Roadha Mihaaru
ކައިވެނި ކުރީ ކޮންމެ މަހަކު ޕިއްޒާ ކާން ދާ ގޮތަށް!

ކައިވެނީގެ އެއްބަސްވުމަކީ ކޮންމެ މަހަކު އެއްފަހަރު އެކުގައި ޕިއްޒާ ކާން ދިއުން!

18 ޖުލައި 2022

ކައިވެނި ކުރުމުގެ ކުރިން އެކީގައި އުޅޭ ދެ މީހުން ވާހަކަ ދައްކައި އެއްބަސްވާނެ ވަރަށް ގިނަ ކަންތައްތަކެއް ހުންނާނެ އެވެ. އެއްބައިމީހުން އެއްބަސް ވަނީ އާއިލާ އާއި ގޭގެ މަސައްކަތްތަކަށެވެ. އެކަމަކު އިންޑިއާގެ މި ދެމަފިރިން އެއްބަސްވީ ތަފާތު ކަމަކަށެވެ. ކޮންމެ މަހަކު އެކީގައި ޕިއްޒާ ކާން ދިއުމަށެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

ކައިވެނި ކުރުމުގެ ކުރިން އެކީގައި އުޅޭ ދެ މީހުން ވާހަކަ ދައްކައި އެއްބަސްވާނެ ވަރަށް ގިނަ ކަންތައްތަކެއް ހުންނާނެ އެވެ. އެއްބައިމީހުން އެއްބަސް ވަނީ އާއިލާ އާއި ގޭގެ މަސައްކަތްތަކަށެވެ. އެކަމަކު އިންޑިއާގެ މި ދެމަފިރިން އެއްބަސްވީ ތަފާތު ކަމަކަށެވެ. ކޮންމެ މަހަކު އެކީގައި ޕިއްޒާ ކާން ދިއުމަށެވެ.

އިންޑިއާގެ އެ ދެ ޒުވާނުން ކައިވެނި ކުރަން ތައްޔާރުވުމުގެ ކުރިން ދެ މީހުން ވަނީ މަޖަލަކަށް ހެދި އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގައި ސޮއިކުރާ މަންޒަރު ސޯޝަލް މީޑިއާ އަށް ދޫކޮށްލުމާއެކު، އެ ވާހަކަ ވައިރަލް ވި އެވެ.

އެ އެއްބަސްވުމުގައި ބުނަނީ ކޮންމެ މަހަކު އެއް ފަހަރު ދެ މީހުން އެކީގައި ޕިއްޒާ ކާށެވެ.

ދެމަފިރިން ޝާންތީ އާއި މިންޓޫ އެއްބަސްވުމަށް ސޮއިކޮށްފައިވަނީ ޕިއްޒާ ކާ މިންވަރު މަދު ކުރަން

ދެމަފިރިން ޝާންތީ އާއި މިންޓޫ އެއްބަސްވުމަށް ސޮއިކޮށްފައިވަނީ ޕިއްޒާ ކާ މިންވަރު މަދު ކުރަން

މިއީ ދެ މީހުން ޕިއްޒާ ކާ ވަރު މަދުކުރުމުގެ ގޮތުން ސޮއިކޮށްފައިވާ އެއްބަސްވުމެވެ. އެ އެއްބަސްވުމުގައި ސޮއިކުރި އަންހެން މީހާ، އުމުރުން 24 އަހަރުގެ ޝާންތީ ޕްރަސާދަކީ އޭނާގެ ރައްޓެހިން ބުނާގޮތުން ނަމަ "ޕިއްޒާ ފްރީކް" އެކެވެ. އަބަދުވެސް ދައްކާނީ ޕިއްޒާގެ ވާހަކަ އެވެ.

އުމުރުން 25 އަހަރުގެ ފިރިމީހާ މިންޓޫ ރާއި އަކީ ވެސް ޕިއްޒާ އަށް ވަރަށް ލޯބި ހުންނަ މީހެކެވެ. ދެ މީހުން އެންމެ ފުރަތަމަ ދިމާވީ މީގެ ފަސް އަހަރު ކުރިން ކޮލެޖުންނެވެ. ދެ މީހުން އެއް ބެޗެއްގައި އޭރު ކިޔަވަމުން ދިއުމުންނެވެ.

އެ ދެ މީހުންގެ ލޯބީގެ ވާހަކަ ފެށުނީ ކްލާސް ކަޓުވާލާފައި އެއް ދުވަހަކު ޕިއްޒާ ކާން ދިޔަ ހިސާބުންނެވެ. ނަމަވެސް މާ ގިނައިން ޕިއްޒާ ކެވޭތީ ދެ މީހުން މިހާރު އެއްބަސްވީ ކޮންމެ މަހަކު އެންމެ ފަހަރަކު ޕިއްޒާ ކާށެވެ.