Roadha Mihaaru
އިސްގާޒީ ޝަކީލާއި ހިސާން ބައްދަލެއް ނުކުރޭ: ޖޭއެސްސީ

އިސް ގާޒީ ޝަކީލާއި ހިސާން ބައްދަލުކުރި ކަމަށް ބުނާ ވާހަކައަކީ ދޮގެއް: ޖޭއެސްސީ

12 ޖޫން 2022

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބައްލަވާ، ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހިސާން ހުސައިން ބައްދަލުކުރެއްވި ކަމަށް ބުނާ ވާހަކަ އެ ކޮމިޝަނުން ދޮގުކޮށްފި އެވެ.

އިސްގާޒީ ޝަކީލާއި ހިސާންގެ އިތުރުން ޖޭއެސްސީގެ މެމްބަރެއް ކަމަށްވާ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ދަންވަރުގެ ވަގުތެއްގައި ޖޭއެސްސީގައި ބައްދަލު ކުރެއްވި ކަމަށް ބުނެ މީޑިއާއަކުން ޓްވީޓް ކޮށްފައިވެ އެވެ.

އެކަން ދޮގުކޮށް، ޖޭއެސްސީން ރޭ ބުނީ އެ ކޮމިޝަންގެ އަގު ވެއްޓޭ ގޮތަށް ދޮގު ޚަބަރު ފަތުރާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެ މައްސަލަ ބެލުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށް އެ ޓްވީޓްގައިވެ އެވެ.

ޖޭއެސްސީގެ ޓްވީޓް

އިސްގާޒީ ޝަކީލަކީ ކްރިމިނަލް ކޯޓުގައި ޔާމީންގެ މައްޗަށް އުފުލާފައިވާ ހުރިހާ މައްސަލަތަކެއް ވެސް ބައްލަވާ ފަނޑިޔާރެވެ. އެ މައްސަލަތަކުގެ އިބްތިދާއީ މަރުހަލާ ނިމި، މިހާރު އޮތީ ޝަރީއަތުގެ މަރުހަލާގަ އެވެ.

ޔާމީން، ފަސް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރިން ހުކުމްކުރީ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެ ހުކުމަށް ހައި ކޯޓުން ތާއީދު ކުރިޔަސް، ސުޕްރީމް ކޯޓުން ނިންމީ އެމަނިކުފާނު މިނިވަން ކުރުމަށެވެ.