Roadha Mihaaru
ގެރީގެ އުނދަގުލުން ސަލާމަތްވާން ގެރީގައި ބާކޯޑު ޖަހަނީ

ގެރީގެ އުނދަގުލުން ސަލާމަތްވާން ގެރީގައި ބާކޯޑު ޖަހަނީ

31 ޖެނުއަރީ 2019

އިންޑިއާގެ އާބާދީ އެންމެ ބޮޑު ސްޓޭޓްގައި ގެރީގެ އާބާދީ މާބޮޑަށް އިތުރުވެ، އެސޮރުމެންގެ ފަރާތުން ދަނޑުބިންތަކަށް ލިބޭ ގެއްލުން އިތުރުވުމުން، ގެރީގައި ބާކޯޑު ޖަހައި އެ އެއްޗެހި އުޅޭ ތަންތަން ދެނެގަތުމުގެ މަސައްކަތް ފަށައިފި އެވެ.

ހަރުކަށި ހިންދޫންގެ ވެރިކަމެއް އޮންނަ އުއްތަރަ ޕްރަދޭޝްގައި ވަނީ ގެރި ކަތިލާ ތަންތަން ބަންދުކޮށްފަ އެވެ. އެއާ އެކު ގެރީގެ އާބާދީ ވަރަށް ބޮޑަށް އިތުރުވެ މަގުމައްޗަށް ނިކުމެ އުޅޭ ގެރި ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެހެންވެ އެ ސްޓޭޓްގެ ސަރުކާރުން ކަމާބެހޭ އިދާރާތަކަށް މިހާރު އަންގާފައި ވަނީ ދަނޑުބިން ހުންނަ ހިސާބުތަކަށް ގެރި ދާ ނަމަ އެކަން ކުރިން ދެނެގަނެވޭނެ ގޮތަށް ބާކޯޑު ޖަހައި ޓްރެކް ކުރެވޭނެ ގޮތް ހަދާށެވެ. އަދި މީހުން ނޫޅޭ ފަޅު ގެތަކުން ގެރިއަށް ހިޔާވަހިކަން ދޭން ވެސް އަންގާފައިވެ އެވެ.

އުއްތަރަ ޕްރަދޭޝްގައި ގެރި ކަތިލުން 2017 ވަނަ އަހަރު މަނާކުރުމުން، ގެރި ގެންގުޅޭ މީހުން ވެސް އެއިން ކިރު ނުފެލޭ ހިސާބަށް ދިއުމުން ގެރިތަކަށް ކާންދޭން ދަތިވެ .އެސޮރުމެން ދޫކޮށްލަނީ އެވެ. އެހެންވެ ރަށުތެރެއަށް އެ އެއްޗެހި ގިނަވަނީ އެވެ.

މި މަހު ކުރީކޮޅު ދަނޑުވެރިންގެ ބަޔަކު ވަނީ ގެރިތަކެއް ސްކޫލެއްގެ ތެރެއަށް ވައްދައިފަ އެވެ. ނަތީޖާ އަކަށްވީ ކިޔަވަން ތިބި ދަރިވަރުން ކްލާހުން ނިކުމެ ބޭރުގައި ތިބެގެން ކިޔަވަން ޖެހުމެވެ.