Roadha Mihaaru
ހަމަލާދޭތީ އިންޑިއާގައި ހާލެއް ޕޮލިހަށް ހާޒިރުކޮށްފި

އިންޑިއާގައި ކުޑަކުއްޖަކަށް ހަމަލާދޭތީ ހާލެއް ޕޮލިހަށް ހާޒިރުކޮށްފި

05 ފެބުރުއަރީ 2019

އިންޑިއާގައި، ކުޑަ އަންހެން ކުއްޖަކަށް ހަމަލާ ދޭތީ، ފުލުހުންގެ މަރުކަޒަކަށް ހާލެއް ހާޒިރުކޮށްފި އެވެ.

އިންޑިއާގައި، ކުޑަ އަންހެން ކުއްޖަކަށް ހަމަލާ ދޭތީ، ފުލުހުންގެ މަރުކަޒަކަށް ހާލެއް ހާޒިރުކޮށްފި އެވެ.

ހުދު ހައު ފުލުހަށް ގެންދަން ޖެހުނީ އަވަށްޓެރިޔާގެ ހާލެއް ދަރިފުޅަށް ހަމަލާދޭ ކަމަށް ބުނެ މީހަކު ކުރި ޝަކުވާއަކާ ގުޅިގެންނެވެ. ހުށަހެޅި ޝަކުވާގައި ބުނެފައިވަނީ ދަރިފުޅަށް ހާލުގެ ފަރާތުން އެކި ފަހަރުމަތިން ހަމަލާ ދީފައިވާ ކަމަށާއި އެކަން ނުހުއްޓުނު ކަމަށެވެ. އެހެންވެ ހައު ހައްޔަރުކޮށްދޭން ވަނީ އެދިފަ އެވެ.

ހާލުގެ ވެރިންނަކީ ދެމަފިރިއެކެވެ. އެ ދެ މީހުން ބުނީ ހައު ހައްޔަރުކުރުމަށް ވުރެ އެ ދެ މީހުން ޖަލަށް ލުން ވެސް މާ ރަނގަޅު ކަމަށެވެ. އެއީ އެ ދެމަފިރިންގެ ދަރިއެއް ވެސް ނެތުމާ އެކު ދަރިއެއް ފަދައިން ގެންގުޅޭ ހާލެއް ކަމަށް ވާތީ އެވެ.

"އަހަރެން ބޭނުމެއް ނޫން ދަރިފުޅުގެ ގައިގައި އެ ހާލުގެ ސަބަބުން ދެން އިތުރަށް އެންމެ ކޫރެއް ވެސް އެޅޭކަށް،" މައްސަލަ ހުށަހެޅި މީހާ ބުނެފައިވެ އެވެ.

އެންމެ ފަހުން މައްސަލަ ހައްލުކޮށްފައިވަނީ ގޭގައި ބަންދުކޮށްގެން ހައު ގެންގުޅޭނެ ކަމަށް ދެމަފިރިން އެއްބަސްވުމުންނެވެ.