Roadha Mihaaru
ރަންބީރަށް ގެރިމަސް މީރޭ ބުނާތީ އޭނާގެ ފިލްމް ބޮއިކޮޓް

ރަންބީރަށް ގެރިމަސް މީރޭ ބުނެފައި ވާތީ އޭނާގެ ފިލްމާ ދެކޮޅަށް ތެދުވެއްޖެ

29 އޯގަސްޓް 2022

ބޮލީވުޑްގައި މި ފަހުން ރިލީޒްކުރާ ކޮންމެ ފިލްމަކަށް ވެސް އޮތް ބިރުވެރިކަމީ ތަރިން ކުރިން ދައްކާފައިވާ ވާހަކަތައް އަލުން ވައިރަލްކޮށްގެން ފިލްމު ބޮއިކޮޓްކުރަން ގޮވުމުގެ ބިރެވެ. އެހެންވެ ބޮޑެތި ހަރަދުތައް ކޮށްގެން އުފައްދާ ފިލްމުތަކަށް އެ ބިރުވެރިކަން ބޮޑީ ފިލްމު އުފެއްދުމަށް ހޭދަވި ހަރަދު ނުލިބި ބޮޑު ފްލޮޕަކަށް ވެދާނެތީ އެވެ.

މި އަހަރު ރިލީޒްކުރާ ގޮތަށް އޮތް އެންމެ އަގު ބޮޑު ފިލްމު، "ބްރަހްމާސްތުރާ" އަށް ވެސް އެ ބިރުވެރިކަމާ ކުރިމަތިލާން ޖެހިފައި ވަނީ އެ ފިލްމުގެ ލީޑު އެކްޓަރު ރަންބީރު ކަޕޫރު މީގެ އެތައް އަހަރެއް ކުރިން ދެއްކި ވާހަކައަކާ ގުޅިގެންނެވެ.

އެ އިންޓަވިއުއަކީ މީގެ 11 އަހަރުކުރިން އިމްތިޔާޒު އަލީ ޑައިރެކްޓްކޮށް ނެރުނު ފިލްމު، "ރޮކްސްޓާ" ގެ ޕްރޮމޯޝަން އިވެންޓެއްގައި ރަންބީރު ދެއްކި ވާހަކަ އެކެވެ. ރަންބީރު އެ އިންޓަވިއުގައި އޭނާއަށް އެންމެ ކަމުދާ ކާނާތަކުގެ ވާހަކަ ދައްކަމުން ގެރި މަސް ވަރަށް ކަމުދާކަމަށް ބުނެ އެވެ.

ހިންދޫން ކަލެއްގެ ގޮތުގައި ދެކޭ ގެރީގެ މަސް ކެއުން ފަދަ ކަންކަމާ ދެކޮޅަށް އިންޑިއާގައި މިހާރު ވަރަށް ހަރުކަށިކަމާ އެކު މަސައްކަތްކުރެ އެވެ.

އެ ފިލްމު ބޮއިކޮޓްކުރަން ގޮވަމުން އަންނައިރު މީގެ ދުވަސްކޮޅެއް ކުރިން ރަންބީރުގެ އަނބިމީހާ އަދި އެކްޓްރެސް އާލިއާ ބަޓް ވަނީ އެމީހުންނާ ގުޅުވާ ދައްކާ ނެޕޮޓިޒަމްގެ ފާޑުކިޔުމަށް ވެސް ވަރުގަދަ ރައްދެއް ދީފަ އެވެ.

އާލިއާ ބުނެފައި ވަނީ އޭނާ ކަމުނުދާ ނަމަ، ފިލްމު ނުބެލުމަށެވެ.

ބްރަހްމަސްތުރާއަކީ މިއަހަރު ނެރޭ އެންމެ އަގު ބޮޑު އެއް ފިިލްމެވެ. ފިލްމުގެ މަސައްކަތް ނިންމުމަށް ވެސް ހަތަރު ވަރަކަށް އަހަރު ހޭދަވިއިރު އެ ފިލްމަކީ ވިޝުއަލް އިފެކްސްޓްގެ ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ފިލްމެކެވެ. މީގެ ކުރިން ބޮލީވުޑްގައި ވިޝުއަލް އިފެކްޓްސްގެ އެހާ ބުރަ މަސައްކަތެއް ފެނިފައެއް ނުވެ އެވެ.

ފިލްމު ރިލީޒްކުރާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު އެވެ.