28 ޖުލައި 2022
ބީޖީ ސްޕޯޓްސް ކްލަބްގެ މައްޗަށް 2-0 ޓެނަތީޖާ އަކުން ކާމިޔާބު ހޯދައި ދެވަނަ ޑިވިޝަންގައި، ނިއު ރޭޑިއަންޓުން މޮޅުވުމުގެ ރޭހުގައި ދަމަހައްޓައިފި އެވެ.
ބީޖީ ސްޕޯޓްސް ކްލަބްގެ މައްޗަށް 2-0 ޓެނަތީޖާ އަކުން ކާމިޔާބު ހޯދައި ދެވަނަ ޑިވިޝަންގައި، ނިއު ރޭޑިއަންޓުން މޮޅުވުމުގެ ރޭހުގައި ދަމަހައްޓައިފި އެވެ.
މިރޭކުޅުނު މެޗު ކާމޮޔާބުކޮށް ނިއު ވަނީ ގުރޫޕް 2 ގެ އެއްވަނަ އަށް ޖެހިލައިފަ އެވެ. ދެވަނައިޓައި އޮގީ ލިޓްލް ޓައުން ސްޕޯޓްސް ކްލަބެވެ. ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށް ނިއު އެއްވަނައިގައި އޮތީ 12 ޕޮއިންޓް ހޯދައިގެންނެވެ. ލިޓްލް ޓައުން އަށް ނުވަ ޕޮއިންޓެވެ. މި ގުރޫޕްގެ ޕޮއިންޓެއް ނުލިބި އޮތީ ބީޖީ އާއި ލޮރެންޒޯ އެވެ.
ކުރިން ފުރަތަމަ ޑިވިޝަންގައި ކުޅުނު ބީޖީ އާއި ނިއު މީގެ ކުރިން ބައްދަލުކޮށްފައި ވަނީ އޮކްޓޯބަރު 2016 ގަ އެވެ. އެ މެޗު ނިމުނީ 1-1 ން އެއްވަރުވެގެންނެވެ. އަހަރު ބީޖީ ދެވަނަ ޑިވިޝަނަށް ރެލިގޭޓްވި އެވެ.
ނިއު އާި ބީޖީ މިރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި، ނިއުގެ ފުރަތަމަ ލަނޑު 33 ވަނަ މިނެޓްގައި ކޯފީ އޮސޫ ޖެހީ، އާދަމް ޝަހީމް (އާނާ) ނަގައިދިން ހިތްގައިމު ހުރަހަކުންނެވެ. އޭރިއާ އަރިމަތިން ޝަހީމް ބޯޅަ އޭރިއާގެ ތެރެއަށް ނަގައިދިނީ ވަރަށް ބަލާލާފައި ކޯފީ އެ ބޯޅަ އަށް އަރާކަން އެނގިގެންނެވެ. ޝަހީމް ނަގައިދިން ބޯޅަ އާނާ ގޯލްގެ ތެރެއަށް ވައްދާލީ ބޮލުން ޖަހަ އެވެ.
ލަނޑު ޖެހުމަށް ފަހު ކޯފީ ވަނީ ނިއުގެ ސަޕޯޓަރުން ތިބި އުތުރު ފަރާތު (މަޖީދީ މަގާ) ވީ ސިޑިބަރި އަށް އރައި ސަޕޯޓަރުންނާއެކު އުފާފާޅު ކޮށްފަ އެވެ.
ނިއުގެ ދެވަނަ ލަނޑު މުހައްމަދު ލިޔާހް ޖެހީ މެޗުގެ 66 ވަނަ މިނެޓްގައި އުޒްބެކިސްތާންގެ ފާރޫގް ހައިދަރޯވް ދިން ބޯޅަ އޭރިއާ ތެރެއިން ލިބިގަނެ ލިޔާހް ވަނީ ގޯލްގެ ތިރީ ކަނަށް ވައްދައިލައިފަ އެވެ.
ބޮޑު މެޗު މާދަމާ؛ ފައިނަލް މެޗުގެ ކުރިން ފައިނަލެއް
ސޮބާ ބުނަނީ މިރޭ އޮތީ އެންމެ ފޯރިފަދަ މެޗު ކަމަށް
ނިއު ރޭޑިއަންޓުގެ އާ ޗެއާމަނަކަށް މުބީން؟
ކުޅިވަރުގައި ނާސިރު ވަރެއް ނެތް!
ހުރިހާ މެޗަކުން މޮޅުވެ މަސްއޮޑިން ތަށި އުފުލާލައިފި
މެޗުގެ ހަމަނުޖެހުމާ ހެދި އަނަޓޮލީ ރާއްޖޭން ހިނގައްޖެ
ވިކްޓަރީއަށް ހިދުމަތެއް ކޮށްދެވުނުކަމުގެ އިހްސާސް ކުރެވޭ
ނިއު މާޔޫސްކޮށްލުމަށް ފަހު ވިކްޓަރީ އެއްވަނަ ޑިވިޝަނަށް
ބިރުބޮޑު، ދިވެހި ފުޓްބޯޅަ އަށް ނުރައްކަލުގެ ރަނގަބީލު
ކުޑަހެންވޭރުން ކުޅެން ބޭނުމެއް ނޫން، ވިކްޓަރީ ސެމީއަށް