ކުޑަގިރި ޕިކްނިކް އައިލެންޑާ ބެހޭ ގޮތުން ދައްކަވާނެ ވާހަކައެއް ނެތް ކަމަށާއި ވިލިމާލެ ބްރިޖާއި ބޯހިޔާވަހިކަމާއި ދަތުރުފަތުރާއި ހުރިހާ ކަމެއް ވެސް "އަންނާނެ" ކަމަށް ވިދާޅުވެ، ފާޑުކިޔުންތަކަށް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ނުސީދާކޮށް ރައްދު ދެއްވައިފި އެވެ.
ކުޑަގިރި ޕިކްނިކް އައިލެންޑާ ބެހޭ ގޮތުން ދައްކަވާނެ ވާހަކައެއް ނެތް ކަމަށާއި ވިލިމާލެ ބްރިޖާއި ބޯހިޔާވަހިކަމާއި ދަތުރުފަތުރާއި ހުރިހާ ކަމެއް ވެސް "އަންނާނެ" ކަމަށް ވިދާޅުވެ، ފާޑުކިޔުންތަކަށް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ނުސީދާކޮށް ރައްދު ދެއްވައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ، މާލޭގައި އުޅޭ މީހުން ދަތުރު ދާނެ ރަށެއް ހެދުމުގެ ވައުދު ފުއްދައި އެ ރަށް ހުޅުވުމުގެ ރަސްމިއްޔާތުގައި އަސްލަމް ވާހަކަ ދެއްކެވުމަށް ދެއްވި ފުރުސަތުގައި ވިދާޅުވީ، ކުޑަގިރިއާ ބެހޭ ގޮތުން އެހެން ބޭފުޅުން ވާހަކަ ދައްކަވައިފި ކަމަށާއި އެހެންނެ އޭނާ ދައްކަވާނެ ވާހަކައެއް ނެތް ކަމަށެވެ.
"ކުޑަގިރިއާ ގުޅޭ ގޮތުން އަޅުގަނޑަކަށް ހިއެއް ނުވޭ އަޅުގަނޑު ދައްކާނެ އެއްވެސް ވާހަކައެއް ދެން އޮތްހެނެއް. ވީޑިއޯއިން ފެނިއްޖެ، ރައީސް [އިބްރާހިމް މުހައްމަދު ސޯލިހް] ވިދާޅުވެދެއްވައިފި، ވީޕީ [ފައިސަލް ނަސީމް] ވިދާޅުވެދެއްވައިފި، [އެޗްޑީސީގެ އެމްޑީ] އާތިފް ވިދާޅުވެދެއްވައިފި. އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ ރައީސްގެ ވައުދު، މާލޭ ރައްޔިތުންނަށްވި މުހިންމު އެއް ވައުދު ފުދިއްޖެއޭ. މިއަދު ފުދިއްޖެ،" އަސްލަމް ވިދާޅުވި އެވެ.
މިދިޔަ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ސަރުކާރުގެ މަޝްރޫއުތައް ލަސްކަމަށާއި ހުރިހާ ކަމެއް ވެސް ހުރީ "އަންނާނެ" އެއްގައި ކަމަށް ސިފަކުރައްވައި ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވެ އެވެ.
ރައީސް ކާމިޔާބުކުރެއްވި ޕްރައިމަރީ ތެރޭގައި މަލާމާތެއްގެ ގޮތުގައި އަމާޒުކުރި "އަންނާނެ" ބަސް ތަކުރާރުކުރައްވައި އަސްލަމް ވިދާޅުވީ ހުރިހާ އެއްޗެއް ވެސް "އަންނާނެ" ކަމަށެވެ.
"މިއީ ގެއްލިފައި އޮތް ބޮޑު އެއްޗެއް އަނބުރާ ލިބޭ ދުވަހެއް. އަދި ބްރިޖު ވެސް އަންނާނެ. އަންނާނެ އިނގޭތޯ. ބޯހިޔާވަހިކަން ވެސް އަންނާނެ. ދަތުރުފަތުރު ވެސް އަންނާނެ. އަންނާނެ، އަންނާނެ، މި ހުރިހާ އެއްޗެެއް އަންނާނެ،" ސަމާސާ ރާގުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވި އެވެ.
