Roadha Mihaaru
ހާފް މެރަތަންގެ ރެކޯޑް ޝަމްހާ އަނެއްކާވެސް މުގުރާލައިފި

ހާފް މެރަތަންގެ ގައުމީ ރެކޯޑް ޝަމްހާ އަނެއްކާ ވެސް މުގުރާލައިފި

20 ޖެނުއަރީ 2023

ބަންގްލަދޭޝްގައި މިއަދު ބޭއްވި ބަންގުބަންދު މެރަތަންގެ، ހާފް މެރަތަން ކެޓަގަރީގައި ވާދަކޮށް ހާފް މެރަތަންގެ ގައުމީ ރެކޯޑް ޝަމްހާ އަހުމަދު އަނެއްކާވެސް މުގުރާލައިފި އެވެ.

ބަންގްލަދޭޝްގައި މިއަދު ބޭއްވި ބަންގުބަންދު މެރަތަންގެ، ހާފް މެރަތަން ކެޓަގަރީގައި ވާދަކޮށް ހާފް މެރަތަންގެ ގައުމީ ރެކޯޑް ޝަމްހާ އަހުމަދު އަނެއްކާވެސް މުގުރާލައިފި އެވެ.

ހާފް މެރަތަންގެ ރެކޯޑް އެންމެ ފަހުން ވެސް ހެދީ ޝަމްހާ އެވެ. ސެޕްޓެމްބަރު މަހު ނޯވޭގެ އޮސްލޯ މެރަތަންގައި ވާދަކޮށް ޝަމްހާ ހެދި ރެކޯޑް މިއަދު ޑާކާގައި އޭނާ މުގުރާލީ 1 ގަޑިއރާއި 26 މިނެޓާއި 41 ސިކުތުން ނިންމައިގެންނެވެ.

މިދިޔަ ސެޕްޓެމްބަރު 17 ވަނަ ދުވަހު އޮސްލޯގައި ހާފް މެރަތަންގެ ރެކޯޑް ޝަމްހާ ހެދީ 1 ގަޑި 27 މިނެޓާއި 51 ސިކުންތުމް ރޭސް ނިންމައިގެންނެވެ. އޭރު އެ ރެކޯޑް އޮންނާނީ ދިގު ދުވުންތަކަށް ހާއްސަ މަޝްހޫރު ފިޓްނަސް ޓްރޭނަރު މަރްޔަމް އަބްދުލް ކަރީމް (މަރީ) އަތުގަ އެވެ. މަރީ އެ ރެކޯޑް ހެދީ މިދިޔަ އަހަރު ފެބްރުއަރީ މަހު ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ރަކް އަލް ހައމާ ހާފް މެރަތަންގައި 1 ގަޑިއިރާއި 39 މިނެޓް 46 ސިކުންތުން ނިންމައިގެންނެވެ.

މިއަދު ބަންގްބަންދު މެރަތަންގައި މަރީ ވަނީ ފުލް މެރަތަންގައި ވާދަކޮށް 3 ގަޑިރާއި 22 މިނެޓް 51 ސިކުންތުން ނިންމައިފަ އެވެ.

ޑިސްޓެންސް ރޭސްތަކުގައި ކުރިއަރަމުން އަންނަ އެތުލީޓް ޔޫސފް ވެސް ވާދަ ކުރީ ހާފް މެތަން ކެޓަގަރީގަ އެވެ. މިއަދު އޭނާ ރޭސް ނިންމީ 1 ގަޑިއިރާއު 12 މިނެޓް 11 ސިކުންތުންނެވެ.

ބަންގްބަންދު މެރަތަންގައި ވާދަ ކުރި ދުވުންތެރިންނާއެކު ޓީމުގެ ކޯޗު ނަސްރު:

ބަންގްބަންދު މެރަތަންގައި ވާދަ ކުރި ދުވުންތެރިންނާއެކު ޓީމުގެ ކޯޗު ނަސްރު:

ފުލް މެރަތަންގައި ވާދަކުރި އަނެއް އތުލީޓަކީ، ފަވާޒު މުހައްމަދެވެ. މުޅިން އަލަށް މެރަތަންއެއްގައި ވާދަ ކުރި ފަވާޒް ވަނީ ތިން ގަޑިރަށް ވުރެ އަވަހަށް މެރަތަން ނިންމައިފަ އެވެ. ރާއްޖޭގެ މެރަތަން ދުވާ މީހުންގެ ތެރެއިން ފުރަތަމަ މެރަތަން ތިން ގަޑިއިރަށް ވުރެ އަވަހަށް ނިންމިފައި ވަނީ މަދު ދުވުންތެރިންނަކަށެވެ. މިއައު ފަވާޒް މެރަތަން ނިންމީ 2 ގަޑިއރާއި 50 މިނެޓް 33 ސިކުންތުންނެވެ.

ޓީމުގެ ކޯޗަކަށް ދިޔަ، ތަޖުރިބާކާރު މެރަތަން ދުވުންތެރިޔާ ނަސްރުﷲ އަހުމަދު ބުނީ ވާދަކުރި ދުވުންތެރިންގެ ކުރިއެރުމާ މެދު ހިތްހަމަޖެހޭ ކަމަށެވެ.

"ކޮންމެ ދުވުންތެރިޔަކު ވެސް ވަނީ މީގެ ކުރިން ދުވި ވަރަށް ވުރެ ރަނގަޅު ޓައިމިންތަކުގައި ރޭސް ނިންމާފަ. އެއީ ހިތްހަމަޖެހުމެއް،" ނަސްރު ބުންޏެވެ.