11 ޑިސެމްބަރ 2022
ގައުމީ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗު ޕޯޗުގަލްގެ ސިމާއޯ ކޮސްޓާ އަށް 40،000 ޑޮލަރަށް ވުރެ ބޮޑު އަދަދެއް ދޭން ފީފާއިން އެފްއޭއެމް އަށް އަންގައިފި އެވެ.
ގައުމީ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗު ޕޯޗުގަލްގެ ސިމާއޯ ކޮސްޓާ އަށް 40،000 ޑޮލަރަށް ވުރެ ބޮޑު އަދަދެއް ދޭން ފީފާއިން އެފްއޭއެމް އަށް އަންގައިފި އެވެ.
ގައުމީ ޓީމުގެ ހެޑް ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މިދިޔަ ޑިސެމްބަރު މަހު ގައުމީ ޓީމުގައި މަސައްކަތް ކުރަން ފެށި ސިމާއޯ އަށް ޖެނުއަރީން ފެށިގެން އޭނާ ރާއްޖޭގައި މަސައްކަތް ކުރި ހަތް މަހުގައި މުސާރައިގެ އެއްވެސް މިންވަރެއް ނުދެ އެވެ.
ރާއްޖޭގެ ކޯޗު ކަމުގައި އޭނާ މަސައްކަތް ކުރި މުއްދަތުގައި ދޭން ޖެހޭ މުސާރައިގެން އެއް ވެސް މިންވަރެއް އޭނާ ދީފައި ނުވާ މައްސަލަ އޭނާ ފީފާ އަށް ވެއްދީ ސެޕްޓެމްބަރު މަހު އެވެ.
ރޭ "މިހާރު" އާ ވާހަކަ ދައްކަމުން ސިމާއޯ ބުނީ އޭނާ އާ އެކޮޅަށް މައްސަލަ ނިންމިކަން އޭނާގެ ވަކީލުގެ ފަރާތުން އެނގިފައިވާ ކަމަށެވެ. އެފްއޭއެމުން އޭނާ އަށް ދޭން ޖެހެނީ ސީދާ ކިހާ ފައިސާއެއް ކަމެއް އޭނާ ނުބުނެއެވެ.
"އަހަންނަކަށް ނުބުނެވޭނެ ކިހާ ފައިސާއެއް ކަމެއް. އެއީ މައްސަލަ ނިންމި މަރުހަލާގައި އެ މައުލޫމާތުތައް ހިއްސާ ނުކުރަން ވަނީ އަންގާފައި،" އިޓަލީގެ ލެކްސީ އަށް ކުޅުނު ކުރީގެ މިޑްފީލްޑަރު ބުންޏެވެ.
އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި އޭނާ އަށް 40،000 ޑޮލަރަށް ވުރެ ބޮޑު އަދަދެއް ދައްކަން އެފްއޭއެމް ޖެހެ އެވެ. އެ ފައިސާ 45 ދުވަހުގެ ތެރޭގައި އެފްއޭއެމުން ދައްކަން ޖެހޭނެ އެވެ.
ކުރީގެ ކޯޗުންނަށް ބޮޑެތި އަދަދުތަކުން ފައިސާ ދިނުމަށް އެފްއޭއެމް އަށް ފީފާގެ ފުޓްބޯލް ޗެމްބާސްއިން ވަނީ މީގެ ކުރިން އަންގައިފަ އެވެ. ކުރީގެ ކޯޗު މާޓިން ކޫޕްމަން އާއި އޭނާގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރި ރެނޭ ހިޑިންކް އަށް ވެސް ބަދަލު ދޭން އެފްއޭއެމް އަށް އެންގި އެވެ. އެގޮތުން ހިޑިންކް އަށް އެކަނި ވެސް 187,375 ޑޮލަރު (2.9 މިލިއަން ރުފިޔާ) ދޭން ފީފާގެ ޓްރިބިއުނަލްއިން އެފްއޭއެމަށް އެންގި އެވެ.
ކޫޕްމަން އަށް ވެސް އެވަރުގެ އަދަދެއް ދެއްކުމަށް ވެސް ފީފާއިން އެންގި އެވެ. ގައުމީ އަންހެން ޓީމަށް ހަމަޖެއްސި ސާބިއާގެ ޑޭވޯ ބާބާ އަށް ހަ ލައްކައެއް ހާ ރުފިޔާ ދޭން ފީފާއިން ވަނީ އެފްއޭއެމް އަށް އަންގައިފަ އެވެ.
މެޗުގެ ޕްރޮމޯޝަނެއް ނެތް، އެފްއޭއެމް އަތްއުރާލައިގެން
މަހިބަދޫގައި ޕެލޭ ސްޓޭޑިއަމް ހުޅުވައިފި
ސިމާއޯ އަށް ދޭން ޖެހޭ ފައިސާ އެފްއޭއެމުން ދައްކައިފި
ކުރިން ރެނޭ، ކޫޕްމަން؛ މިފަހަރު ސިމާއޯގެ ކަންބޮޑުވުން
ކޫޕްމަން ވަކިކުރީ ގޯސްކޮށް، ބަދަލުދޭން އަންގައިފި
އެފްއޭއެމްގެ މައްސަލަ ކޫޕްމަން ފީފާއަށް ހުށަހަޅައިފި
ރެނޭއަށް 2.9 މިލިއަން ރުފިޔާ ދައްކަން އަންގައިފި
ދިވެހި ފުޓްބޯޅަ އަށް ފީފާގެ އެހީ ކިހާ މުހިއްމު؟
ރޭންކިންގައި ރާއްޖެ އަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް
ރާއްޖެއަށް އެހީވާނެކަމުގެ ޔަގީންކަން އިންފަންޓީނޯ ދީފި