ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު މާޓިން ކޫޕްމަންގެ ކޮންޓްރެކްޓް އުސޫލާ ހިލާފަށް ބާތިލްކުރިކަމަށް ބުނެ އޭނާ އަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އޭނާގެ ފަރާތުން ފީފާ އަށް މައްސަލަ ހުށަހަޅައިފި އެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު މާޓިން ކޫޕްމަންގެ ކޮންޓްރެކްޓް އުސޫލާ ހިލާފަށް ބާތިލްކުރިކަމަށް ބުނެ އޭނާ އަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އޭނާގެ ފަރާތުން ފީފާ އަށް މައްސަލަ ހުށަހަޅައިފި އެވެ.
ރާއްޖޭގެ ކޯޗު ކަމުގައި ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައި ވަނިކޮށް، ކޯޗު ކަމުން ކޫޕްމަން ވަކި ކުރީ މިދިޔަ އަހަރު އޯގަސްޓް މަހު އެވެ.
ކޫޕްމަން މިއަދު "މިހާރު" އަށް ބުނީ އޭނާގެ ކޮންޓްރެކްޓް ބާތިލުކުރީ އުސޫލާ ހިލާފަށްކަމަށް ދެކޭތީ އެމައްސަލައިގައި އިންސާފް ހޯދުމަށް ފީފަށް ހުށަހަޅައިފައިވާނެ ކަމަށެވެ.
"އަހަރެން އުންމީދު ކުރަނީ ފީފާއިން މައްސަލައިގެން ކުރިއަށްދާނެކަން ދެތިން ދުވަސްތެރޭ އަންގާނެ ކަމަށް،" ކެރީބިއަން ސަރަހައްދުގެ ޖަޒީރާ ގައުމެއް ކަމަށްވާ އަރޫބާގައި ދިރިއުޅޭ ކޫޕްމަން ބުންޏެވެ.
އޭނާ ބުނީ ރައްޖެއާ މެދު އޭނާ އަބަދު ވެސް ޝައުގުވެރިވާ ކަމަށާއި ރާއްޖޭގެ ކޯޗުކަމުގައި މަސައްކަތްކުރީ ވަރަށް ލޯބިން ޝައުގުވެރި ކަމާއެކު ކަމަށެވެ.
"އެކަމަކު އަހަރެން ވަރަށް ދެރަވޭ ރާއްޖެއާއެކު އަހަރެން ދާން ބޭނުންވި ޓާގެޓަށް ވާސިލުވާން ފުރުސަތު ނުލިބުނީމަ،" އޭނާ ބުންޏެވެ.
ފީފާ އަށް މައްސަލަ ހުށަހެޅިކަން ހާމަކޮށް ކޫޕްމަން ސޯޝަލް މީޑީއާގައި ލިޔެފައި ވަނީ އޭނާ ވަޒީފާއިން ވަކިކުރީ ނާޖާއިޒުގޮތުގައި ކަމަށާއި އަދި އޭނާ އަށް ލިބުނު މާލީ ގެއްލުންތަކަށް ބަދަލު ހޯދައިދިނުމަށް ފީފާ އަށް ހުށަހަޅައިފައިވާ ކަމަށެވެ.
"ކޮވިޑްގެ އުނދަގޫ ދުވަސްވަރުގައި ގައުމީ ޓީމާއެކު ކުރި ބުރަ މަސައްކަތަށް ފަހު އާއިލާއާ އެކު އުޅެމުންދަނިކޮށް އަހަންނަށް އަންގާފައި ވަނީ އަހަންނާއެކު ހެދި ކޮންޓްރެކްޓް އުވާލާފައިވާކަމަށް. އެއީ އަހަރެން އެއްގޮތަކަށް ވެސް ހީކޮށްގެން ހުރި ގޮތެއް ނޫން. އެގޮތަށް ނިންމުމުން އަހަންނަކަށް އެކަން ގަބޫލެއް ނުކުރެވުނު،" ކޫޕްމަން ސޯޝަލް މީޑިއާގައި ލިޔެފައި ވެއެވެ.
ކޫޕްމަން އާއި ބައްސާމް އަދި ރެނޭ ހިޑިންކް: މި ދެކޯޗުންގެ ކޮންޓްރެކްޓް ބާތިލުކުރީ ވެސް ގަވާއިދާ ހިލާފަށްކަމަށް އެކޯޗުން ބުނޭ --- ފައިލް ފޮޓޯ: މިހާރު
"ނާޖާއިޒު ގޮތުގައި ވަޒީފާއިން ވަކިކުރި އަދި މާލީ ގޮތުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުން އަހަރެން މިހުށަހެޅީ. މީގެއިން ދައްކުވައިދޭ މިސާލަކީ މި ގައުމުތަކުން ހަމަ ބޭނުންވާ ގޮތަށް ކަންކަން ނުކުރެވޭނެކަން."
