކޮށްދެވެނީ. އެއީ މި ސުވާލު އަންނަ ހިސާބަކީ. ހުރަހެއް ނެތް. އެކަމަކު ބައިވަރު ރެޑް ޓޭޕްތައް އެބަހުރި،"

"ވިޔަފާރިއެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން ކުރަން ބޭނުން ކަންތައްތަކެއް ނޫން އެއީ ކޮންމެ މޮލިކިއުލަކަށް 7000ރ. ކޮންމެ ވެސް ތާކުން އެ ފައިސާ ރިކަވާ ކުރަން އެބަޖެހޭ. ކީއްވެގެންތޯ އެ ބޭފުޅުންނަށް [އެމްއެފްޑީއޭ] އަށް ހިލޭ އެކަންތައް ނުކޮށްދެވެނީ. އެއީ މި ސުވާލު އަންނަ ހިސާބަކީ. ހުރަހެއް ނެތް. އެކަމަކު ބައިވަރު ރެޑް ޓޭޕްތައް އެބަހުރި،" މައުމޫން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިމްޕޯޓުކުރާ ގައުމަކާ އަޅާބަލާއިރު ރާއްޖޭގައި ބޭހުގެ އަގުބޮޑެއް ނޫނެވެ. ނަމަވެސް ބޭސް ރައްކާކުރަން ބޮޑު ހަރަދެއް ކުރަންޖެހޭ ކަމަށް މައުމޫން ވިދާޅުވި އެވެ.

"ފުދޭ ވަރަކަށް ބޮޑު ހަރަދެއް އެބަ ދޭ. ރީޓެއިލަށް ބަލައިލިއަސް ކޮންމެ ފާމަސީއަކީ ބޮޑު ހަރަދެއް. ފާމަސިސްޓެއް އިންނަން ޖެހޭ. އަދި ނުވިތާކަށް އިންނަން ޖެހޭ ދިވެހި ކޭޝިއަރެއް. ކީއްކުރާ ކޭޝިއަރެއްތޯ؟ ހަމަ އިތުރު ބޮލެއް ދެއްތޯ،" އޭނާ ވިދާޅުވި އެވެ.

ބޭސްތަކެއް.- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ބޭސްތަކެއް.- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"ވިޔަފާރިތަކަށް ބަލަންޏާ ބީއެމްއެލްއާ ހުރިހާ ހިސާބެއް އެހެރެނީ ފެންނަން، އަޅުގަނޑުމެންގެ ގައިމު ވެސް ނެޓްޕްރޮފިޓްއާ އެއްޗެހި ބޮޑީއެއް ނޫން. ބިލޯ މާކެޓެއް ނޫން، އެވްރެޖް މާކެޓު. އޭގެ މާނައަކީ ބޮޑެއް ނޫނޭ އަޅުގަނޑުމެން ވިއްކާ އަގުތައް. މި ފަހުން ސަރުކާރުން އެމްއާރުޕީއެއް ސެޓްކުރަން މި އުޅެނީ. އެމްއާރުޕީއަށް ކިހިނެއްތޯ އަޅުގަނޑުމެން ސެޓްކުރާނީ؟ އެއީ މެނުފެކްޗަރިން ގައުމުތަކުގައި ކުރާ ކަމެއް."

ބޭސް ގެންނަން ޖެހެނީ ތިން ވަނަ ފަރާތެއް ނުވަތަ ޑިސްޓްރިބިއުޓަރެއްގެ އަތުން ކަމަށް ވާތީ ބޭހުގެ އަގު ކޮންޓްރޯލްކުރާނެ ގޮތަކާ މެދު ވެސް މައުމޫން ސުވާލު އުފެއްދެވި އެވެ. އޭނާ ވިދާޅުވީ މިހާރު ރާއްޖެ ގެންނަ ބޭސްތައް ހުންނަނީ އެ އެއްޗެހި އުފައްދާ ކުންފުންޏާ ވާހަކަދައްކައި ހަ މަހާއި އެއް އަހަރާ ދެމެދުގެ މުއްދަތަކަށް އަގު ކަނޑައަޅައިފަ އެވެ.

އެހެންވެ، ބޭހުގެ އަގު ކުޑަކުރެވޭނީ ވާދަވެރި މާހައުލަކަށް ވިޔަފާރި ދޫކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"ރިސްޓްރިކްޓް ކުރާ ވަރަކަށް އޭގެ އަގު އުފުލިގެން ދާނީ...ފާމަސޫޓިކަލް ބޭހުގައި އަޅުގަނޑުމެންގެ ޖީޑީޕީ ބޮޑެއް ނޫން. އެކަމަކު މިހެން އެމްއާރުޕީއެއް ހަދަންޏާ އަޅުގަނޑުމެން ވެސް ޑިމާންޑުކުރާނެ ދެންހުރި ހުރިހާ އެއްޗެއް ލާން އޭގެ ތެރެއަށް. އެގޮތަށް ބޮޑުކުރީމަ އަލްޓިމޭޓިލްލީ އަސްލު އަގު ބޮޑުވާނީ. އަގު ބޮޑުވެފައި ބޭސް ނުލިބުމުގެ އުނދަގޫތައް އަންނަން ފަށާނެ،"

