06 އެޕްރީލް 2022
ހިޔާނާތުގެ އެކި މައްސަލަތަކުގައި ދައުލަތަށް ލިބެން ޖެހޭ ފައިސާ، ނިޒާމެއް ނެތިގެން ނުހޯދި އެބަހުރި ކަމަށާއި އެ ފައިސާ ހޯދުމަށް ގާނޫނީ އިމުގެ ތެރެއިން މަސައްކަތްތަކެއް ކުރަން ފެށުމުގެ ދިރާސާއެއް ކުރަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިދިޔަ މަހު އަލަށް އައްޔަންކުރެއްވި މެމްބަރުން އިއްޔެ ވިދާޅުވެއްޖެ އެވެ.
ހިޔާނާތުގެ އެކި މައްސަލަތަކުގައި ދައުލަތަށް ލިބެން ޖެހޭ ފައިސާ، ނިޒާމެއް ނެތިގެން ނުހޯދި އެބަހުރި ކަމަށާއި އެ ފައިސާ ހޯދުމަށް ގާނޫނީ އިމުގެ ތެރެއިން މަސައްކަތްތަކެއް ކުރަން ފެށުމުގެ ދިރާސާއެއް ކުރަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިދިޔަ މަހު އަލަށް އައްޔަންކުރެއްވި މެމްބަރުން އިއްޔެ ވިދާޅުވެއްޖެ އެވެ.
އެ ކޮމިޝަންގެ މަސައްކަތްތަކުގެ ސްޕީޑް އަވަސްކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދައި ދިނުމަކީ އޭސީސީ އަށް އަލަށް އައްޔަންކުރެއްވި އެ މެމްބަރުން އިސްކަން ދެއްވާ ކަމެކެވެ. އެކަމަކު މި ކަމަށް އޮތް ގޮންޖެހުމަކީ ރާއްޖޭގައި އެސެޓް ރިކަވާކުރާނެ ނިޒާމެއް ނެތުން ކަމަށް މެމްބަރުން ވިދާޅުވި އެވެ.
އޮޑިޓް އޮފީހާއި އޭސީސީން ބެލި މައްސަލަތަކުގައި ދައުލަތަށް ލިބެން ޖެހޭ ފައިސާތައް ދައްކަން ވަރަށް ގިނަ ފަރާތްތަކަށް އަންގާފައި އެބަހުރި. ގިނަ ފަރާތްތަކުން އެ ފައިސާއެއް ނުދައްކާ -- މެމްބަރު ޝިޔާމާ
ކޮމިޝަންގެ މެމްބަރު ޝިޔާމާ މުހައްމަދު ވިދާޅުވީ، ހިޔާނާތުގެ މައްސަލަތަކުގައި ދައުލަތަށް ގެއްލޭ މުދަލާއި ފައިސާ ނުހޯދުމަކީ އާއްމުންގެ ވެސް އެންމެ ކަންބޮޑުވުން އޮތް މައްސަލަ ކަމަށެވެ. އެހެންވެ، ކޮމިޝަނުގެ މިހާރުގެ ވިސްނުމަކީ ތަހުގީގު ކުރިއަށްދާ އިރު ދައުލަތަށް ލިބެން ޖެހޭ މުދަލާއި ފައިސާ ހޯދުމާ އެކު މައްސަލަތައް ކުރިއަށް ގެންދިއުން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭސީސީ އާއި އޮޑިޓަ ޖެނެރަލްގެ އޮފީހުން ބެލި މައްސަލަތަކުގައި ވެސް ދައުލަތަށް ލިބެން ޖެހޭ ފައިސާ ދައްކަން ވަރަށް ގިނަ ފަރާތްތަކަށް އަންގާފައިވެ އެވެ.
"މި ފައިސާ ގިނަ ފަރާތްތަކުން ދައްކާފައެއް ނުވޭ. މިކަމާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅުތަކެއް ވެސް އެޅިފައެއް ނެތް،" އޭނާ ވިދާޅުވި އެވެ.
