އަންނަ ރޯދަ މަހާ ދިމާކޮށް މިފްކޯއިން އާ ދެބާވަތެއްގެ މަސްދަޅު ބާޒާރަށް މިއަދު ނެރެފި އެވެ.
26 މާޗް 2022
އަންނަ ރޯދަ މަހާ ދިމާކޮށް މިފްކޯއިން އާ ދެބާވަތެއްގެ މަސްދަޅު ބާޒާރަށް މިއަދު ނެރެފި އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސްދަޅުތައް ތައާރަފު ކޮށްދެއްވީ މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ އާއި އެ ކުންފުނީގެ ބޯޑު މެމްބަރު ޝުއައިބު މުހައްމަދެވެ. އެ ރަސްމިއްޔާތުގައި މިފްކޯއިން އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
މިފްކޯއިން މިއަދު ބާޒާރަށް ނެރުނީ އެ ކުންފުނީގެ "ހޮޓް ޕެކް" ގެ ދަށުން، "ލުނބޮޔާ މިރުހާއެކު ކަނޑުމަސް ފެނުގައި" މަސް ދަޅާއި "ކަނޑުމަސް ބަނޑައިދޫ ޒައިތޫން ތެލުގައި" މަސް ދަޅެވެ.
މިފްކޯގެ ސީއީއޯ އިސްމާއިލް ވިދާޅުވީ އެ ދެ ބާވަތަކީ ވެސް މާކެޓު ދިރާސާތަކާއި ލެބް ޓެސްޓުތަކަށް ފަހު ދިވެހިންނަށް ކަމުދާނެ ހެން ތައްޔާރު ކޮށްފައިވާ ބާވަތްތަކެއް ކަމަށެވެ. އަދިވެސް އިތުރު ބާވަތްތައް އެބަހުރިކަމަށާއި ވަރަށް އަވަހަށް އިތުރު ޕްރޮޑަކްޓުތައް ވެސް ބާޒާރަށް ނެރޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ދަޅު މަހުގެ ބާވަތްތަކަކީ އާއްމުންގެ މެދުގައި މަގުބޫލު ބާވަތްތަކެއް. ހާއްސަކޮށް ހޮޓްޕެކް. އަޅުގަނޑުމެންގެ ޕްރޮޑަކްޓުތަކަކީ ލެބުގައްޔާއި ޓާގެޓް ގްރޫޕުތަކުގައި ޓެސްޓުކުރުމަށްފަހު ނެރޭ ޕްރޮޑަކްޓްތަކެއް،" އިސްމާއިލް ވިދާޅުވި އެވެ.
މިފްކޯއިން އަލަށް ތައާރަފު ކުރި މަސްދަޅުތައް-- ފޮޓޯ: މިހާރު
އޭނާ ވިދާޅުވީ ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް ފަސޭހަ ކަމާއެކު މަހުގެ ބާވަތްތައް ފޯރުކޮށްދިނުމަށް އެ ސަރަހައްދުގައި މިފްކޯގެ ފިހާރައެއް ހުޅުވާނެ ކަމަށެވެ.
އާ މަސް ދަޅުތައް ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިފްކޯއިން ވަނީ ހިޔާ ސަރަހައްދުގައި އުޅޭ މީހުންނަށް މަސް ދަޅުގަ ރަހަ ދައްކާލައިފަ އެވެ. އެ މަސްދަޅުގެ ރަހަ ބެލި އެންމެން ވެސް ބުނަނީ ރަހަ ތަފާތު ވެފައި މީރު ކަމަށެވެ.
އެ މަސްދަޅުތައް މިއަދުން ފެށިގެން މިފްކޯގެ ހުރިހާ ފިހާރައަކުން ލިބެން ހުންނާނެ އެވެ. އަދި 3335533 އަށް ގުޅައިގެން އޯޑަރު ވެސް ކުރެވޭނެ އެވެ.
އަންގާރައިން ފެށިގެން މަސްކޭސް ދޭނީ މިފްކޯ ފިހާރަތަކުން
ސްޓެލްކޯ އެޕަށް ދިމާވި މައްސަލަ ހައްލުކޮށްފި
މަސްދަޅު ހޯދަން މާލެ ސަރަހައްދުގައި ދިގު ކިޔުއެއް
ހިލޭ ބަހާ މަސްދަޅުގެ ސައިޒަށް ބަދަލެއް ނާންނާނެ:މިފްކޯ
ކޮންމެ ގެއަކަށް 48 ދަޅުގެ މަސް ކޭހެއް
މިފްކޯގެ ޒަމާންވީ ލޯގޯ ބަދަލުކޮށްފި
މަސްދަޅު ކޭހަކުން 150ރ. ބޮޑުކޮށްފި
މަސްދަޅު އުފައްދަން ކުރާ ހަރަދު ވަރަށް ބޮޑުވެއްޖެ
މެއި މަހުގެ ނިޔަލަށް އަގު ބޮޑެއް ނުވާނެ: މިފްކޯ
މިފްކޯ މަސް ކޭސް ޑެލިވަރީ އައިބީއެމްއަށް