13 ޖޫން 2022
ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަނުރާގް ބާސޫއަކީ ވެސް ކެންސާ ސަވައިވާއެކެވެ. ލޭގެ ކެންސަރާ އޭނާ ހަނގުރާމަކުރީ 2003 ވަނަ އަހަރު "ސާޔާ" ފިލްމު ޝޫޓްކުރަމުންދިޔަ ދުވަސްވަރެވެ.
ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަނުރާގް ބާސޫއަކީ ވެސް ކެންސާ ސަވައިވާއެކެވެ. ލޭގެ ކެންސަރާ އޭނާ ހަނގުރާމަކުރީ 2003 ވަނަ އަހަރު "ސާޔާ" ފިލްމު ޝޫޓްކުރަމުންދިޔަ ދުވަސްވަރެވެ.
ވަރަށް ފަހުން އިންޓަވިއުއެއްގައި އަނުރާގް ވަނީ ކެންސަރުގެ ޝިކާރައަކަށްވި ގޮތް ހިއްސާކޮށްފަ އެވެ. އެ އިންޓަވިއުގައި އޭނާ ބުނީ ކެންސަރު ޖެހުނު ކަން ހިއްސާކުރަމުން ޑޮކްޓަރު ބުނެފައި ވަނީ އޭނާ ދުނިޔޭގައި ހުންނާނީ އެންމެ ދެ ހަފުތާ އަަށް ކަމަށެވެ.
އޭރު އޭނާގެ އަންހެން އިނީ ފުރަތަމަ ދަރިފުޅަށް ބަލިވެ ކަމަށާއި ކުއްޖާ ނުފެނި މަރުވެދާނެތީ ވަރަށް ހިތްދަތިވި ކަަމަށް އޭނާ ބުންޏެވެ.
އެ ހިތްދަތިކަމާ އެކު ފިލްމީ ދާއިރާގައި މަސައްކަތްކުރާ ގިނަ ބައެއްގެ އެހީތެރިކަން ލިބުނު ކަމަށް ވެސް އޭނާ ބުންޏެވެ.
އަނުރާގް ބާސޫ އާއި އޭނާގެ އަންހެނުން އަދި ދަރިން.
އަނުރާގް ބުނި ގޮތުގައި އޭނާ އަަށް ލޭގެ ކެންސަރު ޖެހުނު ކަން އެނގުނީ އަނގައިން ލޭ އަންނާތީ ޑޮކްޓަރަށް ދައްކާ ޓެސްޓްތަކެއް ހެދުމުން ކަމަށެވެ. އެކަމަކު ފިލްމީ މަސައްކަތްތައް ހުރި ގޮތުން ޓެސްޓްތައް ހެދުން ވެސް ލަސްވި ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ އެއް ހޮސްޕިޓަލުން އަނެއް ހޮސްޕިޓަލަށް ބަދަލުކުރި ގޮތަށް އޭނާ ވެންޓިލޭޓަރަށްލި ކަމަށެވެ. އަދި ހޮސްޕިޓަލުން އެނދެއް ނުލިބިގެން ވަރަށް ހާލުގައި އުޅެނިކޮށް ، ސުނިލް ދަތު އޭނާ އަށް އެކަމުގައި އެހީތެރިވި ކަމަށް ވެސް ބުންޏެވެ.
"ނުވެސް ދަންނަ އެތައް ބަޔަކު އަހަންނަށް ލޭ ހަދިޔާކުރި. އަހަރެންގެ ގައިގައި ހިނގަނީ ކާކުގެ ލެއެކޭ ވެސް ބުނަން ނޭނގޭ ވަރަށް ލޭ އެޅި."
އޭނާ ބުނި ގޮތުގައި ކީމޯތެރަޕީ ވެސް ކުރިއަށް ގެންދިޔައީ ފިލްމީ މަސައްކަތް ކުރަމުންނެވެ. އޭނާ ބުނީ، 2006 ވަނަ އަހަރު ނެރުނު ފިލްމު "ގޭންގްސްޓާ" އަކީ ވެސް ކީމޯ ނަގަމުން އޭނާ ކުރި މަސައްކަތެއް ކަމަށެވެ. އެ ފިލްމު ޑައިރެކްޓްކުރީ ވެސް އަނުރާގެވެ.
ކެންސަރާ ހަނގުރާމަ ކުރަމުން އަންނަ ހީނާ ބޯ ބާލައިފި
ހީނާ އަށް އުރަމަތީ ކެންސަރު ޖެހިގެން ފަރުވާ ކުރަނީ
ޕޫނަމް މަރުވި ކަމަށް ބުނެ އޮޅުވާލުމުން އާންމުން ރަތަށް
"މެޓްރޯ އިން ދިނޯ" އަންނަ އަހަރަށް ފަސްކޮށްފި
އޮސްކާއަށް ފޮނުވާ ފިލްމުގެ ތަރި ކެންސަރުގައި މަރުވެެއްޖެ
ޓީވީ ތަރި، ޗަވީ އަށް އުރަމަތީގެ ކެންސަރު ޖެހިއްޖެ
ކެންސަރު ޖެހުނުކަން އެނގުމުން ތިން ގަޑިއިރު ރުއިން
ލޭގެ ކެންސަރަށް ފަރުވާ ހޯދާ ކިރަން "އައިޖީޓީ" އަށް
ރިޝީގެ ފަހު ފިލްމު ނިންމަން އަމާޒު ހިފައިފި
ކީމޯގެ ވޭނާއެކު ވެސް ކިރަންގެ ހާލު ރަނގަޅު: އަނޫޕަމް