"ދެން މި ވައުދުގައި އިތުރަށް ފެހިކަން ވެސް އަންނާނެ، ރީތިކަން ވެސް އަންނާނެ، މީހުން އައުން އިތުރު ވެސް ވާނެ، މީހުން މަޖާ ވެސް ކުރާނެ، އުފާ ވެސް ކުރާނެ، ކައިވެނިތައް ވެސް ހިނގާނެ. އެ ހުރިހާ ކަމެއް ހިނގާނެ."
އަސްލަމް ވިދާޅުވީ ސަރުކާރަށް ހަތަރު އަހަރު ވެގެން ފަސް ވަނަ އަހަރަށް ދާއިރު، ކޮވިޑްގެ ދެ އަހަރާ ވެސް އެކުގައި މިދިޔަ ދުވަސްތަކުގައި ފެންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިވެހިންނަށް ވީ ވައުދުތައް ފުއްދަވައި ނިންމަމުން ގެންދާ ތަން ކަމަށެވެ.
"އެއީ އެއްވެސް ބަޔަކު ބާކީ ނުކޮށް. އެއީ ކުޑަ ރަށެއް، ބޮޑު ރަށެއް، އެ އަތޮޅެއް މި އަތޮޅެއް، މާލެއެއް، އަތޮޅުތެރެއެއް ތަފާތުކުރުމެއް ނެތި. މިއީ މާލޭ މީހުންނަށް ވީ އެއް ވައުދު. މިއަދު މި އޮތީ އެ ވައުދު ފުދިފައި،" އެންމެ ހަތަރު ވަރަކަށް މިނެޓްގެ ވާހަކާގައި އަސްލަމް ވިދާޅުވި އެވެ.
އެމްޓީސީސީ ހަވާލުކޮށްގެން ހިއްކައި އެޗްޑީސީގެ ބެލުމުގެ ދަށުން ތަރައްގީކޮށް މިއަދު ހުޅުވި ކުޑަގިރި އަކީ ދަތުރުދާ މީހުންނަށް ބޭނުންވާނެ ހުރިހާ ވަސީލަތާ އެކު ހަދާފައިވާ ތަނެކެވެ. ހަފްތާ ބަންދުގައި ދިވެހިންނަށް ހިލޭ ދެވޭ އެ ރަށަށް ބުކިން ހެދުމަށް އިއްޔެ ހުޅުވާލިތާ އެއް ގަޑިއިރު ތެރޭގައި ވަނީ ފުރަތަމަ ދޫކުރަން ނިންމި 300 ޖާގަ ފުލްވެފަ އެވެ. އެއީ އެއްފަހަރާ 500-600 މީހުންނަށް ބޭނުންކުރެވޭ ގޮތަށް އިންތިޒާމްތައް ހަމަޖައްސާފައިވާ ތަނެކެވެ.
ކޮމިޓީއަށް އަސްލަމް ހާޒިރުނުކުރުމުން ކަންބޮޑުވުން
އަނދުން ހުސައިންގެ ނުރުހުން އެމްޑީޕީގެ ސަރުކާރަށް!
"ލިސްޓުގައި ބިދޭސީ މީހާގެ ނަން އޮތީ އޮޅުމަކުން"
ރަނގަޅު ނޫނަސް ސިޔާސީ ލީޑަރުން ބޭނުމީ ހިލޭ ގޯތި ދޭން
އަސްލަމް ވިދާޅުވީ، ބްރިޖުގެ މަސައްކަތް ލަސްކަމަށް!
"ގޯތި ފޯމުތަކުގެ އިވެލުއޭޝަން ޖޫން ކުރީކޮޅު ނިމޭނެ"
"ސަރުކާރުން ހައުސިން ޕްރޮޖެކްޓްތައް ހިންގާކަށް ނުޖެހޭ"
ސަރުކާރުގެ ސްކީމެއް ވުމުން ކުލި ނުދެއްކިޔަސް ރަނގަޅު؟
ގެދޮރުގެމައްސަލަ ހައްލުނުވަނީ އަތޮޅުތެރެ ތަރައްގީ ނުވާތީ
އެހެން ރަށްރަށުން ވެސް ގޯތިދެވޭ އުސޫލެއް އޮންނަން ޖެހޭ