Roadha Mihaaru
ކްރިކެޓް ތަރި ރޯހިތު ރާއްޖޭގައި، ރެއަކަށް ބައިލައްކަ

ކްރިކެޓް ތަރި ރޯހިތު އާއި ރިތިކާ ރާއްޖޭގައި، އެ މީހުންގެ ވިލާ އަށް ރެއަކަށް ބައި ލައްކަ ރުފިޔާ

01 ޖޫން 2022

އިންޑިއާގެ ކްރިކެޓް ކުޅުންތެރިޔާ ރޯހިތު ޝަރްމާ އާއި އޭނާގެ އަންހެނުން ރިތިކާ ސަޖްދާ ރާއްޖެ އަތުވެއްޖެ އެވެ.

އިންޑިއާގެ ކްރިކެޓް ކުޅުންތެރިޔާ ރޯހިތު ޝަރްމާ އާއި އޭނާގެ އަންހެނުން ރިތިކާ ސަޖްދާ ރާއްޖެ އަތުވެއްޖެ އެވެ.

މީގެ ހަފުތާއެއްހާ ދުވަސް ކުރިން އެ މީހުން ރާއްޖެ އައިސްފައިވާއިރު، އިންސްޓަގްރާމްގައި ވަނީ ޗުއްޓީގެ ބައެއް މަންޒަރުތައް އާންމުކޮށްފަ އެެވެ.

ރޯހިތު އާއި ރިތިކާ ޗުއްޓީ ހޭދަކުރަނީ ފަސް ތަރީގެ ރިސޯޓެއް ކަމަށްވާ، ސޮނެވާ ޖާނީގަ އެވެ.

ސޮނެވާ ޖާނީގެ ވިލާއެއްގެ އަގު އުޅެނީ ދުވާލަކު 1.74 ލައްކަ ރުޕީސްގަ އެވެ. އެ ކަމަކު އެ މީހުން ތިބޭ ތަނުގެ އަގު އުޅެނީ 2.65 ލައްކަ ރުޕީސްގައި ކަމަށް ވެ އެވެ. އެއީ ދިވެހި ފައިސާ އިން އިން ބަލާ ނަމަ ދުވާލަކު 52,692ރ. އެވެ.

ރޯހިތަކީ އިންޑިއާގެ އެންމެ މުއްސަނދި ކްރިކެޓް ކުޅުންތެރިންގެ ތެރެއިން އެކެކެވެ. އޭނާގެ މިލްކިއްޔާތުގައި 22 މިލިއަން ޑޮލަރު އެބަހުރި ކަމަށް ވެ އެވެ. ކްރިކެޓް ކުޅުމުގެ އިތުރުން އެކި ބްރޭންޑުތަކުން ވެސް އޭނާ އަށް އެތައް ފައިދާއެއް ލިބެ އެވެ.

ރޯހިތާއި އޭނާގެ އަންހެނުން ދިމާވީ، ރޯހިތު ސްޕޯޓް އިވެންޓް މެނޭޖަރަކަށް އުޅުނު އިރެވެ. އޭގެ ފަހުން ރައްޓެހިވެގެން އުޅުމަށް ފަހު، އެ މީހުން ކައިވެނިކުރީ 2015 ގަ އެވެ. އެ ދެމަފިރިންނަށް ދަރިއަކު ލިބުނީ 2018 ގަ އެވެ. ރަސްމީކޮށް ރޯހިތު ކްރިކެޓް ކުޅެން ފެށީ އޭޏާގެ އުމުރުން 12 އަހަރުގަ އެވެ. ކްރިކެޓް އެކަޑަމީއަކާ ގުޅެން އޭނާގެ މައިންބަފައިންނަށް ފައިސާ ހަމަޖައްސައި ނުދެވުމުން، އޭނާ އަށް ފައިސާ ދައްކައިދިނީ ބޮޑު ބޭބެ އެކެވެ. ދެހާހުގެ ކުރީކޮޅު އޭނާ ވަނީ އިންޑިއާގެ ޔޫތު މުބާރާތްތަކުގައި ކުޅެން ފަށައިފަ އެވެ. އިންޑިއާގެ ގައުމީ ޓީމަށް އޭނާ ކުޅެން ފެށީ 2007 ވަނަ އަހަރު އެވެ. ޓެސްޓް ސީރީޒް މެޗުތަކުގައި އޭނާ ކުޅެން ފެށީ 2013 ގަ އެވެ. އޮސްޓްރޭލިއާ އަށް 2020 ގައި ކުރި ޓެސްޓް ސީރީޒް ޓްއާގައި އިންޑިއާގެ ވައިސް ކެޕްޓަންކަމަށް އޭނާ ހަމަޖެއްސި އެވެ. ކުރީގެ ކެޕްޓަން ވިރާތު ކޯލީ ކެޕްޓަންކަން ދޫކޮށްލުމުން، ކެޕްޓަން ކަމަށް ރޯހިތުހަމަޖެއްސީ މިއަހަރު ފެބްރުއަރީގަ އެވެ.