މައުމޫން ވިދާޅުވީ އާސަންދައިން އެންމެ ފުރަތަމަ ނެގީ މާކެޓުގައި ބޭހުގެ ހުރި އަގުތަކެކެވެ. އެކަމަކު މާކެޓުގައި ބޮޑުކޮށް ހުރި އަގުތައް މަޑުމަޑުން ތިރިއަށް ޖެއްސީ ކަމަށާއި އެމްއާރުޕީގެ ބަދަލުގައި އެގޮތަށް ތިރިކުރުން ވެސް މާ ރަނގަޅު ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

ސަރުކާރުން އެމްއާރުޕީގައި ހިފާނަމަ އެސޯސިއޭޝަނުން އެދެނީ، އެމްއާރުޕީއަށް ވުރެ ދަށުން އާސަންދައިން ކަނޑައަޅާފައިވާ އަގުތައް މައްޗަށް ޖެއްސުމަށެވެ.

"މިއަދުގެ ހާލަތަކީ ކޮބައިތޯ؟ މަސްދަޅު އަގުބޮޑުވެ، ތެޔޮ އަގުބޮޑުވެ، އެކަމަކު ބޭސް އަގު ތިރިކުރަން. އެއީ ޕްރެކްޓިކަލް ކަމެއް ނޫން،"

އެމްއެފްޑީއޭގެ ލެބޯޓްރީގައި ބޭސްތަކެއް ޓެސްޓުކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެމްއެފްޑީއޭގެ ލެބޯޓްރީގައި ބޭސްތަކެއް ޓެސްޓުކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ސަރުކާރުގެ ފާމަސީތައް އެބަހުރި ކަމަށާއި އެސްޓީއޯއިން އާސަންދަ ދީ، އަގުތައް ކަނޑައެޅުމުން މާކެޓުގައި ދެން ހުރި މީހުން އަގުހެޔޮކުރާނެ ކަމަށާއި ވާދަވެރި މާކެޓަކަށް ދޫކޮށްލަންޖެހޭ ކަމަށް މައުމޫން ވިދާޅުވި އެވެ. ނަމަވެސް އެހާ ބައިވަރު ބޭސް ރާއްޖެ ގެނެސް ގުދަންކުރުމަކީ ފަސޭހަކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ގަވައިދުގައި ފުރަތަމަ އޮތީ ތިން އަހަރުން އެމްއާރުޕީ ރިވިއުކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް ވިޔަފާރިއެއްގައި އެއް އަގެއްގައި ތިން އަހަރު ވަންދެން ގެންގުޅުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށްވާތީ، ވިޔަފާރިތަކުން ހުށަހަޅަނީ ހަ މަހުން ހަ މަހުން ބޭހުގެ އަގު ރިވިއުކުރާށެވެ. ނަމަވެސް އެމްއެފްޑީއޭއިން ހުށަހަޅާފައިވަނީ ދެ އަހަރުން އަގު ރިވިއުކުރާ ގޮތަށެވެ.

"[އެމްއާރުޕީ] އަކީ އިންޑަސްޓްރީއަށް ގޯސް އެއްޗެއް. ފުރަތަމަ ކަމަކަށް ރާއްޖެއަކީ ތަރައްގީވަމުން އަންނަ ގައުމަކަށް ވާއިރު، އެއީ އިންޑަސްޓްރީއަށް ރަނގަޅު އެއްޗެއް ނޫން. އެކަމަކު ރައްޔިތު މީހާއަށް ލިބިދާނެ،" އޭނާ ވިދާޅުވި އެވެ.

މައުމޫން ވެސް ވިދާޅުވީ ހަނޑޫ، ހަކުރު އަދި ފުށް ފިޔަވައި އަގު ކޮންޓްރޯލް ކޮށްގެން ސަރުކާރަށް އެއްވެސް އެއްޗެއް ނުގެންގުޅެވޭ ކަމަށެވެ. އަގު ކޮންޓްރޯލްކުރިއަސް ނުހިފެއްޓޭކަން އޭނާ ފާހަގަކުރެއްވި އެވެ.

އަގުބޮޑުވާން ޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ ބޭސް ގެނައުމުގައި އޮންނަ ހުރަސްތައް ކަމަށެވެ.

އިންޑިއާއިން ގެންނަ ބޭސްތަކަށް ވުރެ ޔޫރަޕުން ބޭސް ގެނެސް، ރަނގަޅު އަގެއްގައި ވިއްކިދާނެ އެވެ. އެކަމަކު ގެނައުމުގެ ހުއްދަ ނުލިބޭތީ ނުގެންނަނީ ކަމަށް މައުމޫން ވިދާޅުވި އެވެ.