ރާއްޖޭގެ ކޯޗުކަމުގައި 18 މަސް ހޭދަކުރިނަމަވެސް އޭނާގެ ކޯޗުކަމުގެ ދަށުން ރާއްޖެއިން ކުޅުނީ ތިން މެޗެވެ. އެއީ ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާ، ސީރިއާ އަދި ފިލިޕީންސާ ދެކޮޅަށެވެ. އޭނާ ވަނީ ފިލިޕީންސް އަތުން ޕޮއިންޓެއް ހޯދާފަ އެވެ.
ޔުނައިޓެޑް އެރަބް އެމިރޭޓްސްގައި ކުޅުނު ކޮލިފައިންގެ ފަހު ތިން މެޗަށް ރާއްޖޭގެ ޓީމު ފުރީ މާލޭގައި އެއްވެސް ޕްރެކްޓިހެއް ނުކޮށެވެ. ކޮވިޑް-19 އާ ގުޅިގެން އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުން ޓީމު ޕްރެކްޓިސް ކުރާނެ ދަނޑެއް ނުލިބިގެން ޓްރޭނިންތައް ކުރިއަށްގެންދިޔައީ ހޮޓެލް ޖެންގެ ބޯލް ރޫމްގަ އެވެ.
ކޫޕްމަން އަށް ޓާގެޓެއްގެ ގޮތުގައި ދީފައި ވަނީ އަންނަ އަހަރު ޗައިނާގައި ބާއްވާ އޭޝިއަން ކަޕަށް ކޮލިފައި ވުމެވެ. އޭނާގެ ކޮންޓްރެކްޓް ބާތިލު ކުރުމުން، ގައުމީ ޓީމުގެ އިންޓަރިމް ކޯޗުގެ ގޮތުގައި މިދިޔަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމަށް ކޯޗުކޮށް ދިނީ އެސިސްޓެންޓް ކޯޗު އަލީ ސުޒޭން އެވެ.
ކޫޕްމަންގެ ކުރީގެ އެސިސްޓެންޓް ކޯޗު، ރެނޭ ހިޑިންކްގެ ކޮންޓްރެކްޓް ގަވާއިދާ ހިލާފަށް ބާތިލު ކުރުމުން ފީފާގެ ފުޓްބޯލް ޓްރައިބިއުނަލްއިން މައްސަލަ ބެލުމަށް ފަހު އެފްއޭއެމް އަށް އަންގާފައިވަނީ ބަދަލުގެ ގޮތުގައި އޭނާ އަށް 187,375 ޑޮލަރު (2.9 މިލިއަން ރުފިޔާ) ދިނުމަށެވެ.
އެ ފައިސާ 45 ދުވަހުގެ ތެރޭގައި ނުދައްކައިފި ނަމަ ފީފާ އިން އެފްއޭއެމަށް ދޭން ޖެހޭ ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން ޕަސަންޓެއް އުނިކުރާނެ އެވެ. އެއީ އެ ފައިސާ އިން ރެނޭ އަށް ބަދަލު ދިނުމުގެ ގޮތުންނެވެ.
ކޫޕްމަން ވަކިކުރީ ގޯސްކޮށް، ބަދަލުދޭން އަންގައިފި
މެޗުގެ ޕްރޮމޯޝަނެއް ނެތް، އެފްއޭއެމް އަތްއުރާލައިގެން
މަހިބަދޫގައި ޕެލޭ ސްޓޭޑިއަމް ހުޅުވައިފި
ސިމާއޯ އަށް ދޭން ޖެހޭ ފައިސާ އެފްއޭއެމުން ދައްކައިފި
ސިމާއޯއަށް 40000 ޑޮލަރު ދޭން އެފްއޭއެމަށް ޖެހިއްޖެ
ކުރިން ރެނޭ، ކޫޕްމަން؛ މިފަހަރު ސިމާއޯގެ ކަންބޮޑުވުން
ރެނޭއަށް 2.9 މިލިއަން ރުފިޔާ ދައްކަން އަންގައިފި
ކޫޕްމަންއަށް މަގާމު ގެއްލިދާނެކަމުގެ ބިރު
ދިވެހި ފުޓްބޯޅަ އަށް ފީފާގެ އެހީ ކިހާ މުހިއްމު؟
ރޭންކިންގައި ރާއްޖެ އަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް