Roadha Mihaaru
ސްޓޭންޓްބައިގައި ހުންނަ އެއްޗެހިން ކަރަންޓް ހަރަދު ބޮޑު

ޓީވީ ފަދަ ސްޓޭންޓްބައިގައި ހުންނަ އެއްޗެހިން ކަރަންޓް ހަރަދު ބޮޑުވޭ

05 މެއި 2022

ޓީވީ ފަދަ "ސްޓޭންޓްބައި" ނުވަތަ ރިމޯޓަކުން ނިއްވާލާ ޑިވައިސްތަކުގެ ސަބަބުން ކަރަންޓް ހަރަދު ބޮޑުވާ ކަމަށް އިނގިރޭސިވިލާތުގައި ހެދި ދިރާސާއެއްގައި ބުނެފި އެވެ.

ޓީވީ ފަދަ "ސްޓޭންޓްބައި" ނުވަތަ ރިމޯޓަކުން ނިއްވާލާ ޑިވައިސްތަކުގެ ސަބަބުން ކަރަންޓް ހަރަދު ބޮޑުވާ ކަމަށް އިނގިރޭސިވިލާތުގައި ހެދި ދިރާސާއެއްގައި ބުނެފި އެވެ.

އިޔާދަކުރަނިވި ހަކަތަ ޕްރޮމޯޓްކުރާ އިނގިރޭސިވިލާތުގެ ޖަމިއްޔާއެއް ކަމަށްވާ، އެނާޖީ ސޭވިން ޓްރަސްޓް (އީއެސްޓީ) އިން އެ ދިރާސާކުރީ އިނގިރޭސިވިލާތުގައި ގޭހާއި ކަރަންޓްގެ ހިދުމަތް އެންމެ ފުޅާކޮށް ދެމުން އަންނަ ކުންފުނި "ބްރިޓިޝް ގޭސް" އާ ގުޅިގެން 2019 ވަނަ އަހަރު އެވެ.

ކަރަންޓްގެ މިހާރުގެ އަގަށް ވެސް ބެލުމަށް ފަހު، އެ ދިރާސާގެ ނަތީޖާ އާންމުކުރީ މިދިޔަ ހަފުތާގަ އެވެ.

އެ ދިރާސާގެ ނަތީޖާގައި ބުނާ ގޮތުން، ގޭގައި ހުންނަ ސްޓޭންޑްބައި ޑިވައިސް ބޭނުންނުކުރާ ވަގުތުތަކުގައި އޭގެން އެއްކޮށް ކަރަންޓް ކަނޑާލާ ނަމަ، ކޮންމެ އަހަރަކު 69.50 ޑޮލަރު (1،074ރ.) ސަލާމަތްކުރެވޭނެ ކަމަށެވެ. އެކަމަކު އެ އަދަދު ސީދާ ކަނޑައެޅި ގޮތެއް އެ ޖަމިއްޔާ އިން ހާމައެއް ނުކުރެ އެވެ.

އެ ޖަމިއްޔާ އިން ބުނީ އެ އަދަދު ބިނާކޮށްފައި ވަނީ ބޭނުންކުރާ ޑިވައިސްތަކުގެ މޮޑެލް އާއި ފަންކްޝަންތަކާއި އަދި ބޭނުންކުރާ މިންވަރަށް ބަލައިގެން ބްރިޓިޝް ގޭސް އިން ދީފައިވާ ތަފާސްހިސާބުތަކަށް ބަލައިގެން ކަމަށެވެ.

ބޭނުންނުކުރާ ވަގުތުތަކުގައި އެއްކޮށް ނިއްވާލަން ބުނި ބައެއް އެއްޗެއްސަކީ؛

- ރިމޯޓަކުން ނިއްވާލެވޭ އެއްޗެހި

- ކޭބަލް ޓީވީގެ ހިދުމަތް ހޯދަން ބޭނުންކުރާ ޑީކޯޑަރު

- ކޮމްޕިއުޓަރު

- ލެޕްޓޮޕާއި ފޯން އޯވަ-ޗާޖު ނުކުރުން

- ޑީވީޑީ، ވީސީޑާ ޕްލޭޔާސް

- ގޭމް ކޮންސޯލް

ބްރިޓިޝް ގޭސް އިން އެ ދިރާސާކުރުމަށް ބޭނުންކުރީ އެކި ކުންފުނިތަކުން އުފައްދާ ތަފާތު 13 ޑިވައިސެއްގެ ތެރެއިން އެންމެ އާންމުކޮށް ބޭނުންކުރާ، އެ އެއްޗެހީގެ މޮޑެލްތަކެވެ. އަދި އެ ޑިވައިސްތައް ސްޓޭންޑްބައިގައި ބަހައްޓައިގެންނާއި، ބޭނުންކޮށް ނިމުމުން އެއްކޮށް ނިއްވާލައިގެން ކަރަންޓަށް އަރާވަރު ބަލައި، ހިސާބުތައް ހެދި އެވެ.

އީއެސްޓީން ބުނީ އިނގިރޭސިވިލާތުގައި އުފައްދާ ހަކަތައިގެ 9-16 ޕަސެންޓް ބޭނުންކުރަނީ ސްޓޭންޑްބައިގައި ހުންނަ ޑިވައިސްތަކުން ކަން އެ ދިރާސާއިން އެނގިފައިވާ ކަމަށެވެ.