ޝިޔާމާ ވިދާޅުވީ އެސެޓް ރިކަވާ ކުރުމުގެ ނިޒާމެއް އެކުލަވާލުމަށް އެޓާނީ ޖެނެރަލްގެ އޮފީހާއި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހާއި ފިނޭންސް މިނިސްޓްރީ އާއި އޮޑިޓް ކޮމިޓީއާ ގުޅިގެން މަސައްކަތްތަކެއް ކުރިއަށް އެބަދާ ކަމަށެވެ.
މެމްބަރު ޝިޔާމާ: އޭނާ ވިދާޅުވީ މައްސަލަތަކުގެ ތަހުގީގުގެ ތެރޭގައި ވެސް ދައުލަތަށް ގެއްލޭ ފައިސާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް.
އޭސީސީގެ ދިރާސާ އިން އެސެޓް ރިކަވާކުރަން މިހާތަނަށް ކުރަން ހުރި ކަންކަމާއި ކުރެވޭނެ ކަންކަން ވެސް އޭނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ދިރާސާ އިން ގާނޫނު އަދި ގަވާއިދު އިސްލާހުކުރަން ޖެހޭ ނަމަ އެކަންކޮށް، އެކަމާ ގުޅޭ އުސޫލެއް ވެސް ކުރިއަށް ގެންދާނެ،" ޝިޔާމާ ވިދާޅުވި އެވެ.
އެސެޓް ރިކަވާ ކުރުމުގެ ނިޒާމެއް އެކުލަވައިލުމުގެ މަސައްކަތް އޭސީސީން ފެށިއިރު، ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ވައްކަމުން ދައުލަތަށް ލިބުނު ގެއްލުމާއި އެކަމުގެ ބައިވެރިން ހޯދުމުގެ ބުރަ އުނދަގޫ މަސައްކަތް ދެން ކުރާނީ އެ ކޮމިޝަނުންނެވެ. މި މައްސަލައަށް ރިޔާސީ ކޮމިޝަނެއް ހަދައިގެން ނަތީޖާއެއް ނުނެރެވުނެވެ.
އެމްއެމްޕީއާރުސީ މައްސަލަތަކުގައި ވެސް އެންމެ ބޮޑު އިސްކަމެއް ދޭނީ، އޭސީސީން ބުނެފައިވާ ގޮތުގައި، ދައުލަތަށް ގެއްލުނު މުދަލާއި ފައިސާ ހޯދުމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި މި ސަރުކާރުގެ ނުފޫޒު ގަދަ، ދައުލަތުގެ މަގާމްތަކުގައި ތިއްބެވި ބޭފުޅުން ހިމެނޭ މި މައްސަލަތަކުގެ ތަހުގީގު ނުފޫޒެއްގެ ދަށު ނުވެ މިނިވަންކަމާ އެކު ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ވެސް ކޮމިޝަނުގެ މެމްބަރުން ދެއްވަ އެވެ.
ހިޔާނާތުގެ ލިސްޓާއި ރަށްތަކުގެ މައްސަލަ ބަލާނީ އެކީގައި
އާ ކޮމިޝަނުގެ އަމާޒަކަށް ބޮޑު ހިޔާނާތުގެ ފައިސާ ހޯދުން
އޭސީސީގެ މެމްބަރުން ދެއްވީ 100 ޕަސެންޓް ޔަގީންކަން!
މަހުލޫފުގެ މައްސަލަ: ސަރުކާރަށް ހުތުރަކަށް ނުވަނީތަ؟
ޔޫތު މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާކޮށްފި
އަކްރަމް، އެމްޑީޕީގެ ނިންމުން މުރާޖައާ ކުރަން އެދިއްޖެ
މަހުލޫފުގެ މައްސަލައިގެ ލިޔުންތައް އަދިވެސް ހޯދަނީ
"އަޅުގަނޑަކީ ޝިއުނާ ކުޅެން ގެންގުޅޭ ބޯޅައެއް ނޫން"
މަހްލޫފުގެ މައްސަލަ އަނބުރާ ފޮނުވައެއް ނުލާ: ޕީޖީ
ޚިޔާނާތު މައްސަލާގައި މަހުލޫފަށް ދައުވާކުރަން ފޮނުވައިފި