Roadha Mihaaru
ޗައިނާއިން އެހީދިނަސް އިންޑިއާއާ ގުޅުން ރަނގަޅު:ރަނިލް

ޗައިނާ އިން އެހީދިނަސް އިންޑިއާއާ އެކު އޮތް ގުޅުން ގޯހެއް ނުވާނެ: ރަނިލް

28 މެއި 2022

ކޮލަމްބޯ (މެއި 28) - އިގްތިސާދު ފުނޑިފައިވާ ސްރީ ލަންކާ އިން ޗައިނާގެ އެހީ ހޯދި ނަމަވެސް އިންޑިއާއާ އެކު އޮންނަ ގުޅުން ހީނަރުނުވާނެ ކަމަށް ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (މެއި 28) - އިގްތިސާދު ފުނޑިފައިވާ ސްރީ ލަންކާ އިން ޗައިނާގެ އެހީ ހޯދި ނަމަވެސް އިންޑިއާއާ އެކު އޮންނަ ގުޅުން ހީނަރުނުވާނެ ކަމަށް ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.

ފައިނޭންޝަލް ޓައިމްސް އަށް ދެއްވި އިންޓަވިއުއެއްގައި ރަނިލް ވިދާޅުވީ ހާލުގައި އޮތް ލަންކާ އަށް ޗައިނާގެ އެހީ މުހިންމު ކަމަށާއި އެ އެހީގެ ސަބަބުން އަވަށްޓެރި ގައުމުތަކުގެ ގުޅުމަށް އަސަރު ނުކުރާނެ ކަމަށެވެ.

އިންޑިއާ އިން ވެސް ދަނީ ލަންކާ އަށް އެހީވަމުންނެވެ. ލަންކާ އިން އައިއެމްއެފް މެދުވެރިކޮށް އެހީގެ ޕެކޭޖް ހޯދުމަށް ވެސް އިންޑިއާ އިން ދަނީ އެހީތެރިވަމުންނެވެ. ކްރެޑިޓް ލައިނާއި ސްވެޕް އަދި އެހެން އެހީގެ ގޮތުގައި އިންޑިއާ އިން ލަންކާ އަށް ދިން އެހީ މިހާރު ތިން ބިލިއަން ޑޮލަރަށް އަރަ އެވެ.

އިންޑިއާގެ އެހީތެރިކަން ކިތަންމެ ބޮޑު ނަމަވެސް ރަނިލް ވިދާޅުވީ ޗައިނާ އާއި ޖަޕާނުގެ އެހީ ހޯދަން ވެސް ލަންކާ އަށް މަޖްބޫރު ކަމަށެވެ.

ލަންކާ އިން ޗައިނާ އަށް ދަރާފައިވާ ދަރަނި 3.5 ބިލިއަން ޑޮލަރަށް އަރަ އެވެ. ނަަމަވެސް ދަރަނި ރިސްޓްރަކްޗާ ކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ޗައިނާ އިން އެއްބަސްވެފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ޗައިނާ އިން ވަނީ ލަންކާ އަށް އިތުރު ލޯނު ދޭން އެއްބަސްވެފަ އެވެ.