Roadha Mihaaru
ސްޓެލްކޯއިން ޑޮލަރު ގަންނަންދިން ފައިސާ ވެސް ގެއްލިއްޖެ

ސްޓެލްކޯއިން 200،000 ޑޮލަރު ގަންނަން ދިން ފައިސާ ވެސް "ގެއްލިއްޖެ"

15 ޖެނުއަރީ 2017

ފެނަކަ ކޯޕަރޭޝަނަށް ދޫކުރި އެއް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 17 މިލިއަން ރުފިޔާ) ގެ ޗެކްތަކެއް ދޫކުރި ލޯންޗް ކުންފުނިން ސްޓެލްކޯ އަށް ވެސް ދެ ލައްކަ ޑޮލަރު ވިއްކާނެ ކަމަށް ބުނެ ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ނެގި މައްސަލައެއް ޝަރީއަތަށް ފޮނުވައިފި އެވެ.

ފެނަކަ ކޯޕަރޭޝަނަށް ދޫކުރި އެއް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 17 މިލިއަން ރުފިޔާ) ގެ ޗެކްތަކެއް ދޫކުރި ލޯންޗް ކުންފުނިން ސްޓެލްކޯ އަށް ވެސް ދެ ލައްކަ ޑޮލަރު ވިއްކާނެ ކަމަށް ބުނެ ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ނެގި މައްސަލައެއް ޝަރީއަތަށް ފޮނުވައިފި އެވެ.

ދިވެހި ރުފިޔާގެ ބަދަލުގައި ޑޮލަރު ދޭނެ ކަމަށް ބުނެ ސްޓެލްކޯ އަށް ޗެކް ދޫކޮށްފައި ވަނީ ޝަރޫ ލޯންޗް ސާވިސް ކިޔާ ކުންފުންޏަކުންނެވެ. މިއީ ފެނަކަ އަށް ވެސް ޗެކް ދޫކުރި ކުންފުނިކަން ވަނީ "މިހާރު" އަށް އެނގިފަ އެވެ.

ސްޓެލްކޯ އިން ސިިވިލް ކޯޓަށް ހުށަހަޅާފައިވާ ދައުވާގައި ބުނެފައި ވަނީ 200،000 ޑޮލަރު ގަންނަން ސްޓެލްކޯ އިން ޝަރޫ ލޯންޗް ސާވިސް އަށް ދިން 3،084،000ރ. ގެ ބަދަލުގައި ދޫކުރި ޑޮލަރު ޗެކް ބައުންސް ވެފައިވާ ކަމަށެވެ. އަދި ޑޮލަރު ގަންނަން ދިން ފައިސާ ވެސް އަނބުރާ ލިބިފައި ނުވާ ކަމަށް ދައުވާގައި ބުނެ އެވެ.

ސްޓެލްކޯއިން ދައުވާކޮށްފައި ވަނީ ޑޮލަރު ގަންނަން ދިން ހުރިހާ ފައިސާ އެއްފަހަރާ ނަގައިދިނުމަށް އެދި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މި މައްސަލަ ކޯޓަށް ބަލައިގަތީ ނޮވެމްބަރު 9، 2016ގަ އެވެ. މި މައްސަލަ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލޫޝަން ޑިވިޝަނުގައި ކުރިއަށް ގެންގޮސް، ދެ ކުންފުނިން ވާހަކަ ދައްކައިގެން ހައްލު ނުވުމުން މިހާރު ވަނީ ޝަރީއަތަށް ފޮނުވާފައި ކަމަށް ސިވިލް ކޯޓުން ބުންޏެވެ. ޑިސްޕިއުޓް ޑިވިޝަނުން ޝަރީއަތަށް މި މައްސަލަ ފޮނުވީ ޑިސެމްބަރު 26، 2016ގަ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މި މައްސަލަ ކޯޓާ ހިސާބަށް ދިޔައީ ފައިސާ ހޯދަން ސްޓެލްކޯ އިން ކޯޓުން ބޭރުގައި ކުރި މަސައްކަތް ވެސް ނާކާމިޔާބުވުމުންނެވެ.

ފެނަކަ އަށް ދޫކުރި އެއް މިލިއަން ޑޮލަރުގެ ޗެކްތަކުގެ މައްސަލާގައި ޝަރޫ ލޯންޗް ސެކްޝަންގެ އިސް މީހަކާއި މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) ކުރީގެ މުވައްޒަފަކު ވެސް ހައްޔަރުކުރި އެވެ. އެކަމަކު އެ ދެ މީހުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

ފެނަކަ އަށް ދޫކުރި ޗެކްގައި ގެރެންޓީގެ ގޮތުގައި ޗެކްތަކުގެ ނުފުށުގައި ސްޓޭމްޕެއްގެ ގޮތުގައި ޖަހާފައި ވަނީ އެމްސީބީގެ ތައްގަނޑެވެ.