Roadha Mihaaru
ވޮލެޓު ފޭރިގަތް މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި

ވޮލެޓު ފޭރިގަތުމުން މީހަކު މަރުވި މައްސަލަ: ދެ މީހަކު ހައްޔަރުކޮށްފި

08 ޑިސެމްބަރ 2022

މާލޭގައި އުމުރުން 75 އަހަރުގެ މީހަކަށް ހަމަލާދީ، އޭނާގެ ވޮލެޓް ފޭރިގަތް މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގައި އުމުރުން 75 އަހަރުގެ މީހަކަށް ހަމަލާދީ، އޭނާގެ ވޮލެޓް ފޭރިގަތް މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އުމުރުން 34 އަހަރުގެ ފިރިހެނަކާއި 40 އަހަރުގެ އަންހެނަކު މާލެއިން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެ މީހުން 45 ދުވަހުގެ މުއްދަތަށް ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރުމުގެ އަމުރު ކްރިމިނަލް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ދަތުރުވަރެއްގައި މާލެ އައިސް އުޅުނު ތ. އޮމަދޫ، އަދުނާނު ހުސައިން، މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު 10 ޖަހާކަންހާއިރު މަގެއްގެ މަތިން ހިނގާފައި ދަނިކޮށް ބަޔަކު އޭނާއަށް ތޫނު އެއްޗަކުން ހަމަލާދީ އަތުގައި އޮތް ވޮލެޓް ފޭރިގަތީ އެވެ.

ފައިސާ ވެސް ހުރި އެ ވޮލެޓް އަތުލަން އެމީހުންގެ ފަހަތުން އޭނާ ދުވި ޒަހަމްތަކާ އެކު ކަމަށް ވެ އެވެ. އެކަމަކު އެމީހުން އަތެއް ނުވި އެވެ.

އެނގިފައިވާ ގޮތުގައި އޭނާ މަރުވީ ފޭރުނު މައްސަލަ ރިޕޯޓް ކުރަން މާފަންނު ޕޮލިސް ސްޓޭޝަނުގައި ހުއްޓަ އެވެ. އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އޭނާ މަރުވެފައިވާ ކަމަށް އެ ހޮސްލިޓަލުން ވެސް އިއްޔެ ބުނެފައި ވެ އެވެ.