Roadha Mihaaru
ބިހުގެ ތޮށިން ކޮފީގެ ހިތިކަން ފިލުވޭނެ

ބިހުގެ ތޮށިން ކޮފީގެ ހިތިކަން ފިލުވޭނެ

17 އެޕްރީލް 2022

ރޯދަމަހު ބަދިގޭގައި އެންމެ ގިނައިން ބޭނުންކުރާނެ އެކައްޗަކަށް ވާނީ ބިހެވެ. ފޮނި އެއްޗެއް ހަދަން ވިޔަސް، ކުޅި އެއްޗެއް ހަދަން ވިއަސް ބިހަކީ ވަރަށް ބޭނުންތެރި އެއްޗެކެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ރޯދަމަހު ބަދިގޭގައި އެންމެ ގިނައިން ބޭނުންކުރާނެ އެކައްޗަކަށް ވާނީ ބިހެވެ. ފޮނި އެއްޗެއް ހަދަން ވިޔަސް، ކުޅި އެއްޗެއް ހަދަން ވިއަސް ބިހަކީ ވަރަށް ބޭނުންތެރި އެއްޗެކެވެ.

ބިހުން ހަދާ ކާ އެއްޗެއް ހެދުމަށް ފަހު، އޭގެ ތޮށިތައް އުކާލުމުގެ ބަދަލުގައި، ތޮށިގަނޑު ބޭނުން ކޮށްގެން ކޮފީގެ ހިތިކަން ފިލުވައިލެވިދާނެ އެވެ.

ބޭނުންވާ ތަކެތި:

- ބިހުގެ ތޮށި

- ކުޑަ ތައްޓެއް

- ކޮފީ

- ކޮފީ މޭކާ

- ޕޭޕާ ޓަވަލް

ހަދާނެގޮތް:

ތަށިތެރެއަށް ބިހުގެ ތޮށިތައް ފުނޑުކޮށްލާށެވެ. ބިހުގެ ތޮށި އަޅާނެވަރު މިނާނީ ކޮފީތަށި ގިރާ ވަރަށް ބިނާކޮށެވެ. ކުޑަ ޕޮޓަކަށް އެއް ބިސް ފުދޭނެ އެވެ. އެއީ ހަތަރު މީހަކަށް ކޮފީ ބޯން ގިރާނެ ވަރެވެ. އެއަށް ފަހު، ފުނޑުކޮށްލި ބިހުގެ ތޮށިތައް ހޫނު ފެނުން ދޮވެލާށެވެ. ކޮފީ ބޯން ބޭނުންވާ މިންވަރަށް ކޮފީ މޭކަރު ތެރެއަށް ކޮފީ އަޅާށެވެ. އަދި އޭގެ ތެރެއަށް ބިހުގެ ތޮށިތައް އެޅުމަށް ފަހު، އާންމުކޮށް ކޮފީ ގިރާހެން ގިރަން ޖައްސާށެވެ. އެކަމަކު ފެނު ކައްކާފައި ހުންނަ ބިހުގެ ތޮށި މިގޮތަށް ބޭނުމެއް ނުކުރެވޭނެ އެވެ.