Roadha Mihaaru
50 ފޫޓް ވަޅަކަށް ވެއްޓުނު ކުއްޖަކު ސަލާމަތްވެއްޖެ

50 ފޫޓު ފުން ވަޅަކަށް ވެއްޓުނު ކުއްޖަކު ސަލާމަތްވެއްޖެ

29 މެއި 2019

އިންޑިއާގައި، 50 ފޫޓު ފުން ވަޅަކަށް ވެއްޓުނު ތިން އަހަރުގެ ކުއްޖަކު ސަލާމަތްކޮށްފި އެވެ.

މަރިޔަމް ޔަސްމާ މަރިޔަމް ޔަސްމާ

އިންޑިއާގައި، 50 ފޫޓު ފުން ވަޅަކަށް ވެއްޓުނު ތިން އަހަރުގެ ކުއްޖަކު ސަލާމަތްކޮށްފި އެވެ.

މަންމައާ އެކު ޕިކްނިކް ގޮސް އުޅެނިކޮށް ވަޅަށް ވެއްޓުނު ކުއްޖާ ސަލާމަތްކުރީ އާންމުންގެ ބަޔަކު ތިން ގަޑިއިރު ކުރި މަސައްކަތުންނެވެ. ކުއްޖާ ވަޅަށް ވެއްޓުނުކަން އެނގުނީ ވެސް އެ ކުއްޖާ ގެއްލިގެން ހޯދާތާ ތިން ގަޑިއިރު ފަހުން، ވަޅު ތެރެއިން އަޑު އިވިގެންނެވެ.

ކުއްޖާ ފެނުނީ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރި ފަހުންނެވެ. އޭގެ އިރުކޮޅެއް ފަހުން އެ ކުއްޖާ ވަޅުގައި އޮތްކަން އެނގި ސަލާމަތްކުރުމުގެ މަސައްކަތް ފެށީ އެވެ. ކުއްޖާ ނަގަށް، އުނަގަނޑުގައި ވަލެއް ޖަހައިގެން ފޭބި 25 އަހަރުގެ ޝަންކަރު ބުނެފައި ވަނީ އޭނާ އަށް ފަތަން ވެސް ނޭނގޭ ކަމަށާއި އެކަމަކު ކުއްޖާ ސަލާމަތްކުރަން ފޭބުން ނޫން ގޮތެއް ނެތް ކަމަށެވެ.

ޝަންކަރު ބުނި ގޮތުގައި ކުއްޖާ ވަޅު ތެރޭގައި އޮތީ ވަރަށް ބިރުންނެވެ. ކުއްޖާ އޮތީ ކިސަޑުން ތަތްތެޅިފައި ކަމަށާއި ނިތްކުރިން ތިން ތަނެއް ހަލާކުވެފައި އިން ކަމަށް ވެސް ބުންޏެވެ.