Roadha Mihaaru
އިމްރާނާއި ރިއްފަތުގެ މައްސަލަ ބަލަން ފާހެއް ނުވި

އިމްރާނާއި ރިއްފަތުގެ މައްސަލަ ކޮމިޓީއަށް ފޮނުވަން މަޖިލީހުން ފާހެއް ނުވި

28 މާޗް 2022

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ނުވަތަ އެޓާނީ ޖެނަރަލް އިބްރާހިމް ރިއްފަތު ރައްޔިތުންގެ މަޖިލީހަށް އިތުރުފުޅު ހެއްދެވި ކަމަށް ބުނެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވައިގެން ބެލުމަށް ފާހެއް ނުވި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ނުވަތަ އެޓާނީ ޖެނަރަލް އިބްރާހިމް ރިއްފަތު ރައްޔިތުންގެ މަޖިލީހަށް އިތުރުފުޅު ހެއްދެވި ކަމަށް ބުނެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވައިގެން ބެލުމަށް ފާހެއް ނުވި އެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައި ވަނީ މިދިޔަ މަހު 17 ގައި ޖުޑިޝަރީ ކޮމިޓީގައި ވާހަކަ ދައްކަވަމުން ފުލުހުންގެ ތެރޭގަ އާއި އެހެން އިދާރާތަކުގައި ވެސް ގަސްތުގައި ގޯސް ހަދާ މީހުން ތިބި ކަމަށް ރިއްފަތު ވިދާޅުވި ކަމަށާއި ނަމަވެސް މަޖިލީހުގެ ތަޅުމުގައި އެކަމާ ބެހޭ ގޮތުން އިމްރާނާ ސުވާލުކުރުމުން، ގަސްތުގައި އެފަދަ ކަމެއް ކުރާ ފުލުހުން ނޫޅޭ ކަމަށް އެ މަނިކުފާނު ވިދާޅުވި ކަމަށެވެ.

އިމްރާން ނުވަތަ ރިއްފަތު މަޖިލީހަށް އިތުރުފުޅު ހައްދަވާފައިވާ ކަމަށާއި އެ ބޭފުޅަކު ދެނެގަނެ އެ ފަރާތަކާ މެދު ފިޔަވަޅު އެޅުމަށް އާދަމް ޝަރީފް ހުށަހެޅުއްވި އެވެ.

މައްސަލަ ބަލައިގަނެ ބަހުސްކުރަން އެމްޑީޕީ މެމްބަރުން ހިމެނޭ ގޮތަށް 18 މެމްބަރުންގެ ވޯޓާއެކު މިއަދު ފާސްވި އެވެ. ނަމަވެސް އެ މައްސަލަ ކޮމިޓީ އަކަށް ފޮނުވައިގެން މަޖިލީހުން ބެލުމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް ހުށަހަޅުއްވާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ތާއީދުކުރެއްވި މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ ނުވަ މެމްބަރެވެ. އަދި އެ މައްސަލަ ކޮމިޓީއަށް ފޮނުވަން ނުފެންނަ ކަމަށް 13 މެމްބަރަކު ވޯޓު ދިނެވެ.

އެކަމާ ގުޅޭ ގޮތުން މަޖިލީހުގައި މިއަދު ކުރި ބަހުސްގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ އެމްޑީޕީގެ މެމްބަރުންނާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ގަބޫލު ކުރައްވާ ގޮތުގައި މަޖިލީހުގައި އިތުރުފުޅު ހެއްދެވީ އިމްރާނެވެ.

އެމްޑީޕީ އާއި ޕީޕީއެމްގެ މެމްބަރުން ވަނީ އިމްރާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި އެވަރުގެ ބޮޑު ކަމެއްގައި އެޓާނީ ޖެނަރަލް މަޖިލީހަށް އޮޅުވައި ނުލާނެ ކަމަށް އެމްޑީޕީގެ ގިނަ މެމްބަރުން ވިދާޅުވި އެވެ.