Roadha Mihaaru
ސްޕްރިންޓް ޓްރެކުން ފައިބައި ޝަމްހާ މެރަތަން އަށް

ސްޕްރިންޓް ޓްރެކުން ފައިބައި، ޝަމްހާ މެރަތަން އަށް ޚާއްސަވަނީ

25 އެޕްރީލް 2022

ސްޕްރިންޓް ރޭސްތަކުގައި ރާއްޖޭގައި އެންމެ މަޝްހޫރު އަންހެން ދުވުންތެރިޔަކީ ޝަމްހާ އަހްމަދުކަމާ މެދު ގިނަ ބަޔަކު ދެބަހެއް ނުވާނެ އެވެ. ކެނެޑާގެ އެޑްމޮންޓަންގައި 2001 ގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުގައި ވާދަކޮށް 12.27 ސިކުންތުން ރޭސް ނިންމައި އޭނާ ހެދި ގައުމީ ރެކޯޑް މިހާތަނަށް އެއްވެސް ދުވުންތެރިޔަކަށް މުގުރާލެވިފައެއް ނުވެ އެވެ.

ސްޕްރިންޓްގައި ރާއްޖޭގެ އެންމެ މަޝްހޫރު ދުވުންތެރިޔާ މިހާރު ޓްރެކުން ފައިބައިގެން މަގުތަކަށް ނުކުތީ މެރަތަން ދުވުމަށް ހާއްސަ ވުމަށެވެ.

"އަބަދުވެސް ދިގު ދުވުމަށް ޝައުގުވެރިވޭ. އަބަދުވެސް ހިތަށް އަރާ މެރތަންގައި ވާދަކުރަން،" ޝަމްހާ ބުންޏެވެ.

މަޝްހޫރު މެރަތަން ދުވުންތެރިޔާ އަދި ކޯޗު ނަސްރުﷲ އަހްމަދު (ނަސްރު) ގެ ޕްރޮގްރާމްގެ ތެރެއިން ޝަމްހާ ވަނީ ޓްރެއިނިން ފަށައިފަ އެވެ. ޖަރުމަންގައި ދިރިއުޅެމުން އަންނަ ޝަމްހާ މިހާރު ތައްޔާރުވަމުން އަންނަނީ މި އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ބާލިން މެރަތަންގައި ވާދަކުރުމަށެވެ. ޝަމްހާ ބުނީ ނަސްރުގެ ޓްރެއިނިންތަކުގެ ބުރަކަމުން އެ ޓްރެއިނިންތައް ފަށަން ގިނަ މީހުން ޖެހިލުންވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ނަސްރު އާއި ޝަމްހާ: މިހާރު ޝަމްހާ ޓްރެއިނިން ހަދަމުން އަންނަނީ ނަސްރުގެ ބެލުމުގެ ދަށުން.

ނަސްރު އާއި ޝަމްހާ: މިހާރު ޝަމްހާ ޓްރެއިނިން ހަދަމުން އަންނަނީ ނަސްރުގެ ބެލުމުގެ ދަށުން.

"އެކަމަކު އަހަރެން އަބަދުވެސް ޝައުގުވެރިވަން އާ ޗެލެންޖްތަކަށް. ހާޑްކޮށް ޓްރެއިނިންތައް ކުރިއަށް ގެންދަން ޝައުގުވެރިވަން،" ޝަމްހާ ބުންޏެވެ.

ވޯލްޑް ހާފް މެރަތަން ޗެމްޕިއަންޝިޕްގައި 2014 ގައި ވާދަކުރި ދުވުންތެރިޔާ ބުނީ އެހެން އެތުލީތުންނަށް ކޯޗު ކޮށްދެމުން ނަސްރު 80 މެރަތަން ފުރިހަމަކުރުމަކީ ވަރަށް ބޮޑު އިންސްޕަރޭޝަނެއް ކަމަށެވެ.

"ވަރަށް ދުވަސްވެއްޖެ ކޯޗުގެ ބެލުމުގެ ދަށުން ޓްރެއިނިން ހަދަމުން އަންނަ ދުވުންތެރިންގެ ޕްރޮފައިލަށް ބަލަމުން އަންނަތާ،" ޝަމްހާ ބުންޏެވެ. "މިއަދާ ހަމައަށް ވަރަށް ހިތްހަމަޖެހޭ ޓްރެއިނިންއާ ދޭތެރޭ."

ޝަމްހާ: ބާލިން މެރެތަންގައި ވާދަކުރަން އޭނާ ދަނީ ޓްރޭނިން ހަދަމުން

ޝަމްހާ: ބާލިން މެރެތަންގައި ވާދަކުރަން އޭނާ ދަނީ ޓްރޭނިން ހަދަމުން

ޝަމްހާ ބޭނުން ވަނީ ހާފް މެރަތަން އާއި މެރަތަން އަށް ހާއްސަ ވުމަށެވެ. އެކަމަކު ނަސްރު ބުނިގޮތުގައި، ފަސް ކިލޯމީޓަރުން މަތީގެ ރޭސްތަކުގައި ރާއްޖޭގެ ނިސްބަތުން ޝަމްހާ އަށް ޓޮޕް ލެވަލްގައި ވާދަކުރެވޭނެ އެވެ.

އޭނާ ބުނީ ޝަމްހާ އަކީ ވަރަށް ކޮމިޓެޑް އެތުލީޓެއް ކަމަށާއި އޭނާ ކަހަލަ އެތުލީޓަކަށް ކޯޗުކޮށް ދިނުމަކީ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

"މިހާރު ތިން މަސްވީ ޓްރެއިނިން ކުރިއަށް ގެންދާތާ. ވަރަށް ހިތްހަމަ ޖެހޭ އޭނާގެ ޕްރޮގްރެސްއާ މެދު،" ނަސްރު ބުންޏެވެ.