"މީގައި އެބަހުރި ހުރިހާ ކޮޅެއް. ފާމަސީތަކަށް ވެސް ސަރުކާރުން ކޮށްދެވޭނެ އެންމެ ރަނގަޅު ގޮތަކީ ރަނގަޅު ބޭސް އެތެރެކުރުމުގައި މިހާރު ހުރި ރެޑް ޓޭޕްސް ތިރިކޮށްލުން. ތިރިކޮށްލީމަ މިހާރު މޭޖާ އިމްޕޯޓާސް ރަނގަޅު ބޭސް ގެންނާނީ މާކެޓަށް،"

ޔޫރަޕްގެ އެޕްރޫވްޑް ބޭސް ރާއްޖެ ގެންނަން ޑޮކިއުމަންޓުތައް ހުށަނާޅަން ޖެހޭ ގޮތް ހެދުން ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ އޭނާ ވަކާލާތުކުރައްވަނީ ހޯލްސޭލަރު އަދި ރީޓެއިލާއަށް އެންމެ މަދުވެގެން 40 ޕަސެންޓު މާޖިންނެއް ލިބެންޖެހޭނެ ކަމަށެވެ. އޭރުން މާކެޓު ކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއާރުޕީ ކަނޑައެޅުމުގައި ސަރުކާރުން ފުރަތަމަ ޕްރޮޕޯސްކުރީ 90 ޕަސެންޓެވެ. ފާމަސީތަކުގެ އެންމެ ފުރަތަމަ އިނީޝިއަލް ޕްރޮޕޯޒަލްއަކީ 115 ޕަސެންޓެވެ. ނަމަވެސް މަޝްވަރާކުރުމަށްފަހު 100 ޕަސެންޓަށް އެއްބަސްވެފައި، އެމްއެފްޑީއޭގެ ރޭޓް ތަފާތު ކަމަށެވެ. އޭނާ ވިދާޅުވީ ހުރިހާ ކަމެއް ބަލައި، 130 ޕަސެންޓު ލައިގެން ނޫނީ ބޭސް ނުވިއްކޭނެ ކަމަށެވެ.

"އެމްއާރުޕީއަކީ އެހާ ފަސޭހަ އެއްޗެއް ނޫން،" މައުމޫން ވިދާޅުވި އެވެ.

އޭރު ނެރުނު އެމްއާރުޕީއަށް އަމަލުކުރި ނަމަ ވަރަށް ބައިވަރު ބޭސް ނުލިބިދާނެ ކަމަށެވެ. އޭގެ ސަބަބުން ފައިދާ ނުލިބޭ ބޭސްތައް ނުގެންނަން ފަށާނެ ކަމަށާއި އޭރުން މާކެޓުން ބޭސް ނުލިބިގެންދާނެ އެވެ.

"ރާއްޖޭގެ ގިނަ ފާމަސީއަކީ އަމިއްލަ އަށް އިމްޕޯޓުކުރާ ބައެއް ނޫން. އެ މީހުން ނަގާނީ ޑިސްޓްރިބިއުޓާ އަތުން. ޑިސްޓްރިބިއުޓާސް ވެސް ކްރެޑިޓަށް ދީފައި. އާސަންދައިގައި އަޅުގަނޑުމެންގެ ބިލް 4-5 މަސްވާއިރު ކީއްވެގެން ބިލް ނުދައްކާ. އޭގެ އިތުރުން ޕްރޮސެސިސް ފީގެ ގޮތުގައި ދެ ޕަސެންޓު ނަގާ."

"ވިޔަފާރިތައް ވެސް ވަރަށް ގިނަ މީހުން ދާނެ. އަސްލު ރާއްޖޭގެ ގިނަ ފާމަސީއަކީ އަމިއްލަ އަށް އިމްޕޯޓުކުރާ ބައެއް ނޫން. އެ މީހުން ނަގާނީ ޑިސްޓްރިބިއުޓާ އަތުން. ޑިސްޓްރިބިއުޓާސް ވެސް ކްރެޑިޓަށް ދީފައި. ސަރުކާރު ސައިޑް ރަނގަޅުކުރަން ހިނގާ. އާސަންދައިގައި އަޅުގަނޑުމެންގެ ބިލް 4-5 މަސްވާއިރު ކީއްވެގެން ބިލް ނުދައްކާ. އޭގެ އިތުރުން ޕްރޮސެސިސް ފީގެ ގޮތުގައި ދެ ޕަސެންޓު ނަގާ."

އޭނާ ވިދާޅުވީ ސަރުކާރުގެ ބޭސް އަގުހެޔޮ ކުރަން ކުރެވޭނެ ގޮތްތައް އެބަހުރި ކަމަށެވެ. އޭރުން އިންޑަސްޓްރީ އަށް މާ ރަނގަޅުވާނެ ކަމަށެވެ.