Roadha Mihaaru
ކްރޮސްރޯޑްގެ ލައުންޖް އޭރިއާ މާލެ އާޓް ގެލެރީގައި

ޓިކެޓިން ކައުންޓަރު ބަދަލުކޮށް، ކްރޮސްރޯޑްސްގެ ލައުންޖް އޭރިއާ މާލެ އާޓް ގެލެރީގައި ހުޅުވައިފި

27 ޑިސެމްބަރ 2022

ކްރޮސްރޯޑްސްގެ ލައުންޖް އޭރިއާ، ބޮޑުތަކުރުފާނުމަގުގައި ހުންނަ މާލެ އާޓް ގެލެރީގައި ހުޅުވައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ކްރޮސްރޯޑްސްގެ ލައުންޖް އޭރިއާ، ބޮޑުތަކުރުފާނުމަގުގައި ހުންނަ މާލެ އާޓް ގެލެރީގައި ހުޅުވައިފި އެވެ.

އެ ތަނުގައި ލައުންޖު އޭރިއާ ހުޅުވީ ދެ ތަނުގެ ދެމެދުގައިވި ކޮލަބަރޭޝަނެއްގެ ދަށުންނެވެ. އެ ލައުންޖު އޭރިއާއަށް މަސްވެރިންގެ ޕާކު ސަރަހައްދުގައި ހުރި ކްރޮސްރޯޑްސްގެ ޓިކެޓިން ކައުންޓަރު ވެސް ވަނީ ބަދަލުކޮށްފަ އެވެ.

ޔޫތު މިނިސްޓަރު މަހުލޫފާ އެކު ކްރޮސްރޯޑްސްގެ އިސްވެރިން ލައުންޖް އޭރިއާ ހުޅުއްވައިދެއްވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ޔޫތު މިނިސްޓަރު މަހުލޫފާ އެކު ކްރޮސްރޯޑްސްގެ އިސްވެރިން ލައުންޖް އޭރިއާ ހުޅުއްވައިދެއްވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ކްރޮސްރޯޑްސްގެ ލައުންޖު އޭރިއާ މާލެ އާޓް ގެލެރީގައި ރަސްމީކޮށް ހުޅުއްވައިދެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އާއި ކްރޮސްރޯޑްސްގެ މެނޭޖިން ޑިރެކްޓަރު ޓޮލްގާ އުނާމް އެވެ.

ކްރޮސްރޯޑްސްގެ މެނޭޖިން ޑިރެކްޓަރު ޓޮލްގާ އުނާމް ވިދާޅުވި ގޮތުގައި އެ ތަނުގެ ލައުންޖް އޭރިއާ ގެލެރީއެއްގައި ހުޅުވަން ނިންމީ ލޯކަލް އާޓިސްޓުންގެ މަސައްކަތްތަކަށް އިތުރު އެކްސްޕޯޝާއެއް ދިނުމަށް ކަމަށެވެ. އަދި ގިނަ އާޓިސްޓުންތަކަކަށް އެ ތަނުގެ ސަބަބުން ފަހި ފުރުސަތުތަކެއް ލިބިގެން ދާނެ ކަމަށާއި، ލޯކަލް އެކި އާޓިސްޓުންނަށް ފުރުސަތުތައް ފަހި ކޮށްދިނުމަކީ އެ ރިސޯޓުން އިސްކަމެއް ދެމުން އަންނަ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

މާލެ އާޓް ގެލެރީގެ އެތެރެ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

މާލެ އާޓް ގެލެރީގެ އެތެރެ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ކްރޮސްރޯޑްސް އާއި މާލެ އާޓް ގެލެރީގެ ކޮލަބަރޭޝަނުގެ ދަށުން މާލެ އާޓް ގެލެރީގައި އެގްޒިބިޓު ކުރާ އާޓް ޕީސްތައް ކްރޮސްރޯޑްގައި ހުންނަ އާޓު ގެލެރީގައި އެގްޒިބިޓުކުރުމުގެ ފުރުސަތު ވެސް އާޓިސްޓުންނަށް ލިބޭނެ އެވެ.

ކްރޮސްރޯޑްސްގެ ލައުންޖް އޭރިއާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ އެކި ކުންފުނިތަކުގެ އިސްވެރިން ވަނީ ބައިވެރިވަޑައިގެންފަ އެވެ.