ސައިކަލެއްގައި ދުއްވާފައި ދިޔަ މީހެއްގެ ބޯމައްޗަށް މާލޭގެ އިމާރާތެއްގެ މަތިން ބޮޑު ފިލާގަނޑެއް ވެއްޓި އަނިޔާވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިއަދު އާންމުވެއްޖެ އެވެ.
20 މާޗް 2022
ސައިކަލެއްގައި ދުއްވާފައި ދިޔަ މީހެއްގެ ބޯމައްޗަށް މާލޭގެ އިމާރާތެއްގެ މަތިން ބޮޑު ފިލާގަނޑެއް ވެއްޓި އަނިޔާވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިއަދު އާންމުވެއްޖެ އެވެ.
އެ ވީޑިއޯ އިން ފެންނަ ގޮތުގައި ފިލާގަނޑު ގޮސް ޖެހެނީ ސައިކަލުގައި ދިޔަ މީހާގެ ކަނދުރާމަތީގަ އެވެ. އެ ފިލާގަނޑާ އެކު ދަގަނޑު ދެ ހޮޅި ވެސް ވެއްޓެ އެވެ. އެކަމަކު އެ ހޮޅިން މީހެއްގެ ގަޔަކު ނުޖެހެ އެވެ.
އަނިޔާވި މީހާ އިން ސައިކަލާ އެއްވަރަކަށް ދުއްވާފައި ދިޔަ އެހެން ސައިކަލެއްގައި އިން މީހަކު ސަލާމަތްވަނީ ހަމަ ކިރިޔާ އެވެ.
ފިލާގަނޑުން ޖެހުނު މީހާ ސައިކަލް ހުއްޓުމަށް ފަހު ބޮލުގައި އަތް އަޅައިގެން އޮންނަ މަންޒަރު ވެސް ވީޑިއޯ އިން ފެނެ އެވެ. އެކަމަކު އޭނާއާ ގުޅޭ ގޮތެއް ނުވުމުން، އަނިޔާގެ ތަފްސީލެއް ލިބޭ ގޮތެއް ނުވި އެވެ.
Faruvaa kuda kamuge inthihaa. @Ganeebe3 pic.twitter.com/pPquvlXc93
— Adhurey (@Kaani_Adhurey) March 19, 2022
ފުލުހުން "މިހާރު" އަށް ބުނީ އެ ހާދިސާ ހިނގާފައި ވަނީ އިއްޔެ މާވެޔޮމަގުގައި ކަމަށެވެ. ހާދިސާ ހިނގީ އިއްޔެ ހަވީރު ކަމަށާއި އަނިޔާވި މީހާ އަށް ފަރުވާދިނުމަށް އައިޖީއެމްއެޗަށް ގެންދިޔަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މާލޭގައި އިމާރާތްތަކުގެ މަތިން އެއްޗެހި ވެއްޓި މީގެ ކުރިން ހިނގި ބައެއް ހާދިސާތަކުގައި ބައެއް މީހުން ވަރަށް ބޮޑަށް ޒަހަމްވެފައިވެ އެވެ. އަދި އިމާރާތެއްގެ މަތިން ސިމެންތި ގޯންޏެއް ވެއްޓި ހަތް އަހަރުގެ ކުއްޖަކު ވެސް މީގެ ތިން އަހަރު ކުރިން މަރުވި އެވެ.
މިިދިޔަ މަހު ވެސް ދުއްވާފައި ދިޔަ ވޭނެއްގެ މައްޗަށް ގެއަކުން ދަގަނޑެއް ވެއްޓި، އޭގައި ތިބި ދެ މީހުން ސަލާމަތްވީ ކިރިޔާ އެވެ. އެ ވެހިކަލްގެ މައްޗަށް ވެއްޓުނީ އިމާރާތްތަކުގެ މަސައްކަތް ކުރާއިރު ބޭނުންކުރާ ޖެކެކެވެ.
ދެމައިން އެޑްމިޓުކޮށްފައި؛ ފިރިމީހާ އިތުރު ވޭނެއްގައި!
މާލޭގެ ގެއެއްގެ ފުރާޅުމަތީގައި އޮތް މީހަކަށް ފަރުވާދެނީ
އެކްސިޑެންޓެއްގައި ލޯންޗަކަށް ބޮޑެތި ގެއްލުންތަކެއް
މި ރޯދަމަހު މާލޭގައި 151 އެކްސިޑެންޓް
ވީޑިއޯގައި ފެންނަ ޑްރަގް ވިއްކާ ޒުވާނާ ހައްޔަރުކޮށްފި
އެކްސިޑެންޓުގައި އަނިޔާވި ހަތަރު މީހުން އައިސީޔޫގައި
ވީޑިއޯ: ކާރު ކޮންޓްރޯލް ނުވެ އެނބުރެމުން ގޮސް ޖެހުނީ
ހައިވޭގައި ޕިކަޕަކާއި ބަހެއް ޖެހި އިތުރު އެކްސިޑެންޓެއް
އެކްސިޑެންޓުގައި އަނިޔާވި އަންހެނަކު މަރުވެއްޖެ
މި ރޯދަ މަހު އެކްސިޑެންޓްތައް މާ ގިނަ!