ގއ. ދާންދޫގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނަށް އުޖޫރަ ދޭން ޖެހޭނެ ގޮތުގެ އުސޫލެއް އެ ރަށު ކައުންސިލުން ހަދައިފި އެވެ.
17 ޖޫން 2022
ގއ. ދާންދޫގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނަށް އުޖޫރަ ދޭން ޖެހޭނެ ގޮތުގެ އުސޫލެއް އެ ރަށު ކައުންސިލުން ހަދައިފި އެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލަށް ލިބިފައިވާ ބާރުގެ ދަށުން ހެދި އެ އުސޫލު އިއްޔެ އާންމުކޮށް ވަނީ އަމަލުކުރަން ފަށައިފަ އެވެ.
ދާންދޫގައި ދިރިއުޅޭ ބިދޭސީން ކުރާ މަސައްކަތްތަކަށް ދުވަހު އުޖޫރަ ކަނޑައެޅުމުގައި މަސައްކަތް ކުރުވާ ފަރަތާތްތަކުންނާއި އަދި މަސައްކަތްކުރާ ފަރާތްތަކުން އަމަލުކުރަންވީ ގޮތް އެ އުސޫލުގައި ތަފުސީލުކޮށް ބަޔާންކޮށްފައިވެ އެވެ.
އެ އުސޫލަށް އަމަލުކުރަން ފެށުމާ އެކު، ދާންދޫގައި ކުރާ ހުރިހާ މަސައްކަތްތަކެއް އެސްޓިމޭޓް އުސޫލުން ކުރެވޭނީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އެ ރަށުގައި ދިރިއުޅޭ އެއްވެސް ބިދޭސީއަކަށް އެސްޓިމޭޓް އުސޫލުން މަސައްކަތް ނަގައިގެން މަސައްކަތްކުރުން ދެން މަނާވާނެ އެވެ.
ބިދޭސީންނަށް ދުވަހު އުޖޫރަ ދިނުމުގައި މަސައްކަތް ވަޒަންކުރާނެ މިންގަޑުތަކާއި ކެޓަގަރީތައް އެ އުސޫލުގައި ބަޔާންކޮށްފައިވެ އެވެ. އަދި ކުރާ މަސައްކަތުގެ ކުޑަބޮޑު މިނަށް ބަލައި، އުޖޫރައިގެ ގޮތުގައި ފައިސާ ދެވޭނެ އަދަދުތައް ވެސް ހިމަނާފައިވެ އެވެ.
• ގެދޮރު އިމާރާތްކުރާ ބިދޭސީންނަށް ދެވޭނީ ދުވާލަކު 250ރ. - 300ރ. އާ ދެމެދުގެ އަދަދެއް.
• އާންމުންގެ ގޯތިގެދޮރުގައި ހުންނަ ރުއްގަސް ކަނޑާ ސާފުކުރުމާއި ގޯތިގެދޮރު ވިނަ ނޮޅައި ސާފުކުރުމުގެ މަސައްކަތް ކުރާ ބިދޭސީންނަށް ދެވޭނީ ދުވާލަކު 250ރ. - 800ރ. ދެމެދުގެ އަދަދެއް.
• އާންމު ރައްޔިތުންނަށް ކޮށްދޭ ކުދިކުދި މަސައްކަތަށް ދެވޭނީ ދުވާލަކު 20ރ. - 150ރ. އާ ދެމެދުގެ އަދަދެއް.
• ނަރުދަމާ ޖަންގްޝަން ސާފުކުރުމާއި އެކިއެކި ބޭނުމަށް ކޯރު ކޮނުމުގެ މަސައްކަތަށް ދެވޭނީ ދުވާލަކު 10ރ. - 300ރ. އާ ދެމެދުގެ އަދަދެއް.
• ފައިބަރު މަސައްކަތް ކުރާ ބިދޭސީ މަސައްކަތު މީހުންނަށް ދެވޭނީ ދުވާލަކު 300ރ.
ހުއްދަ ހޯދައިގެން ދާންދޫ ކައުންސިލްގެ އިހުތިސާސްގައި ހިމެނޭ ފަޅުތެރެއިން ދޮންވެލި ކަށިވެލި ނެގުމުގެ އުސޫލާއި އެއްގޮތަށް ދޮންވެލި، ކަށިވެލި ނެގުމުގެ މަސައްކަތުގެ އަގު މިންކުރެވިފައިވާ ގޮތް ވެސް އު އުސޫލުގައިވެ އެވެ. އެއީ؛
• ކޮންމެ ދޮންވެލި ބަސްތާއެއް ވިއްކޭނެ 8ރ. އަށް
• ކަށިވެލި ބަސްތާއެއް ވިއްކޭނީ 25ރ. އަށް
• ކޮންމެ ދޮންވެލި އަދި ކަށިވެލި ބަސްތާއަކަށް 1ރ. ގެ ފީއެއް ކައުންސިލަށް ދޭން ޖެހޭނެ.
އެ ރަށުގައި ބިދޭސީން ލައްވައި މަސައްކަތް ކުރުވޭނީ، ކޮންމެ މަސައްކަތު ދުވަހެއްގައި އެއް ގަޑިއިރުގެ ބްރޭކެއް ލިބޭ ގޮތަށް، ޖުމްލަ އަށް ގަޑިއިރު ކަމަށް ވެސް އެ އުސޫލުގައި ބުންޏެވެ.
އެ އުސޫލާ ހިލާފުވެއްޖެ ނަމަ، 500ރ. އާއި 5،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާނެ ކަމަށާއި އަދި ގަވާއިދާ ހިލާފަށް ރަށުގައި އުޅޭ ކަމުގެ ކުށުގައި ފުލުހުންނާ ވެސް ހަވާލުކުރެވޭނެ ކަމަށް ބުންޏެވެ. އަދި އިކޮނޮމިކް މިނިސްޓްރީގެ ގަވާއިދާ އެއްގޮތަށް ވެސް ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވެ އެވެ.
ދާންދޫ ކައުންސިލަކީ، ލާމަރުކަޒީ ގާނޫނުގެ ދަށުން ބިދޭސީންނަށް އުޖޫރަ ދޭނެ ގޮތުގެ އުސޫލެއް އެކުލަވާލި ފުރަތަމަ ކައުންސިލެވެ.
ބިދޭސީންތަކެއް ދާންދު އަށް ދޫކޮށްލި ކަމުގެ ތުހުމަތެއް
ދާންދޫގައި އެއާޕޯޓެއް އަޅަން ރައީސަށް ހުށަހަޅައިފި
ހެކި ނެތިގެން އާސިފްގެ މައްސަލަ ފައިލްކޮށްފި
މައުލޫމާތު ލީކު ކުރީ އާއިލާ މީހަކު ސަލާމަތް ކުރަން
ދާންދޫގައި ފެންބޮޑުވެ 30 ގެއަކަށް ގެއްލުންވެއްޖެ
ބަށިމުބާރާތުގެ ފައިނަލްމެޗު ކޯޓު އަމުރަކުން ހުއްޓުވައިފި
ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހިފަހައްޓައިފި
ރަހީނުކުރި ބަންގުލަދޭޝް މީހަކު ސަލާމަތްކޮށްފި
އިމިގްރޭޝަނަށް ހާޒިރުވާން އަންގައި އަންހެނަކު ހޯދަނީ
ބިދޭސީންގެ ސިއްހަތާ ގުޅޭ ސިޔާސަތު އިފްތިތާހުކޮށްފި