28 އޮކްޓޯބަރ 2018
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމް ބާތިލް ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް، ސުޕްރީމް ކޯޓުގައި އެދިވަޑައިގަތުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅާފައިވާއިރު، އެ މައްސަލަ ރިވިއު ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ކޯޓުގައި އެދިވަޑައިގަތުން ރަނގަޅު ކަމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމް ބާތިލް ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް، ސުޕްރީމް ކޯޓުގައި އެދިވަޑައިގަތުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅާފައިވާއިރު، އެ މައްސަލަ ރިވިއު ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ކޯޓުގައި އެދިވަޑައިގަތުން ރަނގަޅު ކަމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
ސާޅީސް ނުވަ މެމްބަރުން ސޮއިކުރައްވައި، މަޖިލީހަށް ހުށަހަޅައި މިއަދު ބަހުސް ފަށާ ގަރާރުގައި ބުނެފައި ވަނީ ފެބްރުއަރީ، 22، 2015 ގައި، ނަޝީދު ހައްޔަރުކޮށްފައި ވަނީ ކްރިމިނަލް ކޯޓުން ނެރެފައިވާ ގާނޫނާ ހިލާފު އަމުރެއްގެ ދަށުން ކަމަށެވެ. އެ ގަރާރު ފާސްކުރި ނަމަވެސް އެގޮތަށް އަމަލު ކުރަން ޕީޖީ އަށް ލާޒިމެއް ނޫނެވެ.
އެމްޑީޕީން ބޭނުން ވަނީ ނަޝީދުގެ ފަރާތްޕުޅުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ބަދަލުގައި ޕީޖީން އެކަން ކުރުމަށެވެ.
Nasheeduge hukum baathil kurumah edhey garaareh majlieehah
The most trusted news source in the Maldives
Mihaaru
މަޖިލީހަށް ގަރާރު ހުށަހެޅުން--
ތަޖުރިބާކާރު ގާނޫނީ ވަކީލް ޝަމީމް ވިދާޅުވީ ވަކި ގާނޫނީ އަސާސެއްގެ މައްޗަށް ބިނާކޮށް މައްސަލައެއް ރިވިއު ކުރަން މަޖިލީހުން އެދިއްޖެ ނަމަ އެގޮތަށް އަމަލު ކުރުމަކީ ރަނގަޅު ގޮތް ކަމަށެވެ.
"މަޖިލިސްއަށް ވަރަށް ފަސޭހަ އިން ގާނޫނީ އަސާސެއް ދެއްކިދާނެ މައްސަލައެއް ރައީސް ނަޝީދުގެ މައްސަލަ އަކީ. ހަރުދަނާ ގާނޫނީ އަސާސެއް އޮތް ނަމަ އެކަން ކުރުން ރަނގަޅު،" ޝަމީމް ވިދާޅުވި އެވެ.
"ޕީޖީން ގޯސްކޮށް ކަމެއް ކުރާ ކަމަށް މަޖިލީހުން އެ ބުނަނީ. އެކަން ޕީޖީން ގަބޫލުކޮށްފައި ރިވިއުއަށް ދިއުން ރަނގަޅު. އެކަމަކު އެއީ ގާނޫނީ މައުލޫއެއް. ސިޔާސީ މައުލޫއެއް ނޫން."
ގަރާރުގައި ބުނެފައި ވަނީ ނަޝީދު ހައްޔަރު ކުރުމަށް ފަހު ފެބްރުއަރީ 23، 2015 ގައި، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ނެތި އެ މަނިކުފާނުގެ ޝަރީއަތް ފަށައި އެންމެ 19 ދުވަހުގެ ތެރޭގައި އެ މައްސަލައިގައި ހުކުމް ކޮށްފައި ވަނީ ވެސް އެ މަނިކުފާނަށް ގާނޫނުއަސާސީން ލިބިދޭ ހައްގުތައް ނިގުޅައިގަތުމަށް ފަހު ކަމަށެވެ.
ޝަމީމް ވިދާޅުވީ ސިޔާސީ މަގުސަދެއްގައި ސިޔާސީ އަސާސެއްގެ މައްޗަށް މަޖިލީހުން އެންގުމެއް އެންގި ނަމަވެސް ޕީޖީން އެގޮތަކަށް އަމަލު ކުރަން ނުޖެހޭ ކަމަށެވެ.
ނަޝީދުގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ހުކުމް ބާތިލް ކުރުމުގެ އިތުރުން ބޭސް ފަރުވާ އަށް ވަޑައިގެން އެނބުރި ގައުމަށް ވަޑައިގެންފައިނުވާތީ އެ މަނިކުފާނު ހައްޔަރު ކުރުމަށް ނެރެފައިވާ އަމުރު ބާތިލް ކުރުމަށާއި ރައީސް އަބްދުﷲ ޔާމީނާއި ގާސިމް އިބްރާހިމް ހައްޔަރު ކުރި ކަމަށް ބުނެ އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ބާތިލު ކުރުމަށް ވެސް ގަރާރުގައި އެދިފައިވެ އެވެ.
ނަޝީދަށް ދައުވާ ކޮށްދިނުމަށް އިދިކޮޅުން އެދިއްޖެ
ގިނަ މެންބަރުން ވާހަކަ ދެއްކެވީ ނަޝީދުގެ ދިފާއުގައި
ނަޝީދުގެ މައްސަލަ ބަލަން މުއައްސަސާތަކަށް ހުށަހަޅައިފި
މަޖިލިސް ބަގްކުރަން އުޅުނު މައްސަލާގައި ހެއްކެއް ނެތް
ވައްކަމުގެ ދައުވާކުރަން ޕީޖީ ފަސްޖެހޭ: ނަޝީދު
ވެންޓިލޭޓަރުތަކުގެ މައްސަލައިގެ ޚިލާފު މަޖިލީހުން ބަލަނީ
ގަރާރުގައި އޮތްގޮތަށް މިނިވަންވާނެ ކަމަށް އުންމީދުކުރަން
"ނަޝީދު ވަނީ ރަހީނުކޮށްފައި، ކޯޓަށް ދާކަށް ނުޖެހޭ"
ގޮނޑި ނުގެއްލޭކަމުގެ ހުކުމެއް އެބައޮތް: ނަޝީދު،ގާސިމް
ސުޕްރީމް ކޯޓަށް ރައީސް ވަތްކެއް ނުކުރެވޭނެ: އާޒިމާ